މުނިފޫހިފިލުވުން / ބޮލީވުޑް

ނާނާ ޕަޓޭކަރްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު: ތަނުޝްރީ ދައްތާ

ނާނާ ޕަޓޭކަރް އަދި ތަނޫޝްރީ:

27 ސެޕްޓެމްބަރ 2018 - 08:06

މީގެ ދިހަ ވަރަކަށް އަހަރު ކުރިން ފިލްމެއްގެ ސެޓްގައި އެކްޓަރު ނާނާ ޕަޓޭކަރްގެ ފަރާތުން ޖިންސީ ފުރައްސާރައާ ކުރިމަތިވި ކަމަށާއި އެފަދަ އެކްޓަރުން ބޮލީވުޑުން އެއްފަރާތްކުރަން ޖެހޭނެ ކަމަށް ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ ބުނެފި އެވެ.

އިމްރާން ހާޝިމީއާ އެކު "އާޝިގް ބަނާޔާ" އާޕްނޭ އިން 2005 ގައި ބޮލީވުޑަށް ނުކުތް ކުރީގެ މިސް އިންޑިއާ ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ 2009ގެ ފިލްމު "ހޯން އޯކޭ ޕްލީޒް" ގެ ލަވައެއްގެ ޝޫޓިން ތެރޭގައި ނާނާ ޕަޓޭކަރް އޭނާގެ ގަޔަށް އަތްލައި، ލަވައިގައި ނުހިމެނޭ ގައިގޯޅި ސްޓެޕްތަކެއް ޖައްސަން މަސައްކަތް ކުރި ކަމަށެވެ.

އެކަމާ ހިތްހަމަނުޖެހިގެން ލަވައިގެ ކޮރިއޯގްރާފަރު ގަނޭޝް އަޗަރިއާ އާއި ޑައިރެކްޓަރު ރާކޭޝް ސަރަންގް ކައިރީގައި ޝަކުވާ ވެސް ކުރި ކަމަށް، މިހާރު އާންމުކޮށް އެމެރިކާގައި ދިރިއުޅޭ ބަތަލާ ބުންޏެވެ.

ތަނުޝްރީ، 34، ބުނީ އޭނާ އަށް ދިމާވި ކަންކަމާ ގުޅޭ ގޮތުން ޝަކުވާކުރި ނަމަވެސް، އެއްވެސް ދިމާއަކުން ދިފާއުގައި މަސައްކަތް ނުކުރާ ކަމަށާއި ނާނާ ޕަޓޭކަރްގެ އަމަލު ވެސް ކުށްވެރި ނުކުރާ ކަމަށެވެ.

މި މައްސަލާގައި ތަނޫޝްރީ އަށް "ހޯން އޯކޭ ޕްލީޒް" އިން ދިން ލަވަ ނުކުޅެ، ދޫކޮށްލުމުން އެ ލަވަ ފަހުން ކުޅުނީ ބޮލީވުޑްގެ "ޑްރާމާ ކްއީން" ގެ ގޮތުގައި މަޝްހޫރު ރާކީ ސާވަންތު އެވެ.

"އަހަރެން އަދިވެސް ގަބޫލުކުރަން ބޮލީވުޑަށް އަލަށް ނުކުންނަ ބަތަލާއިންނަށް މިފަދަ ކަންކަމާ ކުރިމަތިލާން ޖެހި، އެ ވާހަކަ ނުދައްކައި ސިއްރުކޮށްގެން ތިބޭކަން. އަހަންނަށް ނާނާ ޕަޓޭކަރްގެ ފަރާތުން ފުރައްސާރައާ ކުރިމަތިވީ އަހަންނަކީ އޭރު އިންޑަސްޓްރީއަކަށް އާ މީހަކަށްވެފައި، ނާޖާއިޒު ފައިދާއެއް ނެގިދާނެ ކަމަށް ގަބޫލުކުރެވިގެން،" ޗޮކްލެޓް އާއި ގުޑް ބޯއި/ބޭޑް ބޯއި ފަދަ ފިލްމުތައް ވެސް ކުޅުނު ތަނުޝްރީ ބުންޏެވެ. "އެކަމަކު ކެރިއަރު ސަލާމަތް ކުރުމުގެ ނިޔަތުގައި އެކަހަލަ ވިޔާނުދާ މީހުންގެ ވާހަކަތައް ސިއްރުކޮށްގެން ތިބުމަކީ އެ މީހުންނަށް ދެވޭ އިތުރު ފުރުސަތުތަކެއް."

ތަނުޝްރީ ވަނީ އަކްޝޭ ކުމާރާއި ރަޖްނީކާންތު ފަދަ މަގުބޫލު އޭ ލިސްޓް އެކްޓަރު ނާނާ ޕަޓޭކަރްއާ އެކު މަސައްކަތްކުރާތީ އެކަމަށް ވެސް ފާޑު ކިޔައިފަ އެވެ.

އޭނާ ބުނީ ގޮތުގައި ފިލްމު އިންޑަސްޓްރީގައި ތިބި އާންމުންގެ ލޯބި ހޯދާފައިވާ އެކްޓަރުން ނާނާ ޕަޓޭކަރް ކަހަލަ އެކްޓަރުންނާ އެކު މަސައްކަތް ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. އަދި އެއީ އެފަދަ މީހުންނަށް ދެވޭ ހިތްވަރެއް ކަމަށް ބުންޏެވެ.

ތަނުޝްރީ އާއި އިޝިތާ މަންމައާ އެކު.

"އެހެންވެ އަހަރެން ގަބޫލެއް ނުކުރަން ބޮލީވުޑްގައި ދުވަހަކު ވެސް ބަތަލާއިންނަށް ރައްކާތެރިކަން އޮންނާނެ ކަމަކަށް،" ތަނުޝްރީ ބުންޏެވެ. "ފުރަތަމަ ކަމަކަށް އޭ ލިސްޓް ތަރިން އެބަޖެހޭ ނާނާ ޕަޓޭކަރް ކަހަލަ ގޮތެއް ފޮތެއް ނުހުންނަށް އެކްޓަރުންނާ އެކު މަސައްކަތް ކުރުން ހުއްޓާލަން."

މިސް އިންޑިއާ ޔުނިވާސްގެ ތާޖް 2004 ގައި ހާސިލު ކުރި ތަނުޝްރީއަކީ ބޮލީވުޑްގެ ފިލްމުތަކުން މިހާރު ޒުވާން ބަތަލާ އިޝިތާ ދައްތާ، 28، ގެ ދައްތަ އެވެ.

އެކްޓަރު ވަތުސަލް ސޭތުއާ ކައިވެނިކޮށްގެން އުޅޭ އިޝިތާ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ "ދްރިޝަމް" އާއި ކަޕިލް ޝަރްމާގެ "ފިރަންގީ" ހިމެނެ އެވެ.

ތަނުޝްރީ އެންމެ ފަހުން ކުޅުނީ 2010 ގެ "އެޕާޓްމަންޓް" އެވެ.

0 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 68%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454