"ބެޓްމޭން"ގެ ރޯލު ކުޅޭ ރޮބާޓް ޕެޓިންސަން.
29 ޖޫން 2025 - 10:37
ޑީސީން 2023 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބެޓްމޭން"ގެ ދެވަނަ ބައިގެ ސްކްރިޕްޓް ލިޔެ ނިމިއްޖެ އެވެ.
ފުރަތަމަ ބައިގެ ޑައިރެކްޓަރު މެޓް ރީވްސް ޑައިރެކްޓްކުރާ "ބެޓްމޭން ޕާޓް 2"ގެ ސްކްރިޕްޓް ލިޔެ ނިމުނުކަން އިއުލާންކުރީ ވެސް އޭނާ އެވެ.
ރީވްސް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ސްކްރިޕްޓުގެ ކަވަރު ފެންނަ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އަދި އެ ފޮޓޯގައި، އޭނާއާއެކު އެ ސްކްރިޕްޓް ލިޔުމުގައި މަސައްކަތްކުރި މެޓްސަން ޓޮމްލިން ވެސް ފެނެ އެވެ.
"ޕާޓްނާސް އިން ކްރައިމް (ފައިޓާސް)،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
ވޯނާ ބްރަދާސް އާއި ޑީސީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ "ބެޓްމޭން ޕާޓް 2" އިއުލާންކުރީ އެޕްރީލް 2022 ގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ މަސައްކަތް ނިންމައި ސިނަމާއަށް ގެނެސްދޭނީ ސެޕްޓެމްބަރު 1، 2027 ގަ އެވެ. އެއީ އެ ފިލްމުގެ ފުރަތަމަ ބައި ނުކުތްތާ ފަސް އަހަރު ފަހުންނެވެ.
"ބެޓްމޭން ޕާޓް 2"ގައި ވެސް ބެޓްމޭންގެ ރޯލު ކުޅޭނީ ފުރަތަމަ ފިލްމުގައި އުޅުނު އިނގިރޭސި އެކްޓަރު ރޮބާޓް ޕެޓިންސަން އެވެ.
"ބެޓްމޭން"ގެ ފުރަތަމަ ބަޔަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބުނެވެ. އެ ފިލްމަށް މަތީ ރޭޓިންތައް ލިބިފައިވާއިރު، ބޮކްސް އޮފީހުގައި ވެސް ބޮޑު އާމްދަނީއެއް ލިބުނެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 772 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑުޑޫ
29 June 2025
"ޕާޓްނާސް އިން ކްރައިމް (ފަޔާފައިޓާސް)" އެކޭ ނޫން ކެޕްޝަންގަ އިނީ ލިޔެފަ. "ޕާޓްނާސް އިން ކްރައިމް (ފައިޓާސް)".