ގޯރީ އާއި އޭނާގެ އަންހެން ދަރިފުޅު ސުހާނާ.
22 ސެޕްޓެމްބަރ 2022 - 06:37
ބޮލީވުޑްގެ ތަރި ޝާހުރުކް ޚާންގެ އަނބިމީހާ ގޯރީ ޚާން ވަނީ "ކޮފީ ވިތު ކަރަން" ގެ ހަތް ވަނަ ސީޒަންގައި އޭނާގެ ގާތް އެކުވެރިންނާއެކު ބައިވެރިވެ، އެ މީހުންގެ އަމިއްލަ ދިރިއުޅުމާއި ދަރިންގެ އެކި ވާހަކަތައް ވެސް ހިއްސާކޮށްފަ އެވެ.
ޝޯގެ ޓްރެއިލާއެއް އާންމުކޮށްފައިވާއިރު، ގޯރީގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، ސުހާނާ އަށް ދޭނެ "ޑޭޓިން އެޑްވައިޒް" އަކީ ކޮބައިތޯ ކަރަން ސުވާލު ކުރުމުން ގޯރީގެ އެދުމަކީ އެއްފަހަރާ ދެ ފިރިހެނުންނާ ޑޭޓް ނުކުރުމެވެ
ސުހާނާ އުޅެނީ މީހަކާ ރައްޓެހިވެގެން ކަމެއް ސާފެއް ނުވެ އެވެ. އަދި ފިލްމު އިންޑަސްޓްރީގެ މީހެއްގެ ދަރިއަކާ އޭނާ މީގެ ކުރިން ޑޭޓްކުރި ކަމުގެ އަޑެއް ވެސް ނާރާ އެވެ.
ބައްޕައެކޭ އެއްގޮތަށް ފިލްމު ކުޅުމުގެ ޝައުގުވެރިކަން ހުރި ސުހާނާ ބޮލީވުޑަށް ނުކުންނާނީ ޒޯޔާ އަކްތަރު ޑައިރެކްޓްކުރާ ފިލްމު "ދަ އާޗީސް" ގަ އެވެ. އެ ފިލްމުގައި ޖާންވީ ކަޕޫރުގެ ކޮއްކޮ ކުޝީ ވެސް ފިލްމީ ދާއިރާ އަށް ނުކުންނާނެ އެވެ.
ފިލްމީ ދާއިރާ އަށް ނުކުތުމުގެ ކުރިން ސުހާނާ އަށް ވަނީ ބައްޕަ ޝާހުގެ ފަރާތުން ވަރަށް ބޮޑަށް މަގުބޫލުކަން ލިބިފަ އެވެ. އިންސްޓަގްރާމުގައި 2.9 މިލިއަން މީހުން އޭނާ މިހާރު ވެސް ފޮލޯކުރެ އެވެ.
އެއްވެސް ފިލްމީ މަސައްކަތެއް ކޮށްފައި ނުވިޔަސް 2018 ވަނަ އަހަރުގެ ތެރޭގައި ސުހާނާ ވަނީ މަޝްހޫރު ފެޝަން އަދި ލައިފްސްޓައިލް މެގެޒިން، "ވޯގް" ގެ ކަވަރުން ވެސް ފެނިފަ އެވެ. އެކަމާ ގުޅިގެން އޭރު އޭނާ އާއި ޝާހު އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
ކުރިއަށް އޮތް "ކޮފީ ވިތު ކަރަން" ގެ ޝޯގައި ގޯރީއާ އެކު ބައިވެރިވާނީ ޒުވާން ތަރި، އަނަންޔާ ޕާންޑޭގެ މަންމަ، ބަވަނާ ޕާންޑޭ އާއި އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕު ކަޕޫރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާކިނީ
23 September 2022
އިސްލާމްދީނުގަ އޮންނަ ކަމެއް ނޫން ޑޭޓް ކުރުމަކީ އެކަމަކު ރޯދައަށް ހުރެގެން ޑޭޓް ކިތަންމެ ގިނައިންވެސް ކެވިދާނެ ވީއްލާ ވަގުތު
ޑަނޑޫ
22 September 2022
ވ. ރަނގަޅު ނަސޭހަތެއް.