އައިފޯން 13 ޕްރޯ މެކްސް--
07 އޮކްޓޯބަރ 2021 - 20:55
މިރޭ ދަންވަރު 12:00 އިން ފެށިގެން އެޕަލްގެ އެންމެ ފަހުގެ އައިފޯން 13 ސީރީޒް ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލާނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި އައިފޯން 13 އާއި އައިފޯން 13 ޕްރޯ އާއި ޕްރޯ މެކްސް އަދި މިނީ އެ ކުންފުނި މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެ އެވެ. މި ފޯނުތައް ޕްރިއޯޑަރަށް ހުޅުވާލާނީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީންނެވެ.
މިދިޔަ މަހު ދުނިޔޭގެ ބާޒާރަށް ނެރުނު މި ފޯނުތަކަކީ އުރީދޫގެ 5ޖީ ހިދުމަތް ލިބޭ ފޯނުތަކެކެވެ.
އާ ސީރީޒްގައި އައިފޯން 13 ޕްރޯ އާއި ޕްރޯ މެކްސް ވެސް ތަފާތެވެ. އައިފޯން ޕްރޯގައި އޭ15 ބަޔޮނިކް ޗިޕް ހިމަނައި މުޅިން އާ ތިން ކެމެރާ ވަނީ ހިމަނައިފަ އެވެ. އަދި ޑިސްޕްލޭ ވެސް ވަނީ 120 ހާޓްޒް އަށް މަތިކޮށްފަ އެވެ.
އައިފޯނުގެ ކުރީގެ ސީރީޒްތަކާ އަޅާ ބަލާއިރު މި ސީރީޒްގެ ޕްރޯ އާއޮ ޕްރޯ މެކްސްގެ ކެމެރާގެ ކޮލިޓީ ވަނީ ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ. ކެމެރާތަކަށް ގެނައި ބަދަލުގައި ސިނެމަޓިކް ވީޑިއޯ ނެގުމާއި މެކްރޯ ފޮޓޯ ނެގުމަށް ވެސް ހާއްސަވާނެ އެވެ.
އައިފޯން 13 އާއި މިނީގައި ވަނީ ކުރީގެ ފޯނުތަކާ އަޅާބަލާއިރު ޕަފޯމަންސް ވަރުގަދަކޮށްފަ އެވެ. އެގޮތުން، ފޮޓޯ އާއި ވީޑިއޯގެ ފެންވަރު ވަނީ ވަރަށް ބޮޑަށް މަތިކޮށްފަ އެވެ. އަދި މި ފޯނުތަކުގެ ނޮޗް ވެސް ވަނީ ކުޑަކޮށްފަ އެވެ.
އުރީދޫ މެދުވެރިކޮށް މި ފޯނުތަކަށް ޕްރީއޯޑާ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް https://moolee.mv މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމިއްޓޭ
07 October 2021
އަތްމަތި ދަތިކުދިން މިފަހަރު ފެންނާނެ.