ކަރަން ޖޯހަރް: ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޕްރޮޑިއުސަރު.
05 މާޗް 2018 - 06:25
ސްޓްރީމިން ސާވިސްގެ ހިދުމަތް ދޭ ނެޓްފްލިކްސްގެ ފިޔަގަނޑު އިންޑިއާގައި ފަތުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަނެއްކާ ވެސް ވަރުގަދަ ޕްރޮޑަކްޝަން ހައުސްއަކާ އެކު، އެއްބަސްވުމެއް ހަދައިފި އެވެ.
މި ފަހަރު ނެޓްފްލިކްސް އަތުގުޅާލީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނާ އެވެ. "އޭ ދިލް ހޭ މުޝްކިލް" އާއި "ޔެ ޖަވާނީ ހޭ ދީވާނީ" އަދި "މައި ނޭމް އިޒް ހާން" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ދަރްމާ އާއި ނެޓްފްލިކްސްއާ ދެމެދު އެއްބަސްވުމެއް ހެދި ނަމަވެސް، އެކަމާ ބެހޭ އެއްވެސް ވާހަކައެއް ދެ ފަރާތުން އަދި ހިއްސާއެއް ނުކުރެ އެެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ނެޓްފްލިކްސް އާއި ދަރްމާ ގުޅިގެން ފުރަތަމަ ގެނެސްދޭން ނިންމާފައި ވަނީ ވަރުގަދަ އަންހެން ކެރެކްޓާއެއްގެ މައްޗަށް ބިނާކޮށް ހަދާ ސިލްސިލާއެކެވެ. އަދި އޭގެ ލީޑް ރޯލް ބޮލީވުޑްގެ އޭ ލިސްޓް ބަތަލާއަކަށް ހުށަހަޅާފައިވާ އިރު، އެ ސިލްސިލާ ޑައިރެކްޓް ކުރާނީ ޝަކުން ބަޓްރާ އެވެ.
ޝަކުން ބަޓްރާ: މިހާތަނަށް ދެ ފިލްމް ލިޔެ/ޑައިރެކްޓްކޮށްފައިވޭ.
އޭނާއަކީ ދަރްމާ އިން މި ފަހުން ގެނެސް ދިން އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ކަޕޫރް އެންޑް ސަންސް" ގެ ޑައިރެކްޓަރެވެ. ޝަކުން ވަނީ އޭގެ ކުރިން ދަރްމާ އަށް "އޭކް މޭ އޯރް އޭކް ތޫ" ގެ ނަމުގައި ވެސް ފިލްމެއް ހަދައިފަ އެވެ.
"ކުޗް ކުޗް ހޯތާ ހޭ" ޑައިރެކްޓްކޮށްގެން މަޝްހޫރުވި ކަރަންއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒު ގަދަ ޕްރޮޑިއުސަރުންގެ ތެރެއިން އެކެކެވެ. އޭނާގެ ދަރްމާގެ ދަށުން އަންނަނީ ޓީވީ ކޮމާޝަލް ފަދަ އުފެއްދުންތައް ތައްޔާރު ކުރަން ދަރްމާ 2.0 ގެ ނަމުގައި ވެސް ގޮތްޕެއް ހިންގަމުންނެވެ.
Netflix aai Shah Rukh Khan silsilaaeh hadhanee
The most trusted news source in the Maldives
Mihaaru
ނެޓްފްލިކްސް އާއި ރެޑް ޗިލީޒް ފުރަތަމަ ގެނެސް ދާނީ "ބާޑް އޮފް ބްލަޑް"
ކަރަން ޕްރޮޑިއުސްކޮށް، ދަރްމާ އިން ގެނެސްދޭން ކުރިއަށް ރާވާފައި ހުރި ފިލްމްތަކުގެ ތެރޭގައި ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ޓްރިލޮޖީ "ބުރައްމަސްތުރާ"، ޖެކްލީން ފެނަންޑޭޒާއި ސުޝާންތު ސިންގް ރާޖްޕޫތުގެ "ޑްރައިވް"، ރަންވީރު ސިންގްގެ "ސިމްބާ"، ޖާންވީ ކަޕޫރާއި އިޝާން ޙައްތަރުގެ "ދަޅަކް"، އާލިއާ އާއި ވިކީ ކޯޝަލްގެ "ރާޒީ"، ޓައިގާ ޝްރޮފްގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އަދި އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްޅާ "ކޭސަރީ" ފާހަގަކޮށްލެވެ އެވެ.
ކާމިޔާބު ތާރީހެއް އޮތް ދަރްމާއާ އެކު ނެޓްފްލިކްސް އަތު ގުޅާލި އިރު، ޝާހްރުކް ހާންގެ ރެޑް ޗިލީޒްއާ އެކު ވެސް މިދިޔަ އަހަރު ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ. އަދި ސައިފް އަލީ ހާން އަންނަނީ ނެޓްފްލިކްސް އިން ހަދާ ސިލްސިލާ "ސެކްރެޑް ގޭމްސް" ގެ މަސައްކަތް މިހާރު ކުރަމުންނެވެ. މިއީ އަނޫރާގް ކެޝަޕްގެ ޕެންޓަމް އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ސިލްސިލާއެކެވެ.
ނެޓްފްލިކްސް އިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި އެ ކުންފުނިން 700 އާ އުފެއްދުން ގެނެސް ދޭނެ އެވެ. މީގެ ތެރެއިން އެމެރިކާ އިން ބޭރުގެ 80 ޕްރޮޑަކްޝަން ހައުސްއެއްގެ އުފެއްދުންތައް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy