މަރުވެފައި އޮއްވާ ފެނުނު ޕާކިސްތާނުގެ މޮޑެލް އަދި އެކްޓްރެސް ހުމައިރާ އަސްގަރު.
13 ޖުލައި 2025 - 10:27
ޕާކިސްތާނުގެ މޮޑެލް އަދި އެކްޓްރެސް ހުމައިރާ އަސްގަރު މަރުވެފައި އޮންނަތާ ނުވަ ވަރަކަށް މަސްދުވަސް ފަހުން ފެނިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، 32 އަހަރުގެ ހުމައިރާގެ ހަށިގަނޑު ފެނުނީ ޕާކިސްތާނުގެ ކަރާޗީގައި ހުންނަ އޭނާ ދިރިއުޅުނު އެޕާޓްމަންޓުން މިިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ ދިރިއުޅުނީ އެކަންޏެވެ. އޭނާގެ މަރާ ގުޅިގެން ޝައްކުވާ އެއްވެސް ކަމެއް ނެތުމުން މިދިޔަ ހުކުރު ދުވަހު ވަނީ ހަށިގަނޑު ވަޅުލައިފަ އެވެ.
ހުމައިރާގެ ހަށިގަނޑު ފެނުނީ އޭނާގެ ދިރިއުޅޭ އެޕާޓްމަންޓަށް ކުލި ނުދައްކައިގެން އެތަނުގެ ވެރިފަރާތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެތަނަށް ވަދެ ބެލުމުން ކަމަށް ރިޕޯޓްތައް ބުންޏެވެ.
އޭނާގެ ހަށިގަނޑާ ހަވާލުވާން އާއިލާއިން ދެކޮޅު ހެދި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ހުމައިރާ މޮޑެލްކޮށް، ފިލްމު ކުޅޭތީ އާއިލާއިން އޭނާއާ ގުޅުން ކަނޑާލާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި އާއިލާއިން ހަށިގަނޑާ ހަވާލު ނުވާން އުޅުނީ ވެސް އެހެންވެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ނަމަވެސް، އާންމުންގެ ފާޑުކިޔުން ބޮޑުވުމުން އޭނާގެ ބޭބެ ނަވީދު އަސްގަރު ވަނީ ހަށިގަނޑާ ހަވާލުވެ، ޖަނާޒާ ބާއްވައިފަ އެވެ.
ނަވީދު ބައެއް މީޑިއާތަކަށް ބުނި ގޮތުގައި، ހުމައިރާ އާއިލާއާ ދުރުގައި ދިރިއުޅޭތާ މިހާރު ހަތް ވަރަކަށް އަހަރު ވެއްޖެ އެވެ. އާއިލާގެ އެއްވެސް މީހަކު އޭނާއާ ގުޅުމެއް ނުބާއްވަ އެވެ. އަދި އާއިލާއަށް އޭނާގެ ޚަަބަރެއް ނުވާތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ހުމައިރާގެ ފޯނު ނިއްވާލާފައި އޮންނަތާ ވެސް ހަ ވަރަކަށް މަސްދުވަސް ވެދާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި ނަމަވެސް، ގިނަ ދުވަސްވެ ހަށިގަނޑު އެއްކޮށް ކުނިވެފައި އޮތުމުން، އޭނާ މަރުވި ގޮތް ދެނެނުގަނެވުނު ކަމަށެވެ. އިތުރު ޓެސްޓުތައް ހަދަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ކެމިކަލް އެގްޒަމިނޭޝަނާއި ހިސްޓޮޕެތޮލޮޖިކަލް ރިޕޯޓަށް މި އިންތިޒާރުކުރަނީ މިހާރު. އެކަމަކު، އޭނާގެ މަރުގައި ޝައްކުވާ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވޭ،" ފުލުހުން އިއްޔެ ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އޭނާ މަރުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ކަމަށް ތަހުގީގަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ. އޭނާގެ ފޯނުން އެންމެފަހުން މީހަކަށް ގުޅާފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރުގައި ކަމަށާއި އޭނާ ދިރިއުޅުނު އިމާރާތުގައި އުޅޭ މީހުންނަށް ވެސް އޭނާ އެންމެފަހުން ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރުގައި ކަމަށް ފުލުހުން ބުންޏެވެ.
ހުމައިރާ ފުރަތަމަ އުޅުނީ ސްޓޭޖު ތަމްސީލު ކުޅުމަށެވެ. އޭގެ ފަހުން އޭނާ ވަނީ ޕާކިސްތާނުގެ އެކި ޓީވީ ޑްރާމާތަކުގައި މަސައްކަތްކޮށްފަ އެވެ. އަދި ދެ ފިލްމެއް ވެސް އޭނާ ކުޅެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމާ
13 July 2025
މީނަގެ ރައްޓެއްސަކުވެސް ނުހުންނަނީތަ.. ކޮންމެ މަިހަކުގެ ވެސް ވެސް ވަރަށް އިތުބާރުކުރެވޭ އެކަކު ހުންނާނެ.. ކަންމަތީ އާންޓީ ނުތިބޭތީ ވީގޮތް ނޭނގުނީ..
ޓިޕިކަލް ޕާކިސްތާން
13 July 2025
ނެތީތަ މީނަގެ ރައްޓެއްސެއްހާ މިންވަރުވެސް؟ މަ މެސެޖަކަށް ރިޕްލައި ނުކުރިޔަސް އާދޭ ގޭ ދޮށަށް. ގައިމު ކޮންމެވެސް ކަމެއް ވީމަ ދޯ 9 މަސް ވާއިރު މީހަކު މީނަ ނުހޯދާނީ...
އިންވެސްޓިގޭޓް
13 July 2025
މިތާ އުޅޭ ކޮމެންޓް ކުރާ އިންވެސްޓިގޭޓިވް އޮފިސަރުންނާ ތި މައްސަލަ ހަވާލުކުރަން ފެނޭ. އެކުދިން ވަރަށް މޮޅުވާނެ ކުއްވެރިވަނީ ކާކުތޯ ދެނެގަންނަން.
ޒަޒަ
14 July 2025
މީ އިންވެސްޓިގޭޓަރުންނަށް ވެގެން ކުރާ ކޮމެންޓެއް ނޫން. އެކަމަކު ދުނިޔޭގެ އާދަކާދަ އެއީ. އެކެއް އަނެކެއްގެ ރައްޓެއްސެއް ނިވަތަ އެކުވެރިއެއް ވިޔަސް އަދި އާއިލާމީހަކުވެސް ހުރުން. 9 މަސް މީ ވަރަށް ގިނަ ދުވަސް.
ޝަޖޫ
13 July 2025
ކޮމެންޓޭޓަރުން މިކަން ވީ ގޮތް ސާފު ކޮށްދީބަލަ؟