30 މާޗް 2022 - 06:28
ކްރިސް ރޮކްގެ ކޯމަތީގައި ވިލް ސްމިތު ޖެހި މައްސަލަ ބަލާނެ ކަމަށް އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކެޑަމީން އޮފް މޯޝަން ޕިކްޗާސް އިން ބުނެފައިވަނިކޮށް، ސްމިތު އެކަމަށް މާފަށް އެދިއްޖެ އެވެ.
ސްމިތު އިއްޔެ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ބުނީ އޮސްކާ އެވޯޑްގައި އޭނާ ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް ކަމަށާއި އެއީ ބަލައިގެނެވޭނެ ކަމެއް ނޫން ކަން އޭނާ ވެސް ގަބޫލުކުރާ ކަމަށެވެ.
"އެންމެންގެ ކުރިމަތީގައި އަހަރެން ކްރިސްގެ ކިބައިގެން މާފަށް އެދެން،" ސްމިތު ބުންޏެވެ. "އަހަރެން ހައްދުން ނައްޓައިގެން ކަންތައް ކުރީ ގޯސްކޮށް."
އޭނާ އަށް މީހަކު ކޮންމެ ޖޯކެއް ޖެހިޔަސް އަޅާނުލާނެ ކަމަށާއި އެކަމަކު ސީރިއަސް ބައްޔެއް ތަހައްމަލުކުރަމުން އަންނަ އޭނާގެ އަންހެނުންނަށް ޖަހާ ޖޯކެއް ބަލައިނުގަނެވޭނެ ކަމަށް ބުންޏެވެ. އެ އެވޯޑް ހަފުލާގައި ރުޅި އައިސްގެން އެގޮތަށް ކަންތައް ކުރެވުނީ އެހެންވެ، ޖަޒުބާތުގައި ޖެހިގެން ކަމަށް ބުންޏެވެ.
"އަހަރެން ވަރަށް ލަދުގަނެއްޖެ ކަންތައް ކުރެވުނު ގޮތުން، އެއީ އަހަރެން އުޅެން ބޭނުންވާ ގޮތެއް ނޫން،" އޭނާ ބުންޏެވެ.
އޮސްކާ އެވޯޑްގައި ސްމިތުގެ އަންހެނުން ޖޭޑާ އަށް ނިސްބަތްކޮށް، ކްރިސް ޖެހި ޖޯކެއް މާ ސީރިއަސްވެ، ސްމިތު ސްޓޭޖަށް އަރައި ކްރިސްގެ ކޯމަތީގައި ޖެހި އެވެ.
ޖޭޑާ އަށް އަމާޒުކޮށް ކްރިސް ބުނީ އޭނާ، "ޖީއައި ޖޭން"ގެ ރޯލުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އެއީ ޖޭޑާގެ އިސްތަށިގަނޑަށް އަމާޒުކޮށްގެން ޖެހި ޖޯކެކެވެ. ޖޭޑާ އިވެންޓަށް ދިޔަ އިރު އިނީ ބޯ ބާލައިފަ އެވެ. އެ ޖޯކާ އެންމެން ހޭން ފެށި އެވެ. އެކަމަކު ޖޭޑާ އަށް އެ ޖޯކު ކަމަކު ނުދިޔަ އެވެ. އޭނާ އަށް ކެމެރާ އަމާޒުކޮށްލި ވަގުތު، މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ.
ޖޭޑާ އަކީ އެލޮޕޭޝިއާ ހުންނަ މީހެކެވެ. އެކަމާ ގުޅިގެން އޭނާގެ އިސްތަށިގަނޑުން ތަންތަންކޮޅު ތަލަވެ އެވެ. މި ބައްޔާ ގުޅޭ ގޮތުން ޖޭޑާ އާންމުކޮށް ވާހަކަ ވެސް ދައްކަ އެވެ. އަދި އެކަމާ އާންމު ހޭލުންތެރި ކުރުމަށް މަސައްކަތްކުރެ އެވެ.
އޮސްކާ ސްޓޭޖުގައި އިއްޔެ ހިނގާދިޔަ ކަންތަކާ ގުޅިގެން ރޮކް ވަނީ ސްމިތުއާ ދެކޮޅަށް މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ދެކޮޅު ހަދައިފަ އެވެ. އެހެން ނަމަވެސް، އެކެޑަމީން އިން ބުނީ އެ މައްސަލަ ރިވިއުކުރާނެ ކަމަށެވެ. އެއީ އެ އެވޯޑުގެ ދިގު ތާރީހުގައި ދުވަހަކު ވެސް ހިނގާފައިނުވާ ކަހަލަ ބޭއަދަބީ ކަމެއް ކަމަށް އެކެޑަމީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
30 March 2022
ބޯތަލަމީހުނާދިމާލަށް މީހުންޖޯކުޖަހާ ބިގަރެކޭ ސަތޭކަވޯޓުބޮތްކެކޭވެސްގޮވާ، ވިގެއްޖެހިނަމަދޯ! އެންމެނަކަށް ނޭންގޭނުން ބައްޔަކުން ވީކަމެއްކަމެއްދޯ! މަޢާފައްވެސް ތިޔައެދުނީ އެވޯޑުގެއްލިދާނެތީ ބިރުން، މީނާޑިސްކޮލިފައިކޮށް އެވޯޑުއަތުލަންވީ، ވިލް ސްމިތަކީ މީހުނަށް ރެސްޕެކުޓުނުކުރާ ފެންވަރުއޮޅިފަހުރި އަދި ރުޅިކޮންޓުރޯލުނުކުރެވޭ އަނިޔާވެރިއެއް، ގޮސްގަޔަށްއަރައިގަތުމަކީ ޖަނަވާރުންގެ ސިފައެއް، މިފަދަމީހުންގެ އެވޯޑުއަތުލަންޖެހޭ ނޫނީ ތިޔައެވޯޑުގެ އަގެއްނެތް
އަލީ
30 March 2022
ވިލްސްމިތް މިހާ ހިސާބަށް ހިނގާދާނެކަމަށް ގަބޫލުކުރަން ފަސޭހައެއްނުވި.ވިލްސްމިތްގެ ފިލްމްތައް ބަލަމުން އަހަރެން މިމުސްކުޅިވީ އެކަމު އެކަމު ވިލްސްމިތް މުސްކުޅިއެއްނުވޭ ދެއްތޯ.
ދަލޭކަ ދައިތަ
30 March 2022
ނިކަން ރިޗްކޮށް، ޕްލާސްޓިކް ސާރޖަރީ ހަދައި ޖިމް ޖައްސާ މޭކަޕްކޮށްގެން. އޭނަ ލައްކަ ގުރުބާންވެގެންނޭ އެވަރު ހިފަހައްޓާލަނީ. ރާއްޖޭގަވެސް މިހާރު ވ ގިނަ މުސްކުޅި ނުވާ ކުދިން. އައްޔަ ކިހިނެއްތަ ތިހަދަނީ.
އައިމީ
30 March 2022
ކޮބާ ހީވޭ! މިސޮރުވެސް ހުރީ ނުލާހިލު މަޖާވެފަ. އަނބިގޮއްޔެ ލޯއަޅާލީމަ ގަޓު ދައްކާލީ އަންނާނެ ރޯޅިއަކުން ސަލާމަތްވާންވެގެން. ޙަހަހަ