10 ސެޕްޓެމްބަރ 2025 - 10:59
ބޮލީވުޑްގެ ތަރި އައިޝްވާރިޔާ ރާއީ ބައްޗަންގެ ފޮޓޯ އާއި ވީޑިއޯ އޭއައި ބޭނުންކޮށްގެން ހަދާ މައްސަލަ އޭނާ އިންޑިއާގެ ދިއްލީގެ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އައިޝްވާރިޔާ ހައި ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.
އައިޝްވާރިޔާ ވަކީލުން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނި ގޮތުގައި، އޭނާގެ ނަމާއި ފޮޓޯ އާއި އަޑު އޭނާގެ ހުއްދަ ނެތި ވިޔަފާރިގެ ބޭނުމަށް ދަނީ ބޭނުންކުރަމުންނެވެ. އަދި އޭއައި އާއި ޑީޕްފޭކްގެ އެހީގައި އޭނާގެ ފޮޓޯ ބޭނުންކޮށްގެން ބޭއަދަބީ ފޮޓޯތައް ހަދައި ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.
އެ ކަންކަން ކުރާ ބައެއް ވެބްސައިޓުތަކުގެ ނަންތައް ވެސް ކޯޓަށް ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިވެ އެވެ. އަދި ގޫގުލް އާއި އިންޑިއާގެ ކަމާބެހޭ ބައެއް އިދާރާތައް ޖަވާބުދާރީކުރުވަން ވެސް އެ މައްސަލާގައި އައިޝްވާރިޔާ ކޯޓުގައި އެެދިފަ އެވެ.
އެ މައްސަލަ ހައި ކޯޓަށް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި، އަދި މައްސަލަ ބަލައިގެންފި ނަމަ އަޑު އެހުންތައް އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އައިޝްވާރިޔާ މީގެ ކުރިން ވަނީ އޭނާގެ ދަރިފުޅު އަރަދުޔާ ބައްޗަންއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައެއް ވެސް ދިއްލީގެ ހައި ކޯޓަށް ދެ ފަހަރެއްގެ މަތިން ހުށަހަޅައިފަ އެވެ. މިދިޔަ ފެބްރުއަރީ މަހު ހުށަހެޅި އެ މައްސަލަ އަދިވެސް އޮތީ ކޯޓު މަރުހަލާ ނުނިމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
11 September 2025
ޢޭސް އާދެބަލަ މޯޑިސްގެ ސްޕްރީމްކޯޓަށް ވަރަށްމޮޅުވާނެ....ބޮއިހަލަކި
ޖިނާމް
10 September 2025
މިމީހުންނަށް މިދުނިޔެމަތީގައިވެސް ހުރީ ހާސްވުމާ ކަންބޮޑުވުން! މީހުން ހީކުރަނީ ރީތިވެފަ މުއްސަނދިވީމަ އުޅެނީ ވަރަށް އުފަލުގައޭ! ހަގީގަތަކީ މަރުވުމުންވެސް އަލިފާނުން އަނދާ އަޅިޔަށްހަދާ ބުރުވާލެވޭ! އެކަމަކު އާޚިރަތުގައި އަނދާ އަޅިޔަށްވެ ނެތިގެން ނުދޭ! ތާއަބަދަށް ދެމިހުންނަގޮތުގައި ޢަޛާބުލިބިލިހުންނާނެ! އެކަމަކު ގިނަމީހުން މިފަދަ ފިލްމުސްޓާރުންގެ ފަހަތުން އެމީހުންގެ ޚަބަރުތަކާ ފިލްމުތައް ބެލުމުގައި އަވެދިނެތި!
ހިހިހި
10 September 2025
ޔޫ ޓޫ...
ބައްޗަން
10 September 2025
ކަނބުލޯ ކީއްކުރާނީ، ކަނބުލޮމެން ކިއްލިތަޅާތަނާއި ފުނޑާތަނާއި، މަގުމަތީގެ މަސައްކަތްތަކުގައި އުޅޭތަން ފެންނަ އޭއައި ވީޑިޔޯތައް ފެންނަވަރުން މި އުޅެނީ. މަ ކައިރިއަށްވެސް ހިނި އާދޭ. ޒަމާނުގެ އޮއިވަރާއެކު އުޅެންޖެހިފައި މިއޮތީ. ތިކަންކަން މިހާރު އޮތީ ހިފެހެއްޓޭ ހިސާބަކު ނޫން.