މާވެލްގެ ކުރިއަށް އޮތް ފިލްމު "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.

މާވެލް ސްޓޫޑިއޯސް އާއި ސޮނީ ޕިކްޗާސް ގުޅިގެން އުފައްދާ މި ފިލްމަކީ 2021 ވަނަ އަހަރު ނެރުނު "ނޯ ވޭ ހޯމް"އަށް ފަހު ގެނެސްދޭ ސްޕައިޑަމޭންގެ އާ ފިލްމެވެ.

މި ފިލްމުގެ ވާހަކަ ފެށޭނީ "ނޯ ވޭ ހޯމް"ގެ ހާދިސާތަކަށް ފަހުގަ އެވެ. ޑޮކްޓާ ސްޓްރޭންޖް ހެދި ޖާދުލަކުން ދުނިޔޭގެ އެންމެންގެ ހަނދާނުން ޕީޓާ ޕާކަކީ ކާކުކަން ވަނީ ފޮހެވިފަ އެވެ. އޭގެ ހަތަރު އަހަރު ފަހުގެ މަންޒަރުތައް މި ފިލްމުން ފެންނާނެއިރު، ޕީޓާގެ ލޯބިވެރިޔާ އެމް.ޖޭ (ޒެންޑޭޔާ) އާއި އެންމެ ގާތް އެކުވެރިޔާ ނެޑް (ޖޭކޮބް ބަޓަލޯން) އަށް ވެސް އޭނާއަކީ ކާކު ކަމެއް ނޭނގެ އެވެ.

މީގެ އިތުރުން ޕީޓާގެ ބާރުތައް ދަށްވަމުންދާކަން ފާހަގަކުރެވިގެން އެކަމަށް ހައްލެއް ހޯދަން އުޅޭ މަންޒަރު ވެސް ޓްރެއިލާ އިން ފެނެ އެވެ.

މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކަށް ވާނީ "ޕަނިޝަ"ގެ ރޯލުން ޖޯން ބާންތަލް އެމްސީޔޫއަށް ތައާރަފުވުމެވެ. ޓްރެއިލާގައި ވެސް އޭނާ ފެނެ އެވެ. ބްރޫސް ބެނާ، ހަލްކްގެ ރޯލުން ފެންނާނެއިރު، ސޭޑީ ސިންކް އާއި ލީޒާ ކޮލޯން-ޒަޔާސް ވެސް މި ފިލްމުން ފެންނާނެ އެވެ.

"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" ޑައިރެކްޓް ކުރަނީ "ޝެންގް-ޗީ"ގެ ގެނެސްދިން ޑެސްޓިން ޑެނިއަލް ކްރެޓަން އެވެ.

މި ފިލްމު ޕްރިމިއާކުރަނީ އަންނަ ޖުލައި މަހުގެ 31 ގަ އެވެ.