ޗައިނާގެ މަޝްހޫރު އިލެކްޓްރޯނިކް ބްރޭންޑް، ގޮޑޮކްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ރަންފައުން ވެއްޖެ އެވެ.

ރަންފައުނުން ގޮޑޮކްސް ބްރޭންޑްގެ ގިނަ އުފެއްދުންތަކެއް މިހާރު ލިބޭނެ އެވެ. އޭގެ ތެރޭގައި ފްލެޝް އާއި ބެޓެރި އާއި ލައިޓް ސްޓޭންޑާއި ރިފްލެކްޓާ ފަދަ ސާމާނު ހިމެނެ އެވެ. ސްޓޫޑިއޯ ކެމެރާ ލައިޓިން ސިސްޓަމް ހެދުމުގައި އެންމެ ކުރިއަރަމުން އަންނަ ގޮޑޮކްސްގެ އުފެއްދުންތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.

ގޮޑޮކްސްގެ ބްރޭންޑްގެ ސާމާނުގެ އިތުރުން ފޮޓޯގްރަފަރުންނަށް ބޭނުންވާ ގިނަ ތަކެތި ރަންފައުނުން އަންނަނީ ވިއްކަމުންނެވެ. އަދި ފޮޓޯގްރަފީއާ ގުޅޭ ސާމާނު ޕްރީ އޯޑާ ވެސް ކުރެވޭނެ އެވެ.

ރަންފައުން ފިހާރައިގައި ހުރި ގޮޑޮކްސް ބްރޭންޑްގެ ތަކެތި. އެފިހާރައިގެ އިތުރުން އޮންލައިންކޮށް ވެސް ތަކެތި ގަނެވޭނެ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ރަންފައުން ފިހާރައިގައި ހުރި ގޮޑޮކްސް ބްރޭންޑްގެ ތަކެތި. އެފިހާރައިގެ އިތުރުން އޮންލައިންކޮށް ވެސް ތަކެތި ގަނެވޭނެ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

މަޖީދީމަގާއި ފަނޑިޔާރު މަގު ދެކަފިވާ ހިސާބުގައި ހުންނަ ރަންފައުން ފިހާރައިން އިލެކްޓްރޯނިކް ގިނަ ސާމާނު އަންނަނީ ވިއްކަމުންނެވެ.