"ޖެއިލާ 2"ގެ ޓީޒާގައި ރަޖްނީކާންތު.
15 ޖެނުއަރީ 2025 - 06:32
އިންޑިއާގެ ސުޕަސްޓާރު ރަޖްނީކާންތުގެ ކާމިޔާބު ފިލްމު "ޖެއިލާ"ގެ ދެވަނަ ފިލްމުގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
"ޖެއިލާ 2"ގެ ހަތަރު މިނެޓުގެ ޓީޒާއެއް ވަނީ ޔޫޓިއުބުގައި އާންމުކޮށްފަ އެވެ.
އާދައިގެ މަތިން، ރަޖްނީކާތުގެ އެހެން ފިލްމުތަކެކޭ ގޮތަށް މި ފިލްމުގައި ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ ކަން މި ޓީޒާއިން އެނގެ އެވެ. މި ޓީޒާއަކީ ފިލްމު ރަސްމީކޮށް އިއުލާންކުރުމުގެ ވެސް ގޮތުން ގެނެސްދިން ޓީޒާއެކެވެ.
މި ޓީޒާގައި ރަޖްނީކާންތުއާ އެކު ފެންނަނީ މި ފިލްމުގެ ދެ ޑައިރެކްޓަރު ކަމަށްވާ ނެލްސަން ދިލިޕްކުމާރް އާއި އަނިރުދް ރަވިޗަންދުރަ އެވެ. ނެލްސަން އަކީ ފުރަތަމަ ފިލްމުގެ ވެސް ޑައިރެކްޓަރެވެ. އަދި އަނިރުދް އަކީ ފުރަތަމަ ފިލްމުގެ މިއުޒިކް ޑައިރެކްޓަރެވެ.
"ޖެއިލާ" އަކީ ރަޖްނީކާންތުގެ ސްޓައިލްގެ ވަރުގަދަ ތަޅާފޮޅާ މަންޒަރުތައް ހިމެނޭ ފިލްމެކެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ފުލުހެއްގެ ރޯލެވެ.
މީގެ ދެ އަހަރު ކުރިން ނުކުތް "ޖެއިލާ"އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 650 ކްރޯޑް ރުޕީސް ލިބިފަ އެވެ. އަދި އެއީ 2023 ވަނަ އަހަރު ނުކުތް ތަމަޅަ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު.
16 January 2025
ހޫން. ކަންތަކާ ލައިގަތީ
2025
15 January 2025
ރަޖުނީ އެކޮއިއާދެބަލަ މޯޑިސް ފިލްމެއްކުޅެލަން..ބޮއިހަލަކި
ރަދީފު ކޮމޭޑިއަން
15 January 2025
އެހެންތާ ވާނީ ފުލުހުން ބެލި ބެލުމުން އެނގުނީ ރަޖުނީ ފުލެޓް ހޯދީ ސައްހަ ގޮތުގައިކަން ، ދެން އެނބުރި އަންނަންވީނު