މުނިފޫހިފިލުވުން / ހޮލީވުޑް

ބްރެޑް ޕިޓާއި ޖެނިފާ އެނިސްޓަން އަލުން ގުޅިދާނެ؟

ޖެނިފާ އެނިސްޓަން އާއި ބްރޭޑް ޕިޓް: ދެ މީހުން އަލުން ގުޅިދާނެ ކަމަށް ދެކެވޭ ވާހަކަތައް ގިނަ.

ގިނަ ބަޔަކު ބުނާ ގޮތުގައި ފުރަތަމަ ލޯބި ހަނދާން ނައްތައިލުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މި ވާހަކަ މިހާރު މާ ބޮޑަށް މިހާރު ދެކެވެން ފެށީ ބަތަލާ ޖެނިފާ އެނިސްޓަންގެ ދެވަނަ ކައިވެނި ރޫޅުނުކަން އިއުލާންކުރުމާ އެކުގަ އެވެ.

އޭނާ އާއި އެކްޓަރު ޖަސްޓިން ތެރަކްސްގެ ތިން އަހަރުވީ ކައިވެނި ނިމުމަކަށް އައުމާ އެކު، ފޭނުން މިހާރު ތިބީ ޖެނިފާގެ ހަޔާތަށް ދެން އަންނާނެ މީހަކު ބަލަން ކެތްމަދުވެފަ އެވެ. އެއް ބަޔަކު ބުނަނީ މިއީ އަނެއްކާ ވެސް އަލަތު ލޯބި އާލާކުރަންވީ ވަގުތު ކަމަށެވެ. އެއީ އޭނާ އެންމެ ފުރަތަމަ ކައިވެނިކުރި އެކްޓަރު ބްރޭޑް ޕިޓްގެ ކައިވެނި ވެސް ރޫޅިފައިވާތީ އެވެ. އެ ދެ ތަރިން 2000 ގައި ކުރި ކައިވެނި ރޫޅުނީ 2005 ގަ އެވެ.

އޭގެ ފަހުން ބްރޭޑް، ބަތަލާ އެންޖެލީނާ ޖޮލީއާ 2014 ގައި ކައިވެނިކޮށް ހަ ކުދިން ވެސް ލިބިފައި ވަނިކޮށް އެ ކައިވެނި ވަނީ 2016 ގައި ރޫޅިފަ އެވެ.

ފޭނެއްގެ ޓްވީޓެއް.

ޖެނިފާ އާއި ބްރޭޑްގެ ހަޔާތުގެ ރާސްތާ މިހާރު ހުއްޓިފައި އޮތީ ދެ މީހުންގެ ދެވަނަ ކައިވެނި ވެސް ރޫޅި، ހުސްހަށިބައިވެފައިވާތީ އެވެ. އެހެންވެ ބައެއް ފޭނުން މިހާރު ބުނަނީ މިއީ އަނެއްކާ ވެސް އެ ދެ ތަރިން ލޯބީގެ ގުޅުން އިޔާދަކުރަންވީ ވަގުތު ކަމަށެވެ. މިކަން މިގޮތަށް ދިމާވީ ތަގުދީރުގައި ދެ މީހުން އަލުން ގުޅެން އޮތީމާ ކަމަށް ވެދާނެ ކަމަށް ބައެއް ފޭނުން ބުނެ އެވެ.

ކޮންމެއަކަސް ބްރޭޑާއި އެނިސްޓަން ވަކިވި ފަހުން، މިހާތަނަކަށް ދެ މީހުން ބައްދަލުވި ކަމެއް ރަސްމީކޮށް އެނގޭކަށް ނެތެވެ. ދެ މީހުންގެ މެދުގައި އެއްވެސް ކަހަލަ މުއާމާލާތެއް ވެސް ހިނގާފައި އޮތް ކަމެއް ކަށަވަރެއް ނޫނެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޖަސްޓިންއާ ކައިވެނިކޮށްގެން އުޅުނު އިރު ވެސް، އެނިސްޓަން އާއި ބްރެޑާ ދެމެދު ފޯނުން ވާހަކަ ދެކެވެ އެވެ.

ޖޮލީއާ ވަކިވި ފަހުން ފަހުން، ބައެއް އެހެން އަންހެނުންނާއި ބްރޭޑް އަޅުވާ ކިޔާތީ، އޭނާ ހަގީގަތުގައި މިހާރު ހުރީ ކޮން ކަހަލަ ފައްތަރައެއްގައި ކަމެއް ނޭނގެ އެވެ. ލޯބިވެރިޔަކު އެބަ ހުރިތޯ ނުވަތަ ނޫންތޯ ކަށަވަރެއް ނޫނެވެ.

ޖޮލީ އާއި ބްރޭޑްގެ ކައިވެނީގެ ގޮށް މޮހަން ޖެހުނު ސަބަބުތަކުގެ ތެރޭގައި އޭނާގެ ވަފާތެރިކަމާ ދޭތެރޭ ޖޮލީގެ ހިތުގައި ޝައްކުތަކެއް އުފެދުނު ކަމަށް އަޑު ފެތުރިފައިވެ އެވެ. އެހެންވެ "އެކަހަލަ" މީހަކާ އަލުން އެނިސްޓަން ގުޅިދާނެތޯ ސުވާލު އުފައްދާ މީހުން ވެސް މަދެއް ނޫނެވެ.

ފޭނެއްގެ ޓްވީޓެއް.

އެއް ބަޔަކު ބުނަނީ ބްރޭޑްގެ މިހާރު ކުދިންތަކެއް ތިބުމަކީ، އެނިސްޓަން، އޭނާއާ ގުޅެން ހުރަހަކަށް ވެދާނެ ކަމަށެވެ. ކޮނޑުގައި ދަރިންތަކެއް ޒިންމާ އެޅިފައިވާ ބައްޕައަކާ، އެނިސްޓަން ގުޅިދާނެތޯ ސުވާލު އުފައްދާ އިރު، ފާހަގަކޮށްލެވޭ ކަމަކީ ދެ ކައިވެންޏަށް ވެސް އެނިސްޓަން އަށް ދަރިއަކު ލިބިފައި ނުވާ ކަމެވެ.

އެހެން ވިޔަސް ފޭނުންގެ ބަހުސް ކުރިއަށް އޮތީ އެވެ. ޓްވިޓާގައި މި ބަހުސްގެ ފޯރި ގަދަ އެވެ. ފޭނުން އަންނަނީ އެނިސްޓަން އާއި ބްރޭޑް އަލުން ގުޅޭނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރަމުންނެވެ. އަނެއްކޮޅުން މިކަމާ ބެހޭ ގޮތުން ސައިކޯތެރަޕިސްޓުންގެ މެދުގައި ވެސް އަންނަނީ ޝައުގުވެރި ވާހަކަތަކެއް ދެކެވެމުންނެވެ.

އަހަރެމެން ދުރުގައި ތިބި މީހުން ވާ ގޮތެއް ބަލާލަން މަޑުކޮށްލާނީ އެވެ. މަޝްހޫރު މީސްމީހުންގެ ލޯބީގެ ވާހަކަތަކަކީ ކޮންމެ ފަދަ ގޮތަކަށް ވެސް ހިނގައިފާނެ ކަމެކެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާރިޔާ އަހުމަދު ދީދީ

20 February 2018

ނުގުޅޭނެ. އެނިސްޓަން އެހާ މޮޔައެއް ނޫން. އޭނަ ބުނީ އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިންވެސް ފުންމާލާނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454