ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް (ޑީޕީޖީ) މަރިޔަމް ނިހާޔަތު އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޑީޕީޖީންގެ ގޮތުގައި ދެ ބޭފުޅަކު ތިއްބަވަ އެވެ. ނިހާޔަތު އިސްތިއުފާ ދެއްވުމުން ޑީޕީޖީގެ މަގާމުގައި މިހާރު ހުންނަވާނީ މަހްމޫދު ސަލީމެވެ.

ނިހާޔަތު އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. ނަމަވެސް އޭނާ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އިސްތިއުފާ ދެއްވިކަން ވަނީ ކަށަވަރުވެފަ އެވެ.

ނިހާޔަތު، އެސިސްޓެންޓް ޕީޖީގެ މަގާމާ އެކު އެ އޮފީހާ ގުޅިވަޑައިގަތީ ޖެނުއަރީ 17، 2016 ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ޑިސެމްބަރު 31، 2015 ގަ އެވެ.