"ސަރްދާރުޖީ 3"ގެ މަންޒަރެއްގައި އިންޑިއާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ދިލްޖީތު ދޮސާންޖު އާއި ޕާކިސްތާނުގެ ތަރިއެއް ކަމަށްވާ ހާނިއާ އާމިރު.
23 ޖޫން 2025 - 10:51
އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖުގެ ކޮމެޑީ ފިލްމު ސީރީޒް "ސަރްދާރުޖީ 3"ގައި ޕާކިސްތާނުގެ ތަރިއެއް ކަމަށްވާ ހާނިއާ އާމިރް އުޅޭތީ އިންޑިއާގެ އާންމުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
"ސަރްދާރުޖީ 3"ގެ ޓްރެއިލާ އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
އެ ޓްރެއިލާ އިން އެނގޭ ގޮތުގައި، ހާނިއާއަކީ ވެސް އެެ ފިލްމުގައި މުހިންމު ރޯލެއް ކުޅޭ ތަރިއެކެވެ.
ޓްރެއިލާ ނެރުނީ އެ ފިލްމު އިންޑިއާގައި ރިލީޒްނުކުރާ ގޮތަށް ވެސް ނިންމައިފަ އެވެ. ޓްރެއިލާގައި ބުނީ އެ ފިލްމު އަޅުވާނީ ބޭރު ގައުމުތަކުގައި އެކަނި ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު މިދިޔަ މެއި މަހު ހޫނުވުމުން އިންޑިއާގެ ފިލްމުތަކުގައި ޕާކިސްތާނުގެ އެކްޓަރުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ނުދޭން އިންޑިއާގައި ފިލްމު އުފައްދާ މީހުންގެ ޖަމިއްޔާތަކުން އޮތީ އަންގައިފަ އެވެ.
އެހެން އަންގާފައި އޮއްވާ ޕާކިސްތާނުގެ ތަރިއަކާއެކު ހަދާފައިވާ އިންޑިއާގެ ފިލްމެއް ރިލީޒްކުރާތީ އިންޑިއާގެ އާންމުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ގިނަ ބައެއްގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ ދިލްޖީތަށެވެ.
"ހަނގުރާމަ ހިނގި ދުވަސްވަރު [ދިލްޖީތު] އެއްވެސް އެއްޗެއް ނުބުނޭ. މިހާރު މި އެނގުނީ ކީއްވެކަން. އަހަންނަށް ވަރަށް ކަމުދިޔަ މީހެއް، އެކަމަކު މިހާރު ފޫހިވެއްޖެ،" ދިލްޖީތަށް ފާޑުކިޔައި މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
"އަހަންނަށް ހީނުވޭ ދިލްޖީތަކީ ގައުމު ދެކެ ލޯބިވާ މީހެއްހެން. އަހަރެން އުއްމީދެއް ވެސް ނުކުރަން އޭނާ ޕްރޯ-އިންޑިއާ ވެދާނެ ކަމަށް،" އެހެން މީހަކު ބުންޏެވެ.
This was Hania Aamir degrading our India two months ago & this shameless khalistani Diljit dosanjh is doing movie with her . He always does such anti-national things time to time . He seriously deserves lifetime ban from industry . https://t.co/4HHCbj1gza pic.twitter.com/6ks9tNXoSt
— TANISHQ (@Shivam__tanishq) June 22, 2025
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވީ ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު 26 މީހަކު މަރާލި ހާދިސާއާ ގުޅިގެންނެވެ. އެ މައްސަލާގައި އެ ދުވަސްވަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަލާ ބަދަލުކުރި އެވެ.
ޕަންޖާބީ ބަހުން ގެެނެސްދޭ "ސަރްދާރުޖީ"ގެ ދެ ފިލްމެއް މީގެ ކުރިން ގެނެސްދީފައިވެ އެވެ. އެއީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެވެ. ބޮލީވުޑްގައި ދިލްޖީތު ބޮޑަށް މަޝްހޫރުވީ 2016 ވަނަ އަހަރު ނުކުތް ފިލްމު "އުޑްތާ ޕަންޖާބް" އިންނެވެ.
"ސަރްދާރުޖީ 3" ރިލީޒްކުރަނީ އަންނަ ހުކުރު ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލާ2222
25 June 2025
އިންޑިޔާ މީހުން ގޯސްނަމަ ޕަކިސްތާން ތަރިންނަސް ފުރުސަތު ނުދޭނެ! މީގެ ކުރިން ވެސް ވ ގިނަ ޕާކިސްތަން ތަރިން ހިންދީ ފިލްމް ތަކުން ޖާގަދީފަ ހުރީ! ސަލްމާ އަޢާ ފަދަ ތަރިން! ލަވަ ކިޔުން ތެރިން ނަށް ވެސް ފުރުސަތުދީފަ ހުރީ! އެކަމަކު ޕަކިސްތާނުން އިންޑިޔާ ގެ އެއްވެސް ލަވަކިޔުންތެރި އަކަށް ވެސް އެދެވޭ މަރުހަބާ އެއް ކިޔާފަ ނެތް!! ހިންދީ ފިލްމް ތަކުގަ ވެސް ބޭނުންކުރަނީ އަސްލު އުރުދޫ ބަސް! ލަވަ ތައް ހަދަނީ އުރުދޫ ބަހުން އެކަމަކު ފުރުސަތެއް ނުދޭ! ޕަކިސްތަން ގޯހ
އަލީލީ
25 June 2025
މި އަންހެން ކުއްޖާ އެހުރީ ހުރިގޮތް. މުސްލިމް އަންހެނެތް ކަން ބަލާލާފަ ނޭންގޭ. އެކަމަކު އޭނާ އިސްލާމީ ގައުމަކަށް ނިސްބަތްވީތީ މިހުރީ މި ހިންދީން އަރާ ރުޅި.
2025
24 June 2025
މިއިންޑިޔާ މީހުންމީ ބޮޑު .. ޕާކިސްތާނާ އަބަދު ޖައްސާލައިގެން އުޅެނީ މުސްލިމްބައެއްވީމަ.....ބޮއިހަލަކި