ސަނީ ލިއޯނާއި އޭނާގެ ފިރިމީހާ އަދި އެމީހުންގެ ތިން ދަރިން--
06 މާޗް 2022 - 06:33
މީގެ ފަސް އަހަރު ކުރިން، 2017 ގައި ސަނީ ލިއޯން އެޑޮޕްޓްކުރި އަންހެން ކުއްޖާ އަށް އޭނާ ރަނގަޅަށް ނުބަލާ ކަމަށް ބުނެ ފާޑުކިޔާ މީހުންނަށް ވަރުގަދަ ރައްދެއް ދީފި އެވެ.
ސަނީ އާއި އޭނާގެ ފިރިމީހާ ޑެނިއަލް ވެބާ، އަންހެން ކުއްޖަކު އެޑޮޕްޓް ކުރި ފަހުން ސަރޮގެސީ ހަދައިގެން އެމީހުންނަށް ވަނީ އެއްމާބަނޑު ދެ ފިރިހެން ކުދިން ވެސް ލިބިފަ އެވެ.
އޭގެ ފަހުން ސަނީ އަށް ބައެއް މީހުން ފާޑުކީ ސަނީ ބޮޑަށް އަޅާލާ ހަދަނީ ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުއްޖާ އެޑޮޕްޓްކުރީ އާންމުންގެ ސަމާލުކަން ހޯދަން ކަމަށޭ ކިޔައިގެންނެވެ. ބައެއް ފަހަރު ކުދިން ގޮވައިގެން ބޭރަށް ނިކުމެ އުޅެނިކޮށް ޕަޕަރާޒީން ނަގާފައިވާ ވީޑިއޯތައް އާންމުވެ، މި ފާޑުކިޔުން އިތުރުވަނީ ސަނީ ދެ ފިރިހެން ކުދިންގެ އަތުގައި ހިފައިގެން ތިބޭ މަންޒަރު ފެންނާތީ އެވެ. އަދި އަންހެން ދަރިފުޅު ނިޝާގެ އަތުގައި ހިފައިގެން ހުއްޓާ ފެންނަނީ ސަނީގެ ފިރިމީހާ އެވެ.
މި ފާޑުކިޔުންތަކަށް ރައްދުދެމުން ސަނީ ބުނެފައި ވަނީ، އެއީ ވަރަށް ކުޑަކުދިން ދައްކާ ކަހަލަ ވާހަކަތަކެއް ކަމަށެވެ. ސަނީ ބުނީ އޭނާއޭ ކިޔައިގެން އެ ކަހަލަ ވާހަކަތައް ދައްކާ މީހުންނަކީ އޭނާގެ ދިރިއުޅުމާ ގުޅޭ ވެސް ބައެއް ނޫން ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެންމެ ފޮޓޯއަކުން އޭނާގެ ބެލެނިވެރިކަން ޖަޖްކުރުމުގެ ހައްގު މީހުންނަށް ލިބިފައިނުވާ ކަމަށާއި އޭނާގެ ދިރިއުޅުން އެންމެ ފަސް މިނެޓަށް ނަމަވެސް އުޅެލުމަށް ފަހު ޖަޖްކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ. ކުދިންނާއި އާއިލާ ދެކެ އޭނާވާ ލޯބި އެހެން މީހުންނަށް ކިޔައިދޭން ޖެހޭ ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ.
ފިލްމް "ޖިސްމް 2" އިން 2012 ގައި ބޮލީވުޑަށް ނިކުތް ސަނީ ވަނީ ފަހުން ގިނަ ފިލްމުތަކަކުން ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެޑީ
06 March 2022
ވާއުވް ހާދަ ލޯބި ޓްވިންސް އެކޭދޯ! އަންހެން ކުއްޖާ ރީއްޗެއްނޫން އެކަމް. ޑައިމަންޑް އެންޑް މަޑް ދެއްތޯ!
ނަސްލީ
06 March 2022
މެޑީ ތިހެން ނުބުނޭ..އެ ދެފިރިހެން ކުދިންނާއި އަންހެން ކުއްޖާވެސް އުފެއްދެވީ އެއްފަރާތަކުން..ކޮންމެ މީހަކީވެސް އަމިއްލަޔަށް އުފެދިގެން އުޅޭ މީހަކު ނަމަ ކޮންމެ މީހަކުވެސް ހުންނާނީ އެމީހަކަށް ޖެއްސުނުހާ ރީތި ސިފަ އެއްގަ..
މެޑީ
06 March 2022
"ނަސްލީ"އަށް، ރީތި ނޫން ކުދިން/މީހުން "ރީތިނޫނޭ" ބުނުމަކީ ފާފައެއް/މައްސަލައެއް ނޫން. ﷲ އެކި މީހުންނަށް އެކި މިންވަރަށް ނިޔުމަތް ދެނީ. މުއްސަނދިންނާއި ފަޤީރުންވެސް އުޅޭ. އެހެންވީމަ ރީތި މީހުންނާއި ހަޑި މީހުންވެސް އުޅޭނެ. ހަޑި މީހުންނަށް ހަޑިޔޭ ކިޔޭނެ. ކޮންމެ ކަމަކަށް ދީން ވައްދަން ނޫޅެންވީނުދޯ؟
ނަސްލީ
06 March 2022
މެޑީ....ރީތީ ވިޔަސް ހަޑި ވިޔަސް އެވާހަކަ ބުނެވޭނެކަން އަހަރެންނަށްވެސް އެނގޭ..އެކަމު "ޑައިމަންޑް އެންޑް މަޑް"މިކަހަލަ ގޮތަކަށް ޑެބީގެ 2ކުއްޖަކާ ދިމާލަށް އަޅާކިޔާފަ އެހެން މީހަކު ބުނީމަ މެޑީވެސް ހިތް ހަމައެއް ނުޖެހޭނެ..އަދި އެކުއްޖަކަށް އަޑުއިވުނަސް އެކުއްޖާވެސް ދެރަވާނެ.އެހެން މީހުން ނުރުހޭ އެއްޗެހި ބުނުން ދީން މަނާކުރޭ..މިކަން ދީނާ ގުޅިގެން ދަނީ މިހެންވީމަ..
މެޑީ
06 March 2022
"ނަސްލީ" އަށް، މިހާރު ވާހަކަ ތި ބަދަލުކޮށްލީ. ކުރިން "ހަޑިޔޭ" ނުބުނެވޭނެ ކަމެއް ބުނެވޭނެ ކަމަށް ޤަބޫލުކުރީ. އެކަމު މިހާރު ތި ބުނަނީ އެމީހުން އެކަމަށް ދެރަވާނެތީ "ހަޑިޔޭ" ނުބުނަން. މި އާޓިކަލް ގައި ތިބީ އިންޑިޔާ ބައެއް. އެމީހުން މިއާޓިކަލް ކިޔައި މި އާޓިކަލްގައި ޖަހާފައިވާ އަޅުގަނޑުގެ ކޮމެންޓް ކިޔާނެހެނެއް ހިޔެއް ނުވޭ. އެހެން ވީމަ އެ އިންޑިޔާ މީހުން ދެރައެއްނުވާނެ ދޯ؟ އަދި އެމީހުންގެ ކުއްޖާވެސް ދެރަވާކަށް ނުޖެހޭ ދޯ؟