މުނިފޫހިފިލުވުން / ބޮލީވުޑް

ޝާހުރުކާއި ދިޕިކާގެ ލަވަ ބޮޑު މައްސަލަގަނޑަކަށް ވެއްޖެ

ދިޕިކާ ޕަޑޫކޯނެ އާއި ޝާހްރުކް ހާން: އެ މީހުންގެ އާ ލަވަ "ބޭޝަރަމް ރަންގް" އަށް ގިނަ ބައެއްގެ ފާޑުކިއުން

މެދުކެނޑުމަކަށް ފަހު ޝާހްރުކް ހާން ޝޫޓްކުރި "ޕަތާން" ފިލްމުގެ ފުރަތަމަ ނެރުނު ލަވަ، "ބެޝަރަމް ރަންގް" އަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. މީގެ ފަސް ދުވަސް ކުރިން ޔޫޓިއުބަށް ރިލީޒް ކުރި އެ ލަވަ މިހާތަނަށް 70 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައި ވާއިރު އެއަށް ފާޑުކިޔުން ވެސް އެހާ ބޮޑެވެ.

ބޮލީވުޑްގައި މި ދުވަސްވަރު އެންމެ ގަދައަށް ދެކެވެމުން އަންނަނީ ވެސް އެ ލަވައިގެ ވާހަކަ އެވެ. ސޯޝަލް މީޑިއާގައި ދެކެވެނީ އެ ލަވައިން ފެންނަ 57 އަހަރުގެ ޝާހްރުކްގެ ރީތި ހަށިގަނޑާއި އޭނާއާ އެކު އެ ފިލްމަގައި އުޅޭ އެކްޓްރެސް ދިޕިކާ ޕަޑޫކޯންގެ ރީތިކަމުގެ ވާހަކަ އެވެ.

އެކަމަކު، އެ ލަވައިގާ ދިޕިކާ ލައިގެން ހުރި ކޮސްޓިއުމަށް އިންޑިއާގެ ގިނަ ބަޔަކު، ހާއްސަކޮށް ހިންދޫން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި "ޕަތާން" ފިލްމު ބޮއިކޮޓްކުރުމަށް ގޮވާލައި ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.

އެ މީހުން ބުނާ ގޮތުގައި، އެފަދަ ލަވައެއްގައި ދިޕީކާ ލައިގެން ހުރި ކޮސްޓިއުމާއި، ޝާހްރުކާ އެކު ފެންނަ ނެށުމަކީ ހިންދޫންގެ ދީނީ ޝުއޫރުތަކާއި ހިލާފުވާ އަދި ގިނަބަޔަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ފަދަ ލަވައެކެވެ.

އެ ލަވައިގާ "ސެފްރޯން" ނުވަތަ އޮރެންޖު ކަހަލަ ކުލައެއްގެ ހެދުމެއް ދިޕީކާ ލައިގެން ހުރި މަންޒަރު ފެނެ އެވެ. ހިންދޫ ދީނުގައި މަތީ ލަގަބެއް ދޭ އެ ކުލައަކީ ހިންދޫންގެ ދީނީ އެންމެ އިސް މީހުން ލައި އުޅޭ ހެދުމުގައި ވެސް ހުންނަ ކުލަ އެވެ.

ގިނަބަޔަކު އެއާ ދެކޮޅުވާ ސަބަބަކީ އެ ލަވައިގެ ނަމާއި ދައްކުވައިދޭ މަންޒަރުތަކުގެ ސަބަބުން ދޭ ނޭދެވޭ މެސެޖުކަމަށް އެ މީހުން ބުނެ އެވެ. "ބޭޝަރަމް ރާންގް" ގެ ނަމުގެ ލަފްޒީ މާނަ އަކީ "ލަދުވެތިކަމެއް ނެތް ކުލަ" އެވެ.

ޝާހްރުކާއި ދިޕީކާ: ހިންދޫން ގޮވާލަނީ އެ މީހުންގެ އާ ފިލްމް ބޭން ކުރުމަށް

އިންޑިއާގެ ގާނޫނީ ވަކީލަކު ދާދިފަހުން ވަނީ ޝާހްރުކާއި ދިޕިކާ ހިމެނޭހެން "ޕަތާން" ފިލްމުގެ ޕްރޮޑަކްޝަންގައި ހަރަކާތްތެރިވާ އެންމެނާ ދެކޮޅަށް އެ ގައުމުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅައިފަ އެވެ.

އެ މިނިސްޓްރީ އަަށް އޭނާ ފޮނުވާފައިވާ ސިޓީއަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، އެ ލަވައިން ހިންދޫންގެ އަގީދާތަކަށް ފުރައްސާރަކޮށްފައިވާ ކަމަށާއި އެ ފިލްމުގެ ތަރިންނާ އެކު އެހެން އެންމެނަށް ފިޔަވަޅު އަޅަން ޖޭހޭނެ ކަމަށް ގޮވާލައިފައިވެ އެވެ. އަދި ވީ އެންމެ އަވަހަކަށް އެ ލަވަ މަނާކޮށް، އިންޓަނެޓުން ނެގުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

ހިންދޫންގެ އިސް މީހަކު ވަނީ އެ ފިލްމު އަޅުވާ ތިއޭޓަރުތަކުގައި ހުޅު ޖެހުމަށް ވެސް ގޮވާލައިފަ އެވެ.

ޝާހުރުކާއި ދިޕީކާ ދިފާއުކޮށް ވެސް ބޮލީވުޑްގެ ގިނަ ބަޔަކު އަންނަނީ ސޯޝާލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ. ޝާހްރުކް އުޅޭ ފިލްމް، "ރައީސް" ގެ ޑިރެކްޓަރު ރާހުލް ދޮލަކިއާ ވަނީ އެފަދަ "ގަމާރު" ވިސްނުންތަކުގެ މީހުން މަޑުން ތިބުމަށް ގޮވާލައިފަ އެވެ.

"ޝާހްރުކް ހާނަަށް ދެމުން އަންނަ ނަފްރަތުގެ ހަމަލާތައް ފިލްމް އިންޑަސްޓްރީގެ އެންމެން ކުށްވެރިކުރަން ޖެހޭ،" ރާހުލް ބުންޏެވެ.

އަދިތިޔާ ޗޯޕްރާގެ އުންމީދީ "ސްޕައި ޔުނިވާސް" ގައި ހިމެނޭ "ޕަތާން" ފިލްމުގައި އިންޑިއާގެ މިވަގުތު އެންމެ ކުރީ ސަފުން ފާހަގަކޮށްލެވޭ އެކްޓަރުން ފެންނާނެ އެވެ. އޭގެތެރޭގައި، ޝާހްރުކާއި ދިޕިކާގެ އިތުރުން ޖޯން އަބްރަހަމް ފާހަގަކޮށްލެވެ އެވެ. އެ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.

8 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 46%
icon angry icon angry 15%
icon wow icon wow 8%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައިގޮޓް

19 December 2022

ހުރިހާ ދީނެއްގަވެސް ހައްދުފަހަނަ އެޅިމީހުން އުޅެނީ އެއްފާޑަކަށްދޯ

The name is already taken The name is available. Register?

2022

19 December 2022

2023 އަންނައިރުވެސް އިންޑިޔާ ހަމަ 60 ގަ ގެއަށް ނޫސްކަރުދާސް އެއްލާފަ ފިލާނީ..... ބޮއިހަލަކި

The name is already taken The name is available. Register?

ފިނރުޓޭ

19 December 2022

ކީކޭ ދެން އަޅެފަހެ ބުނާނީ ވިއްޔާ! ވަރަށް ބޯދާ ވިސްނުމުގެ މީހުން ހަމަ ހުރިހާ ތަނެއްގައިވެސް އުޅެމުންދޭ!

The name is already taken The name is available. Register?

އަހައްމަދޫ

19 December 2022

އެހެންވާނެނު ޖަނގިޔާ އާއި ނުދައްކާ އެއްޗެއްނެތް

The name is already taken The name is available. Register?

ތުމް

19 December 2022

އިންޑިއާ ފިރިހެނުން ކުޑަ ޖަންގިޔަލުގައި އެންމެންތެރޭ ހުއްޓަސް ވަރިހަމަ

The name is already taken The name is available. Register?

ގޮހޮރޭ

18 December 2022

ތީހަމަ ފަދަ .. ބޯދާ ވިސްނޫން އެއްޗެއް އެސިކުނޑިތަކުގާ ނުވޭ..

The name is already taken The name is available. Register?

މޮލީވުޑް

18 December 2022

އޮލިމްޕަހުގައި އަޅުވާ ފިލްމުތައް ނަގަން ގޮވާލާ ދުވަސް ވެސް އަންނާނެ އަދި. މާ ދުރަކު ނޫން އެ ދުވަސް އޮތީ!

The name is already taken The name is available. Register?

އޮލި

22 December 2022

އޮލިމްޕަހުގަވެސް ނަަންޖެހޭވަރު ފިލްމެއް އަޅުވައިފިއްޔާ ނަގާނަން، އަހަރެމެން ބޭނުން އެއްޗެއް އަދި ހަދާނީ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454