އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ބޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ.
22 ޖެނުއަރީ 2022 - 07:36
އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ބޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އަށް ސަރޮގޭޓް ކޮށްގެން ކުއްޖަކު ލިބިއްޖެ އެވެ.
އެ ދެތަރިންނަށް އަންހެން ކުއްޖަކު ލިބުނީ މި މަހު 15 ގަ އެވެ. އެކަމަކު ސޯޝަލް މީޑިއާ މެދުވެރިކޮށް، މި އުފާވެރި ހަބަރު ހިއްސާކުރީ ރޭގަ އެވެ.
"ސަރޮގޭޓް ކޮށްގެން ކުއްޖަކު ލިބުމުން އަހަރެމެން މި ތިބީ ވަރަށް އުފާވެފައި. އާއިލާ އަށް ލިބުނު މި އުފާވެރި ވަގުތުގައި އަހަރެމެން ވަރަށް އިހުތިރާމާ އެކު އެންމެންގެ ކިބައިން ވެސް އެދެން މި ވަގުތަށް އަހަރެމެންނަށް ޕްރައިވެސީ ދިނުމަށް،" އިންސްޓަގްރާމްގައި ޖެހި ޕޯސްޓެއްގައި ޕްރިޔަންކާ ބުންޏެވެ.
އެއްވެސް އިތުރު ތަފުސީލެއް އޭނާ ހަމާއެއް ނުކުރެ އެވެ.
ނިކް، 29 އާއި ޕްރިޔަންކާ، 39، ކައިވެނިކުރީ ޑިސެމްބަރު، 1، 2018 ގަ އެވެ. އެ ކައިވެންޏަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު، ގިނަ ބަޔަކު ވަނީ ތަކުރާރުކޮށް، އެމީހުން ކުއްޖެއް ހޯދަނީ ކޮންއިރަކުތޯ ސުވާލުކޮށްފަ އެވެ.
އޭގެ ޖަވާބުގައި ނިކް އާއި ޕްރިޔަންކާ އަބަދު ވެސް ބުނެފައި ވަނީ ކުދިން ހޯދަން އެ ދެމީހުން ވެސް ވަރަށް ބޭނުންވާ ކަމަށާއި ވަގުތު ޖެހުމުން އެކަން ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރާހީމްސ
23 January 2022
ތިއަކަށް ނުކިޔާނެ ދަރިން ހޯދުމޭ. ތިއަށް ކިޔަންޖެހެނީ ދަރިން ގަތުމޭ.
ހާމިދު ޝާޙިދު
23 January 2022
މިއީ، އިސްލާމީ ނަޒަރިއްޔާތުގައި ވަރަށް ބޮޑު ހަރާން ކަމެއް. އެހެނީ، ދަރިފަސްކޮޅު އޮޅި ކުއްޖާ އަށް މައިންބަފައިންގެ ކިބައިން ވާރުތަވާ ބައެއް އާދަތަކާއި ކަންކަން 3 ވަވަނަ ފަރާތެއް ބޭނުންކުރުމުން ގަޑުބަޑު ވެގެން ހިނގައިދާނެތީއެވެ. ދެމަފިރިއަކަށް ދަރިން ނުލިބޭނަމަ އެޑޮޕްޓް ކުރުމަކީ އެންމެ ރަނގަޅުކަމެކެވެ. މިހެން މިބުނެލީ، މިޚަބަރު ކަވަރކުރާ ވަރުގެ ޚަބަރަކަށް ނުވާއިރުވެސް ގެނެސްދީފައިވާތީވެ، ޕީސީ އަށް މަރުދަންޖެހޭ ދިވެހިން މިކަން ކޮޕީކޮށްފާނެތީ.
ނޭނގޭތީ
23 January 2022
ކީއްވެ ދަރިފަސްކޮޅު އޮޅެނީ. ކުއްޔަށް ހިފަނީ އެހެން އަންހެނެއްގެ ބަނޑު. ދަރިފަންޏާއި ބިހަކީ ކުއްޖާގެ އަަސްލުމަންމަޔާއި ބައްޕަގެ ތަކެތި. އަންހެންމީހާގެ އެހެން ދަަރިންނާއި މިގޮޮތަށް ބަނޑުކުުއްޔަށްދީގެން އުފަންކުރާ ކުުދިން ތަފާތު. އެހެންވީމާ ދަރިފަސްކޮޅު އޮޅޭ ހިސާބަކީ ކޮބައިތޯ؟
ސުނިޔަންކާ
23 January 2022
ސުނީ ކޮބާ ދަރިޔެއް ޝޮޕިންގ ކުރަން ހިނގާ އަވަހަށް
ޖަންބު
22 January 2022
މިޥީިގޮތުން އަނެއްކާ ސުނިޔަންކާ ބޭނުންވެދާނެ ސޮރުގޭޓް ކުރަން .. އަނެއްކާ އަނެއް ކަންތައް ބޮއި ހަލާކު ?
އަޖައިބު ވެދާނެ
22 January 2022
ނިކް އޯލްރެޑީ ހީވަނީ ޕްރިޔަންކާގެ ދަރިއެއް ހެން. ސޯ ޕްރިޔަންކާ އަށް 02 ދަރިން ނިކް އަށް 01 ދަރި.
ނިއުމާ ސްޓާރ
22 January 2022
ވިހައިގެން ސިފަ ހުތުރު ވެދާނެތީ ބިރުން އެހެން މީހަކު ލައްވާ ދަރިއަކު ހޯދީ. ކޮންމެ ވަރެއް ކުރިޔަސް ޒުވާން ކަންމަތީ އަބަދަކު ނުހުރެވޭނެ. އުމުރު 40 އަށް އަޅަނީ ދުވަސް ކޮޅަކުން އޮންނާނީ މޮނަޕޯސް ލައިގެންފަ.
ބައްބު
22 January 2022
އެއީ އެ ދެމީހުންގެ ދަރިފަންޏައި ބިސް އެއްކޮށް އެހެން މިހެއްގެ ރަހިމުގައިއިންދައިގެން ހޯދާ ދަރި..
ސަރޮގޭޓް
22 January 2022
އެދެ މީހުންގެ ދަރިފަނި ބޭނުން ކޮށްގެން އެހެން މީހެއްގެ ބަނޑުގައި ދަރި އަށަގެންނެވުން
އަބޫބަކުރުބެ
22 January 2022
ސަގަރޭޓުކުރުމަކީ ކޮބާ؟
އާދަންކަޅޭ
22 January 2022
ބަކުރުބޭ ބުނާކަށް ސަރުގޭޓް ކުރުމަކީ އަންހެނަކަށް ފައިސާދީގެން އޭނަގެ ރަހިމު ކުއްޔަށް ހިފައިގެން ޢޭނަގެ ރަހިމަށް ބިސްލައްވައި ކުއްޖަކު އުފަންކުރުވުން
އިލް
22 January 2022
ދަރިފުޅު ވިހާފަ ދޭގޮތަށް އެހެން އަނަހެނަކު އެފިރިހެންމީހަށް ބަނޑުބޮޑު ކުރުވުން .
އަހުމިއްޓޭ
22 January 2022
ސަގަރޭއަށް އިނގޭނީ. ؛)
ސުނީތާ
22 January 2022
ސަރޮގެސީއަކީ ނިކްގެ މަނި އަދި ޕުރިޔަންކާގެ ބިސް ނަގައި އެހެން މީހެއްގެ ރަހިމުގައި އިންދައިގެން ދަރި މައިކުރުވުމެވެ. މިކަމަކީ އިސްލާމް ދީނުގައި ހުއްދަކަމެއްނޫނެވެ. އެހެނަސް، ޣައިރު ދީންތަކުގެ ނުވަތަ ދީނެއް ގަބޫލު ނުކުރާކަމަށް ވަކާލާތު ކުރާ ދީނުގެ އުޑެއް ބުޑެއްނުދަންނަ ޖާހިލުން ކުރަމުންއަންނަ ނުހަނު ނުތާހިރު ކަމެކެވެ. ނަމަވެސް މީގައި ހުއްދަ ވައްތަރެއްވެއެވެ. އެއީ، ފިރިމީހާގެ މަނި އަދި އަނބިމީހާގެބިސް އަނބިމީހާގެ ރަހިމުގައި އިންދައިހެއްދުމެވެ.
2022
22 January 2022
ތީ އަސްލެއްނޫން ބޭނުމީ ސްނިޔަންކާ ބަނޑުން އުފަންކުރާކުއްޖެއް... ބޮއިހަލާކު
ޓިމް
22 January 2022
ދަރިން ނުލިބޭ މީހުން އުޅޭ ދޯ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް. އެހެން ވީމަ ކަމަށް ވެދާނެ އެއްނު.