ބޮލީވުޑްގެ މަޝްހޫރު އެކްޝަން ފިލްމު ފްރެންޗައިޒް "ޑޮން"ގެ ތިންވަނަ ފިލްމުގައި ޑޮންގެ ރޯލު ކުޅޭނީ ރަންވީރު ސިންގު ކަން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ. މިހާރު އޮތް ސުވާލަކީ ފިލްމުގެ ލީޑު އަންހެން ރޯލު ކުޅޭނީ ކާކު ހެއްޔެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، އެ ރޯލަށް ކިއާރާ އަދުވާނީ ވަނީ ނަގައިފަ އެވެ. ނަމަވެސް، އެކަން ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަކްތަރު އަދި ޔަގީން ނުކޮށްދެ އެވެ.

އިންޓަވިއުއެއްގެ ތެރެއިން އެ ސުވާލު އަމާޒުވުމުން ފަރުހާން ސީދާ ޖަވާބެއް ނުދީ ބުނީ އެ ރޯލަށް ތަރިއަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަގުތު ޖެހުމުން އެއީ ކާކު ކަން އެނގޭނެ ކަމަށެވެ.

އެ ރޯލަށް ކިއާރާ ނެގި ކަމަށް ބުނާ އަޑުތައް ފެތުރެން ފެށީ މިފަހުން ފަރުހާންގެ ޕްރޮޑަކްޝަން ހައުސް، އެކްސެލް އެންޓަޓެއިންމަންޓްގެ އޮފީހުން ކިއާރާ ނުކުމެގެންދާ ތަން ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ.

ޑޮންގެ ފުރަަތަމަ ފިލްމު ގެނެސްދިނީ 1987 ގަ އެވެ. އެ ފިލްމުގައި ޑޮންގެ ރޯލު ކުޅުނީ އަމީތާބު ބައްޗަން އެވެ. ދެވަނަ ފިލްމު 2006 ގައި ގެނެސްދިން އިރު، އެ ފިލްމުގައި އެ ރޯލު ކުޅުނީ ޝާހްރުކް ހާނެވެ. އެ ދެ ފިލްމަކީ ވެސް ބެލުންތެރިންގެ މެދުގައި މަޝްހޫރުވި ކާމިޔާބު ފިލްމުތަކެކެވެ.

"ޑޮން"ގެ ތިންވަނަ ފިލްމު ސިނަމާތަކަށް ގެންނަނީ 2025 ވަނަ އަހަރެވެ.