19 ޖޫން 2022 - 07:03
ބޮލީވުޑްގެ އެކްޓްރެސް ސަނީ ލިއޯނާ އެކު، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ސަނީ ލިއޯންގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޗުއްޓީ ދަތުރު މެނޭޖުކުރަނީ އިންޑިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އޭޒް ޔޫ ޕްލޭން" އިން ކަމަށެވެ. އޭނާ ބުނީ އެ ފުރުސަތު މިހާރު އެންމެނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.
"ޓްރެޒާ އައިލެންޑް ވެކޭޝަން ވިތު ސަނީ ލިއޯން - މޯލްޑިވްސް އެޑިޝަން" ކިޔާ އެ ޕްލޭންގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނީ ރާއްޖޭގެ ޕްރައިވެޓް އައިލެންޑެއް (ރިސޯޓެއްގައި) ކަމަށް ވެސް ބުންޏެވެ. އަދި އޭނާ އާއި އެހެން ސެލެބްރީޓިންނާއި އާޓިސްޓުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.
އެ ޕޯސްޓުގައިވާ ގޮތުން އެ ފުރުސަތު ދިނުމަށް. ލިމިޓެޑް ސްލޮޓްގެ ގޮތުގައި ދޫކުރާ، 100 ލަގްޒަރީ ވިލާ އެ ރިސޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު، ފުރުސަތު ދެނީ ސީދާ ކިހިނެއް ބަލައިފައި ކަމަށް ބުނެފައެއް ނެތެވެ.
ސްޕޮންސަރުންގެ ލިސްޓުގައިވާ ގޮތުން އެ ރިސޯޓަކީ އދ. އަތޮޅުގައި އޮންނަ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސް އެވެ.
- ސަނީ ލިއޯނާ އެކު އިރުއަރާ ގަޑީގައި ޔޯގާކުރުން.
- ބީޗް ގޭމްސް އާއި ސަނީ ލިއޯނާ ހަމަޖައްސާ ޗެލެންޖުތައް.
- މޮޅުވާ މީހަކަށް ސަނީ ލިއޯނާ އެކު ކޮފީ ޑޭޓަކަށް ދާން ފުރުސަތު.
އެ ފުރުސަތު ހޯދުމަށް ޖެހެނީ "އޭޒް ޔޫ ޕްލޭން" ގެ ވެސްބައިޓަށް ގޮސް، ރަޖިސްޓްރީވެ ބުކިން ހައްދާށެވެ. ޖުމްލަ ހަތަރު ދުވަހުގެ އެ ދަތުރު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު 16 އިން 19 އަށެވެ.
އެ ދަތުރުގެ ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާނީ ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރާ "ވިޒިޓް މޯލްޑިވްސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޭޓި ޖައިލީ
20 June 2022
އޯސަނީ ޕުލީސް ޕިކު މީ. އަ އެމް އިން ލަވަ ވިތުޔޫ. މީ ސަނީގެ ލޯބި ޖައިލީ އޭ. ވަން އެން އޮންލީ ކޭޓީ ޖައިލީ
ޢަބުޅޯ
20 June 2022
ވަރަށް ސަޅި ރަނގަޅު އިސްތިހާރެއް ، ކާމިޔާބު އިސްތިހާރަކަށް ވާނެ. ހަމަ އޯކޭ. ގަދަ މައުސޫމް.
ވަޓްދައެޗް
19 June 2022
މަ މިއުޅެނީ މޮޔަވެގެންތަ؟
މޮޔާ
20 June 2022
ދެން ކީއްވެތަ؟ ދަލުބޭރުން ތި ޖެހުނީ؟ މީ ސަޅި ކަމެއް ހަމަ. ޓުއަރިޒަމް ހަބޭސް1
ރިސޯޓް މޭން
19 June 2022
ރާއްޖެ އިޝްތިހާރުކުރަން މިހާ ދަށު ފެންވަރުގެ މީހުނާވެސް ވިސިޓް މޯލްޑިވްސް ގުޅެނީދޯ!! ސާބަސް އެކަމަކު!!
ހުވަދޫ އަހައްމަދޭ
19 June 2022
އިލްމެއް ހުއްޓަސް މައުސޫމުމެންގެ ހިލްމެއް ނެތްކަން މިއެނގެނީ. ތި ނޫން މީހަކު ނުލިބުނީތަ ރާއްޖޭގެ ޓުއަރިޒަމް އިސްތިހާރު ކުރަން.
ކޮބާ
20 June 2022
ކޮބާ މައްސަލައަކީ؟ އެއްޗެކޭ ހާވަން ޖެހޭނެ ދޯ ކޮންމެހެންވެސް! ޓުއަރިޒަމް ހަމަ ހަބޭސް!
ވިޒިޓު މޯލްޑިވްސް
19 June 2022
ޗުއްޓީ އަށް މި ކޮޅުންދާން ބޭނުންވާ މީހުންނަށް އޮން ލައިނުކޮށް އެކަން ކުރެވޭ ގޮތަށްވަނީ ހަމަޖެހިފައެވެ
ލާމަސީލު
19 June 2022
ތިނޫން މީހަކު ނުލިބުނީތަ ރާއްޖެ އިޝްތިހާރުކުރަން؟ އެކަމަކު އިންޑިއާގަވެސް ނަންވާނީ ޝިލްޕާޝެޓީގެ ފިރިމީހާ ދޯ.
ާސަރުވާން
19 June 2022
ރެޑިސަން ރިސޯޓަކީ މާލެ އަތޮޅު ރިސޯޓްއެއްނޫން. އެއީ އދ.އަތޮޅު ރިސޯޓެއް
ރެޑިސަން
20 June 2022
ބަލަ ކަާކުތަ ބުނީ މާލެ އަތޮޅޭ
ސަނީ ލިއޯން
19 June 2022
އައި ވަރަށް ބޭނުން..
ކުދުބެއްޔާގެ ސަވާދު
19 June 2022
ލާނާ ރޯޑް ތިކަހަލަ އެއްޗެއް ހަމަޖައްސައިފިއްޔާ މަ ދެވޭތޯ ބަލާނަން.