އިރުފުށި ރިސޯޓަށް ދަތުރުކުރި ސީޕްލޭންގެ ކުރިމަތީގައި ނޭހާ އޭނާގެ އާއިލާއާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.
07 ނޮވެމްބަރ 2023 - 06:36
ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު އޭނާގެ އާއިލާއާ އެކު ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ނޭހާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ނ. އަތޮޅުގައި އޮންނަ ސަން ސިޔާމް އިރުފުށި ރިސޯޓްގަ އެވެ. އެމީހުން ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހު އެވެ.
އިރުފުށި ރިސޯޓަށް ދަތުރުކުރި ސީޕްލޭންގެ ކުރިމަތީގައި ނޭހާ ފޮޓޯއަކަށް ހުއްޓިލައިގެން.
ނޭހާގެ މައިންބަފައިންނާއި އޭނާގެ ފިރިމީހާ ރޯހަންޕްރީތު ސިންގު އަދި އޭނާގެ ބޭބެ، މަޝްހޫރު ލަވަކިޔުންތެރިޔާ ޓޯނީ ކައްކަރު ވެސް ވަނީ މި ދަތުރުގައި ރާއްޖެ އައިސްފަ އެވެ. އެ އާއިލާގެ އިތުރު އެހެން ބައެއް މެމްބަރުން ވެސް މި ދަތުރުގައި ބައިވެރިވެ އެވެ.
ރާއްޖެ އައި ފުރަތަމަ ދުވަހު ނޭހާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމީހުން ރިސޯޓަށް ދަތުރުކުރި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭންގެ ކުރިމަތީގައި ތިބެ އާއިލާއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އިރުފުށި ރިސޯޓުން ނޭހާ އަށް މަރުހަބާ ކިޔާ ތަން ފެންނަ ވީޑިއޯއެއް ވެސް އޭނާ އިންސްޓަގްރާމް ކުރި އެވެ. އެ ވީޑިއޯގެ ކެޕްޝަންގައި އޭނާ ބުނީ "މަރުހަބާ ކިޔުމަކީ މިއީ" ކަމަށެވެ.
އޭނާ އަންނަނީ މި ދަތުރުގެ އެކި ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާކުރަމުންނެވެ.
ނޭހާ އަކީ ބޮލީވުޑްގެ ފިލްމުތަކަށް މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ލަވަކިޔުންތެރިއެކެވެ. އިންޑިއަން އައިޑޮލް އިން އޭނާގެ ކެރިއަރު ފަށައި، ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. އަދި ފަހުން އިންޑިއަން އައިޑޮލްގެ ޖަޖުކަން ވެސް އޭނާ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2023
10 November 2023
މިހާރު ރީތިކޮށް ލަވަކިޔާބަޔެއްނޫޅޭ. ލަވަ މުބާރާތާވެސް ބޭއްވި މާކަަބޮޑު އަނެއްނެތް...... ބޮއޮހަލަކި
ޗައްކަރު
07 November 2023
ކޮން ޗައްކަރެކޭ
އަބުދުބެ
07 November 2023
ދިވެހިންނަށް ލަވަކިޔައިދެން ދަސްކޮށްދެވިދާނެތަ. މިހާރު އުޅޭ ކުދިން ލަވަ ކިޔާއިރު އަޑެއް ނުހުރޭ، ލަވަކިޔަން ނޭގުނަސް ކިޔަނީތޯއްޗެއް! ރާގެއް ނުހުރޭ. ކިއަނީ ހުސްކޮޕީލަވަ. އަމިއްލަ ރާގެއް ހަދައިފިއްޔާ އެއްވެސް ތާކުންތާކު ނުޖެހޭ. ޅެމުގައި ހަމަޖެހޭ ވާހަކައެއް ނުހުންނާނެ.