ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެމެރިކާގެ މިއުޒިކަލް ކޮމެޑީ-ޑްރާމާ ސީރީޒް "ގްލީ"ގެ އާ ރީބޫޓް ސީރީޒެއް އުފެއްދުމުގެ ރަސްމީ ހުއްދަ ޑޒްނީ ޕްލަސް އާއި ހުލޫ އިން ދީފަ އެވެ.
މީގެ 16 އަހަރު ކުރިން ފެށިގެން، 2009 އިން 2015 އަށް ފޮކްސް ނެޓްވޯކުން ދެއްކި ހަ ސީޒަންގެ އެ ސީރީޒްގެ އާ އުފެއްދުން ގެނެސްދެނީ އޮރިޖިނަލް ސީރީޒްގެ ކްރިއޭޓަރު ރަޔަން މާފީ އާއި އޭނާގެ ކޯ-ރައިޓަރުން ކަމަށްވާ ބްރެޑް ފާލްޗަކް އަދި އިއަން ބްރެނަން ގުޅިގެންނެވެ.
ރަޔަން މާފީ ހާމަކުރި ގޮތުގައި، އެ ސީރީޒްގެ އާ ސްކްރިޕްޓް ވަނީ ލިޔެ ނިންމައިފަ އެވެ.
މި އާ ސީރީޒްގެ މައިގަނޑު ކާސްޓުންނާއި ވާހަކައިގެ ތަފްސީލުތައް ސިއްރުކޮށްފައިވީ ނަމަވެސް، އޮރިޖިނަލް ކާސްޓުގެ 10 ވަރަކަށް ތަރިންނާ ވާހަކަދެކެވިފައިވާ ކަމަށާއި، އެ ފަންނާނުން މި ޕްރޮޖެކްޓަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރަޔަން މާފީ ބުނެފައިވެ އެވެ.
ރޭޗެލް ބެރީގެ ރޯލު ކުޅުނު ލީ މިޝެލް އަދި ބްރިޓަނީގެ ރޯލު ކުޅުނު ހެދާ މޮރިސް ވެސް އެނބުރި އަންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ގިނަ އަދަދެއްގެ އެމީ އެވޯޑާއި ގޯލްޑަން ގްލޯބް އެވޯޑް ވެސް ހޯދާފައިވާ "ގްލީ" އަކީ ހައިސްކޫލެއްގެ މިއުޒިކް ކްލަބެއްގެ ދަރިވަރުންގެ ދިރިއުޅުމާއި، އެމީހުންގެ ގޮންޖެހުންތައް މިއުޒިކާއި ލަވަތަކުގެ ތެރެއިން ގެނެސްދިން ސީރީޒެކެވެ.
މުޅިން އާ ޖީލަކަށް އަމާޒުކޮށްގެން ތައްޔާރުކުރާ މި ރީބޫޓް ސީރީޒް ޕްރޮޑިއުސްކުރާނީ ޓުވެންޓިއެތު ޓެލެވިޜަންއިންނެވެ.