ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އާއި ޗެނަލް 13 އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ބަދަލު ކުރަން ނިންމައިފި އެވެ.
ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ދެ ދުވަހެއް ތެރޭގައި އެ ޕާޓީގެ އޮފީހާއި ޗެނަލް 13 އޮފީސް ޔާމީންގެ ގެކޮޅަށް ބަދަލު ކުރާނެ އެވެ.
މިހާތަނަށް ޕީއެންއެފް އޮފީސް ހިންގަމުން އައީ ކުރިން ޕީޕީއެމް/ޕީއެންސީ އޮފީސް ހުރި ހ. ހުރަފަގެ ގްރައުންޑާއި ފަސްޓް ފްލޯގަ އެވެ.
ޗެނަލް 13 ކުރިން ހިންގަމުން އައީ އަލިކިލޭގެފާނު މަގުގައި ޔާމީން ކުރިން ދިރިއުޅުއްވި ދޫވެހި ގޭގަ އެވެ.
ޕީއެންއެފް އޮފީސް ޔާމީން ގެކޮޅަށް ބަދަލު ކުރާއިރު ޕީޕީއެމް/ޕީއެންސީން ވަނީ އެ ސަރަހައްދުގައި ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ބިން ކުއްޔަށް ނަގައިފަ އެވެ.