ރުޅިގަދަވެގެން އުޅުނަސް "އެންގްރީ ބާޑްސް" ގެ ގޭމާއި ފިލްމު ވެގެން ދިޔައީ އެތައް ބަޔަކު ގަޔާވި އެއްޗަކަށެވެ.

"އެންގްރީ ބާޑްސް" ފިލްމެއްގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް އައީ މިދިޔަ އަހަރު އެވެ. އޭގެ ގޭމް ރިލީޒް ކުރިތާ 10 އަހަރު 2019 ގައި ފުރޭ އިރު ސޮނީ ޕިކްޗާސް އިން މިހާރު ނިންމާފައި ވަނީ "އެންގްރީ ބާޑްސް" ގެ ދެވަނަ ބައި ވެސް އެ އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސް ދޭށެވެ.

ފިލްމް ރިލީޒްކުރާ ތާރީހު ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެއީ ސެޕްޓެމްބަރު 20، 2019 އެވެ. ނަމަވެސް "އެންގްރީ ބާޑްސް" ގެ ދެވަނަ ބައި ޑައިރެކްޓްކުރަނީ އަލަށް ޑައިރެކްޝަނަށް ނިކުންނަ ތުރަޕް ވެން އޯމަން އެވެ.

"އެންގްރީ ބާޑްސް" ގެ ފުރަތަމަ ބައިގެ ވެސް އެއް ޕްރޮޑިއުސަރު ޖޯން ކޮއެން ޕްރޮޑިއުސް ކުރާ ސީކްއެލްގެ ސްކްރީންޕްލޭ ލިޔަނީ ޕީޓާ އެކަމަން އެވެ.

ބޮކްސް އޮފީހުގައި 349.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "އެންގްރީ ބާޑްސް" އަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ޝޯން ޕެން، ކޭޓް މެކިނަން، މާޔާ ރުޑޮލްފް، ޕީޓާ ޑިންކްލޭޖް އަދި މައިކަލް ކީ ފަދަ ފަންނާނުން ހިމެނެ އެވެ.

ކްލޭ ކޭޓިސް އާއި ފާގަލް ރެއިލީ ޑައިރެކްޓް ކުރި "އެންގްރީ ބާޑްސް" އަކީ 73 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.