އިންޑިއާގެ ޓީވީ ތަރިން ކަމަށްވާ އަލީ ގޮނީ އާއި ހީނާ ހާން އުމްރާއަށް ސައުދީގައި.
17 މާޗް 2025 - 11:42
އިންޑިއާގެ ޓީވީ ތަރިން ކަމަށްވާ ހީނާ ހާން އާއި އަލީ ގޮނީ އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް ހިނގައްޖެ އެވެ.
ހީނާ ވަނީ ހަރަމްފުޅުގައި އޭނާ ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި އިއްޔެ ހިއްސާކޮށްފަ އެވެ. މި އަހަރު އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށް އެ ޕޯސްޓުގެ ކެޕްޝަންގައި ހީނާ ލިޔެފައިވެ އެވެ.
"މާތްﷲ އަހަންނަށް ފުރިހަމަ ޝިފާއެއް މިންވަރު ކުރަށްވާށި،" އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ހީނާ ލިޔެފައިވެ އެވެ.
ހީނާ ވަނީ މިދިޔަ ދެ އަހަރު ވެސް އުމްރާގެ އަޅުކަން އަދާކުރުމަށް ރޯދަމަހު މައްކާއަށް ގޮސްފަ އެވެ. މިފަހަރު ވެސް އޭނާ އުމްރާއަށް ދިޔައީ އޭނާއާ ދެބެންގެދެދަރި ކޮއްކޮ މަނާން މީރްއާ އެކުގަ އެވެ. މިދިޔަ ދެ އަހަރު ވެސް ހީނާ އުމްރާއަށް ދިޔައީ އޭނާއާ އެކުގަ އެވެ.
އަލީ އުމްރާގެ އަޅުކަމަށް ދިޔަ މިއީ ދެވަނަ ފަހަރެވެ.
އަލީ ވަނީ މި ރޯދަމަހު އުމްރާގެ އަޅުކަމަށް ގޮސް ހަރަމްފުޅާއި މައްކާ އާއި މަދީނާގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވެސް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy