"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ މަންޒަރެއްގައި ދިވެހި ދިދަ.
28 ޖޫން 2025 - 10:45
ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމްކުރަން ފެށި ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ރާއްޖޭގެ ގައުމީ ދިދަ ދައްކާލައިފި އެވެ.
ދިވެހި ދިދަ ދައްކާލާފައި ވަނީ އެ ސީރީޒްގެ އެންމެ ފަހު އެޕިސޯޑުގެ މަންޒަރެއްގަ އެވެ. އެއީ ސީޒަން ތިނެއްގެ އެޕިސޯޑު ހައެއްގަ އެވެ.
ދިވެހި ދިދަ ފެންނަނީ އެ ސީރީޒްގެ ކުންނާއި ހިސާބުން، އެ ސީރީޒްގައި އެކި ގޭމްތައް ކުޅެފައިވާ ސެޓުތައް ދައްކަމުން ދިޔައިރު، މިދިޔަ ސީޒަންގައި ކުޅުނު ގޭމެއްގެ ސެޓު ދެއްކިއިރުގަ އެވެ. ދިވެހި ދިދަޔާ އެކު އެހެން ގައުމުތަކުގެ ދިދަ ވެސް އެ ސެޓުގެ ހޯލުގައި އެލުވާފައި ހުއްޓެވެ.
އެ މަންޒަރުން ފެންނަ ގޮތުގައި، ދިވެހި ދިދައާ އެންމެ ކައިރީގައި އިނީ ޔޫރަޕްގެ ގައުމެއް ކަމަށްވާ މޮނަކޯގެ ދިދަ އެވެ. ދެން ފެންނަނީ ސައިޕްރަސް އާއި ދެކުނު ކޮރެއާގެ ދިދަ އެވެ.
ސްކުއިޑްގެ ގޭމްގެ ދެވަނަ ސީޒަންގައި، ހަމަ އެ ސެޓުގައި ވަނީ ގިނަ ގައުމުތަކެއްގެ ދިދަ ދައްކާލައިފަ އެވެ. އޭގެ ތެރޭގައި ފަލަސްތީނާއި ލުބުނާނާއި މެލޭޝިއާ ކަހަލަ ގިނަ ގައުމުތައް ހިމެނެ އެވެ.
"ސްކުއިޑް ގޭމް" އެއްކޮށް ނިންމާލާ މި ފަހު ސީޒަންގައި ޖުމްލަ ހަ އެޕިސޯޑު ގެނެސްދީފައިވެ އެވެ.
ދެކުނު ކޮރެއާގެ މިހާރުގެ އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު ސީރީޒްގެ "ސްކުއިޑް ގޭމް"ގެ ލީޑު ރޯލު ކުޅެނީ ދެކުނު ކޮރެއާގެ އެކްޓަރު ލީ އުންޖޭ އެވެ. ފުރަތަމަ ސީޒަންއާ ހިލާފަށް ދެވަނަ ސީޒަނާއި ތިންވަނަ ސީޒަންގެ ކާސްޓުގައި ވަނީ ދެކުނު ކޮރެއާގެ ވަރަށް މަޝްހޫރު ތަރިންނެއް ހިމަނައިފަ އެވެ.
ފުރާނައަށް ނުރައްކާތެރި ގޭމް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" 2021 ވަނަ އަހަރު ނެރުމާ އެކު، މި ސީރީޒްވީ ބޮޑު ހިޓަކަށެވެ. ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އެއް ސީރީޒަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
30 June 2025
ބަލަ ސުރުހީ ކިޔާލާފަ މަ ހީ ކުރީ ހަމަ އެކަނި ރާއްޖޭގެ ދިދަ އެކަނި ކަމަށް ދެއްކީ! ކީކޭ ދެން އަޅެފަހެ ބުނާނީ ވިއްޔާ!
ސްޓްއާރޓް ލިޓްލް
29 June 2025
އަހަރެން އުޅޭ ފިލްމުގައި ދިވެހިދިދަ ފެންނަ ވާހަކަ ނުބުނީ މަށަކީ ކުޑަމީދަލަކަށް ވީމާހެއްޔެވެ؟ ޔޮޓްރޭސް ނިމޭ ހިސާބު ބަލާލަބަލާށެވެ
ހުސެން ޒާހިރު
29 June 2025
ދެން މިދުވަސް ބައިނަލް އަގުވާމީ ދުވަހެއް ގޮތުގަ ފާހަގަ ކުރަން ވީނު މީގެ ފަހުން. އަހަރުންނަށް ޗުއްޓީއެއްވެސް ލިބިދާނެތާ އޭރަށް
ދިވެހިރާއްޖެެ
28 June 2025
އާނ ދެން ތިޔަ ކަމުގެ މުނާސަބަތުގައި ސަރުކާރު ބަންދުކުރޭ ހަފުތާ އަކަށް
ލުބްލާ2025
28 June 2025
މިވެސް ހަބަރެއްތަ ދެން.
ނަން މިހާރު
28 June 2025
މަނަމަށް ވަގުތުން ކޯޓަށް ދާންނަން، އަހާވެސްނުލާ،ތިނެގީފައިދާ ދިދަ ބޭނުންކޮއްގެން
ކާކު ތަ
28 June 2025
ކާކުކައިރީ އަހަންވީ
ރާވެރިބެ
28 June 2025
ދެން ކިހިނެތް ވީޔޯ؟ ލައްކަ ބޮޑު ކަމެއްތަ؟ މީ ހަމަ ލަފާފުޅާ އިރުޝާދުގެ ދަށުން ހާސިލްވި ބޮޑު ކަމެއްދޯ؟ ބޯ ހަލާކު!
ބޯވަަ
28 June 2025
ކޮންމެހެން ބޯވަ ދިލަމަސް ގޭމް ރާއްޖޭގަ ކުޅޭނެ ކަމެއް ނެތް
ޞިލްމް
28 June 2025
ވާއު. މިއަހަރު ބާކީ އޮތް ބައި ނުކައި އުޅެވޭނެ ދެން ތި ދިދަ ދައްކާލީމަ
ކިމް
28 June 2025
ދިވެހި ދިދަ ބޭނުންކުރީމަ އޭގެ މާނަވެސް ބަލާލައްޗޭ ދިދަ ފެނުނީމަ އުފަލުން ނުފޮޅި ފަސްޓް. އޭގެ މާނައަކި އޭގަ ކުޅޭ ގްރޫސަމް ގޭމް ގަ ދިވެހިން ބައިވެރިވަނީއޭތަ؟