ސަނީ ލިއޯން އާއިލާއާ އެކު ރާއްޖެ އައިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.-- ފޮޓޯ: ފިޓްފާޒިލް
27 އޮކްޓޯބަރ 2024 - 05:45
ބޮލީވުޑްގެ އެކްޓްރެސް ސަނީ ލިއޯން ޗުއްޓީ ހޭދަކުރަން އާއިލާއާ އެކު އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
ސަނީ ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އައިސްފަ އެވެ. މިއީ އޭނާ ރާއްޖެ އައި ހަތަރު ވަނަ ފަހަރެވެ.
ސަނީގެ އާއިލާ މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ވ. އަތޮޅުގައި އޮންނަ ނޯއީ މޯލްޑިވްސް ކުނާވަށި ރިސޯޓުގަ އެވެ. ސަނީ ރާއްޖެ އައިސްފައި ވަނީ އޭނާގެ ފިރިމީހާ އާއި ތިން ކުދިންނާ އެކުގަ އެވެ.
މި ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ސަނީ އަންނަނީ އޭނާގެ އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާކުރަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސަނީއަށް މަރުހަބާ ކީ މީހުންގެ ތެރޭގައި މަޝްހޫރު ފިޓްނެސް އިންސްޓްރަކްޓަރު ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) ހިމެނެ އެވެ. އޭނާ ވަނީ ސަނީއާ އެކުގައި ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ސަނީ ވަނީ އާއިލާ އެކުގައި ޗުއްޓީ ހޭދަކުރަން މިދިޔަ އަހަރާއި 2022 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ވެސް ރާއްޖެ އައިސްފަ އެވެ. ކޮންމެ ފަހަރަކު ވެސް މި އާއިލާ ތިބެނީ ތަފާތު ރިސޯޓެއްގަ އެވެ.
ސަނީ އެންމެފަހުން މަސައްކަތްކުރީ މިދިޔަ އަހަރު ނުކުތް އަނޫރާގް ކަޝްޔަޕްގެ ތުރިލާ ފިލްމު "ކެނެޑީ"ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަންސ
27 October 2024
ސަނީ އެއީ. އަހަރުމެންނަށް އެއްމެ ބޮޑަށް ފެންނަ ބަތަލާ. ވަރަށް އުފާވެއްޖެ.
ގަބުޅިކަތީބު
27 October 2024
ސަނީ އަންނަކަން ހާދަބަޔަކަށް އަންގާފައޭ މިއޮތީ. ސަނީގެ ފޮލޯވަރުން މިކޮޅުގާ ހަމަ ގިނައީތާ!
ޖަގަތު
27 October 2024
ފިޓުފަޒީލު ހާދަކުރިއަށްޖައްސާލައިފިއޭ. އޭނާގެ ދައުވަތަކަށްތަ އައީ؟.... ބޮއިހަލާކެއްނޫން.
ސަނީ ޑިއޯލް
27 October 2024
އިހަށްދުވަހު ރާއްޖޭގެ ރައީސް ތިކޮޅަށް ދިޔައިރު ނުފެނޭ. ކޮންތާކުތަ މަންޖެ ހުރީ؟
ކައްޕިތާނު
28 October 2024
އޭ ޑިއޯލޫ ކީކޭކިޔާކަށް؟ ތިބޭޅާވެސް ނުފެނޭ އެނގިއްޖެ.