ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރާއި އޭނާގެ ކޮއްކޮ އަދި އެކްޓްރެސް ހުޝީ ކަޕޫރް.
28 އޮކްޓޯބަރ 2024 - 19:58
ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރާއި އޭނާގެ ކޮއްކޮ އަދި މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި އެކްޓްރެސް ހުޝީ ކަޕޫރް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
ޖާންވީ އާއި ހުޝީ ރާއްޖެ އަށް އައި ދުވަހެއް ނޭނގެ އެވެ. އެ ދެބައިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ވެސް އަދި ނޭނގެ އެވެ.
އެކަމަކު، ޖާންވީ އާއި ހުޝީގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓުތަކުން އެ ދެބެއިން މި ވަގުތު ތިބީ ރާއްޖޭގައި ކަން ކަށަވަރުވެ އެވެ.
ޖާންވީ އާއި ހުޝީއަކީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނޭ ކަޕޫރްގެ ދެ ކުދިންނެވެ.
ހުޝީގެ އިންސްޓަގްރާމްގައި ހިއްސާކުރީ އެ ދެބެއިން އެކުގައި ކުޅެފައިވާ ރީލްއެކެވެ. އަދި ޖާންވީ ޕޯސްޓުކުރީ މިއަދު އިރުއޮއްސުނު ވަގުތު، އެ މަންޒަރު ފެންނަ ގޮތަށް ނަގާފައިވާ އެ ދެބެއިންގެ ފޮޓޯތަކެވެ.
ދެބެއިންގެ މި ދަތުރުގައި، ހުޝީގެ ލޯބިވެރިޔާ ކަމަށް ބުނެ އަޑު ފެތުރިފައިވާ ބޮލީވުޑްގެ ޒުވާން އެކްޓަރު ވެދަންގް ރައިނާ ވެސް ބައިވެރިވެ އެވެ. ވެދަންގްގެ އިންސްޓަގްރާމް ސްޓޯރީގައި ރިސޯޓެއްގެ ވޯޓާ ވިލާއެއްގެ ބޭރު ވިއު ފެންނަ ފޮޓޯއެއް މިއަދު ހިއްސާކޮށްފަ އެވެ. އެއީ ޖާންވީ އާއި ހުޝީ ވެސް ހިއްސާކުރި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ވޯޓާ ވިލާކަން އެނގެ އެވެ.
ވެދަންގް ރައިނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވާ ފޮޓޯ.
ހުޝީ އާއި ވެދަންގް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުންޏަސް، އެ ގުޅުން އޮންނަ ކަމަށް އެ ދެމީހުން އަދި ދުވަހަކު ވެސް އެއްބަސްވެފައެއް ނުވެ އެވެ.
މީޑިއާއަކުން އެއްފަހަރަކު ވެދަންގްއާ އެ ސުވާލުކުރުމުން ބުނީ އޭނާގެ މި ވަގުތުގެ ފޯކަސް ހުރީ ފިލްމީ ކެރިއަރަށް ކަމަށެވެ. ހުޝީ އާއި އޭނާއާ ދެމެދުގައި އޮންނަނީ ރަހުމަތްތެރިކަމުގެ ގުޅުން އެކަނި ކަމަށް ވެސް ވެދަންގް ބުންޏެވެ.
އިންޑިއާގެ މަޝްހޫރު ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގައި ހުޝީއާ އެ ސުވާލުކުރުމުން އޭނާ ވެސް ވަނީ އެ ކަހަލަ ގުޅުމެއް ނޯންނަ ކަމަށް ބުނެފަ އެވެ.
އެކަމަކު، ހުޝީ އާއި ވެދަންގް އެކުގައި ވަރަށް ގިނަ އިވެންޓުތަކުގައި ބައިވެރިވެ އެވެ. އެހެންވެ، އެއީ ކަޕުލްއެއް ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުން އަބަދުވެސް އެ ވާހަކަ ދައްކަ އެވެ.
ޖާންވީގެ ލޯބިވެރިޔާ ޝިކާރް ޕަހަރިޔާ ވެސް ވަނީ އެ މީހުންނާ އެކު ރާއްޖެ އައިސްފަ އެވެ. ޝިކާރް މޫދުގައި ހުއްޓާ ނަގާފައިވާ ފޮޓޯއެއް އޭނާ އިންސްޓަގްރާމްގައި މިއަދު ޕޯސްޓުކޮށްފައިވެ އެވެ. އަދި އެ ޕޯސްޓަށް ޖާންވީ ކޮމެންޓު ވެސް ކޮށްފައިވެ އެވެ.
ޖާންވީ އާއި ޝިކާރް ރައްޓެހިވީ ހައި ސްކޫލްގައި ކިޔެވި ދުވަސްވަރު 2016 ވަނަ އަހަރު އެވެ.
ޖާންވީ އާއި ހުޝީ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފަ އެވެ. އެއީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އެވެ. ވެދަންގް ރާއްޖެ އައީ އަލަށެވެ.
ހުޝީ އާއި ވެދަންގް ބޮލީވުޑަށް ތައާރަފުވީ ވެސް އެއް ފިލްމަކުންނެވެ. އެއީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އިންނެވެ. އޭގެ ފަހުން، ވެދަންގްގެ ދެވަނަ ފިލްމު "ޖިގްރާ" ރިލީޒްކުރީ މި މަހު ކުރީކޮޅުގަ އެވެ. ހުޝީގެ ދެވަނަ ފިލްމު އަންނަ އަހަރު ގެނެސްދޭއިރު، އެ ފިލްމަށް ކިޔާ ނަން އަދި އިއުލާން ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތީބު1
30 October 2024
ޖާންވީ ވަރަށް ރީތި. ލަވް ފްރޮމް މޯލްޑީވްސް
ަހަރެން
29 October 2024
އެ ދެބެއިން އަދި ސަނިީ ލިއޯން އައި އަހަރުމެންނާ އެއްފްލައިޓަކުން 26 އޮކްަޓޯބަރ 2024 ގައި
2024
29 October 2024
މައައީ މަގޭގެ ސިކާރު ޕަރީއާއެކު. ޖާންވީ..... ބޮއިހަލަކި
ހަސަން ކުރުސީ
28 October 2024
މޮދީބެ ކެންޕޭނެއްކުރިފަހުން މިއެންމެން މިއަންނަނީ މިތަނަށް.
ޢަލީ މޫސާ ހޯރަ
28 October 2024
ދެން ޖާންވީ އައީ އެކަނިތަ؟
ޖާންވީ
28 October 2024
ނޫނޭ. މަ ވަކި އެކަނި އަންނާނެތަ؟
ހޯރަ1
28 October 2024
ރަނގަޅަށް ކިޔާލަބަލަ.
ބޮނީ ބެއްޕޭ
29 October 2024
ކިޔެއްކުރަން ޗަކޮއެ އެ ކޮއެ އެކަނިތޯ ޗަ ބެލަނީ؟ އެކޮއާ ދިމާލަށް ނޫންގޮތަލަށް ބެލޭލިޔަސް ދެލޯ ދެމޭގަންނާނަން