މި އަހަރުގެ މެޓް ގާލާގައި ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން.-- ފޮޓޯ: ގެޓީ އިމޭޖެސް
06 މެއި 2025 - 11:14
ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ މެޓް ގާލާއަށް ދިޔަ އިންޑިއާގެ ފުރަތަމަ ފިރިހެން އެކްޓަރަކަށް ޝާހްރުކް ޚާން ވެއްޖެ އެވެ.
އެމެރިކާގެ ނިއު ޔޯކުގެ މެޓްރޮޕޯލިއަން މިއުޒިއަމް އޮފް އާޓްގައި މިއަދު ބޭއްވި މި އަހަރުގެ މެޓް ގާލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު ވަރަށް ގިނަ ބަޔަކު ބައިވެރިވި އެވެ. އޭގެ ތެރެއިން މިފަހަރު އެންމެ ހާއްސަވި އެކަކަކީ ބޮލީވުޑްގެ ސުޕަސްޓާރު ޝާހު އެވެ.
ޝާހު އޭނާގެ ފުރަތަމަ މެޓް ގާލާ އިވެންޓަށް ދިޔައީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ސަބްޔަސާޗީ މުކަރްޖީ ތައްޔާރުކޮށްދީފައިވާ އައުޓްފިޓެއްގަ އެވެ.
މި އަހަރުގެ މެޓް ގާލާގައި ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން.-- ފޮޓޯ: ގެޓީ އިމޭޖެސް
މީގެ ކުރިން މެޓް ގާލާއަށް މުޅިން ވެސް ދައުވަތު ދީފައި ވަނީ އިންޑިއާގެ އަންހެން އެކްޓަރުންނެވެ. އޭގެ ތެރޭގައި އައިޝްވާރިޔާ ރާއީ ބައްޗަން، ދީޕިކާ ޕަޑުކޯން، ޕްރިޔަންކާ ޗޯޕްރާ އަދި އާލިއާ ބަޓް ހިމެނެ އެވެ.
ޝާހުގެ އިތުރުން މިފަހަރުގެ މެޓް ގާލާއަށް އިންޑިއާގެ މަޝްހޫރު ވަރަށް ގިނަ އެހެން ފަންނާނުން ވެސް ދިޔަ އެވެ. އޭގެ ތެރޭގައި ފަސްވަނަ ފަހަރަށް މެޓް ގާލާއަށް ދިޔަ ޕްރިޔަންކާގެ އިތުރުން ބޮލީވުޑްގެ އެކްޓްރެސް ކިއާރާ އަދުވާނީ އާއި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާނީ ހިމެނެ އެވެ.
އަލަތު ދަރިފުޅަށް ބަލިވެއިން ކިއާރާގެ ހެދުން ޑިޒައިންކުރަނީ އިންޑިއާގެ ފެޝަން ޑިޒައިނަރު ގޯރަވް ގުޕްތާ އެވެ.
ދިލްޖީތު ހުރީ ޕަންޖާބުގެ ޑިޒައިނަރު ޕަރުލް ގްރުންގުގެ އައުޓްފިޓެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާއުރުހާން
07 May 2025
ކަލޯ މަބުނީ، ދެން ނެތްތަ އަޅާލާނެ ފަށެއްއެއްޗެއް؟
ކިއްލާ2222
06 May 2025
ދެން އޯކޭ ސަޅި! 60 ވީމަ ދެން އެހާކަށް ވަރު ތާ ވާނީ