13 އޮކްޓޯބަރ 2020 - 13:24
އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރިފައި އޮތް ހާލަތު ވަޒަންކޮށް އެކަމާ ގުޅޭ ގޮތުން ބޭނުންވާ މައުލޫމާތު އެއްކުރުމަށް މި ހަފުތާގައި އެންޓި ބޮޑީ ޓެސްޓިން ހަދަން ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މި ސްޓަޑީ ޕްލޭން ހަދަނީ އެޗްޕީއޭ އާއި ގައުމީ ޔުނިވާސިޓީ ގުޅިގެންނެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެންޓިބޮޑީ ޓެސްޓު ހަދަން ބޭނުންވާ ތަކެތި ހޯދައި، ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މި ހަފުތާ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށާއި އެންމެ ފުރަތަމަ ޓެސްޓު ކުރާނީ ސްކޫލު އުމުރު ފުރައިގެ ކުދިން ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"މި ޓެސްޓުތައް ހަދަން މި ޖެހެނީ މުޅި އާބާދީގެ ހުރިހާ އުމުރުފުރައެއްގައި. އެހެންވީމަ މިވަގުތު އެންމެ ފުރަތަމަ ފެށޭނީ ސްކޫލު އުމުރުފުރައިގެ ކުދިންގެ ތެރޭގައި. މި ހަފްތާގައި ޓެސްޓު ހެދުމުގެ ކަންތައްތައް ފެށޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެޗްޕީއޭއިން މީގެ ކުރިން ބުނީ އެންޓިބޮޑީއާ ގުޅޭ މި ސްޓަޑީ ފަށަނީ ރާއްޖޭގެ އާބާދީ ކޮވިޑް-19އަށް އިމިއުން ވެފައިވާ ވަރު ބަލަން ކަމަށެވެ.
މީގެ ކުރިން ފްރަންޓްލައިން މީހުންގެ އެންޓިބޮޑީ ޓެސްޓުތައް އޭޑީކޭ އިން ހަދާފައިވާއިރު އޭގެ ނަތީޖާތައް ދައްކާގޮތުން ޓެސްޓު ހެދި 3،000 މީހުންގެ ތެރެއިން 125 މީހުން ވަނީ އެންޓިބޮޑީ އަށް ޕޮޒިޓިވްވެފަ އެވެ.
ހަށިގަނޑުގައި އެންޓިބޮޑީ ހުރުމުގެ މާނަ އަކީ ވައިރަސް ހުރެ އެއާ ދެކޮޅަށް ހަށިގަނޑު މަސައްކަތް ކޮށްފައި ވުމެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން ނޭނގޭ މީހަކު އެންޓިބޮޑީއަށް ޕޮޒިޓިވްވި ނަމަ އެއީ ބަލީގެ އަލާމާތް ނުފެނި ބަލިޖެހި ރަނގަޅުވެފައި ހުރި މީހަކަށް ވެދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
13 October 2020
އެންޓިބޮޑީ ޓެސްޓަށް ދިވެހިން ކިޔަނީ ކީކޭތަ؟ ގައިކޮޅުކައިދުރު ޓެސްޓްތަ؟
މަންމަ
13 October 2020
އަހަރެމެންގެ ދެ ލޯފަދަ ކުދިންނަކީ ކަލޭމެން އެކުސްޕެރިމެންޓް ކުރަންތިބި ބަޔެއްނޫން، އަހަރެމެންގެ ހުއްދަނެތި އެއްވެސް ސާމްޕްލް އެއް ނަގައިގެން ނުވާނެ، ސާަމްޕަލް ނަގަން ގެންގުޅޭ އެއްޗެހީގެ ސޭފްޓީ ވެސް އަހަރެމެނައް އެގެނީނޫން، ގޯސްކޮށް ސްޓޯރ ކޮއްގެން އިންފެކްޓްވެ ހަލާކުވެފަވެސް ހުރެދާނެ، އެހެންވީމަ އެކުދިންދޫކޮއްފަ ކަލޭމެން ތިކަމާއުޅުނިއްޔާ ރަގަޅުވާނީ، ފުރޮންޓް ލައިންގަ އުޅޭ މީހުނާ އެންއީއސީ މީހުން ކުރަންވީ
ފަހުދު
14 October 2020
މަންމަ ހަމަޖެހިބަލަ
ޒަރީރޫ
14 October 2020
ތަފާތު ކަންކަމުގަ އެކި މީހުންގެ ބޮލުރޮދި މިކެނޑެނީ އެކި މިންވަރަށް އުތަ.
ޫތަސްލީމާ
13 October 2020
ބޭކާރު ކަމެއް ކޮވިޑް އިމިއުން ސިސްޓަމް އަދި އެއްވެސް ބަޔަކަށް ނޭގޭ
ކިޔޫ
13 October 2020
ބައެއް ކުދިން ވަރަށް ބިރުގަނޭ ލޭ ނަގަން. އެންޓިބޮޑީ ޓެސްޓް ހަދަނީ ލޭ ނަގައިގެން ކަމަށްވާނަމަ، ހޮސްޕިޓަލްތަކުން ދުވާލެއްގެ މައްޗަށް ލޭގެ ޓެސްޓް ހަދަން ޖެހިގެން ލޭ ނަގާ އެތަކެއް މީހުންގެ ތެރެއިން ޕޮޒިޓިވްނުވެ ތިބި އެކި އުމުރުފުރައިގެ މީހުންގެ ގައިން ނަގާ ލެއިން ތިކަން ބަލަން އުޅުނިއްޔާ ކިހިނެތްބާވާނީ؟ ސްޓަޑީއެއް ހަދަން އިތުރު ބައެއްގެ ގައިން ލޭ ނެގުން އެއީ ހިނގާނެ އިތުރު ޚަރަދެއްނޫންބާ؟
މޫސަ
13 October 2020
އެކުދިން ދޯ އެންމެ ރަގަޅީ ތިކަންކުރަން.ފުރަތަމަ މަޖިލިސް މެމްބަރުން ފެށިނަމަ.
ދެރަ
14 October 2020
ތަދުވެގެން ހަމަލާ ދީފާނެ