ރާޖްކުމާރު ހިރާނީ: އޭނާގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި.
14 ޖެނުއަރީ 2019 - 06:24
އިންޑިއާގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ސަންޖޫ" ގެ ގެނެސް ދިން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ މައްޗަށް ޖިންސީގެ ގޯނާގެ ތުހުމަތުކޮށްފި އެވެ.
"ސަންޖޫ" ގައި ހިރާނީއާ އެކު މަސައްކަތްކުރި އަންހެން މުވައްޒަފަކު އެ ފިލްމުގެ ޕްރޮޑިއުސަރު ވިންދޫ ވިނޯދު ޗޯޕްޅާ އާއި އޭނާގެ އަންހެނުން އަދި މަޝްހޫރު ފިލްމު ކްރިޓިކް އަނޫމަޕާ ޗޯޕްޅާގެ އިތުރުން "ސަންޖޫ" ގެ ސްކްރީން ރައިޓަރު އަބިތާޖު ޖޯޝީ އަށް ފޮނުވި އީމެއްލައިގައި ބުނީ މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ހައެއްކަ މަސް ވަންދެން ހިރާނީ އޭނާ އަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރު ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް އުފެދުނު "މީޓޫ" ގެ އަޑުފަށްގަނޑު ބޮލީވުޑްގައި ހިނދިފައި އޮތުމަށް ފަހު މިފަހަރު ތުހުމަތުކުރި މީހާ ބުނި ގޮތުގައި އެ ހާލަތުގައި ވެސް ހިރާނީ، 56، އާ އެކު މަސައްކަތްކުރީ ފައިސާގެ މުހިއްމުކަން ބޮޑުކަމުން ކަމަށެވެ. އެގޮތުން ހިރާނީގެ ޝިކާރަކައަކަށްވި ދަނޑިވަޅަކީ ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން ފަރުވާ ދޭން ޖެހިފައި އޮތް ވަގުތެއް ކަމުން މަސައްކަތް ދޫކޮށްލެވެން ނެތުމުން ވެސް ގޯނާގެ ތެރޭގައި މަސައްކަތްކުރަން މަޖުބޫރުވީ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް "ޕީކޭ" އާއި "3 އިޑިއަޓްސް" ފަދަ މޮޅެތި ފިލްމުތައް ގެނެސް ދިން ހިރާނީ ވަނީ ތުހުމަތަށް އިންކާރުކޮށްފަ އެވެ.
ހިރާނީގެ ވަކީލު އާނަންދު ދެސާއީ ވިދާޅުވީ އޭނާގެ މުވައްކިލްގެ މައްޗަށްކޮށްފައި ވަނީ އަސްލެއް ނެތް، ދޮގު ތުހުމަތެއް ކަމަށެވެ. އަދި މިއީ ރާވައިގެން ސީދާ ހިރާނީ އަގު ވައްޓާލައި، އޭނާގެ އަބުރަށް ގެއްލުން ދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
This will change the way you look at love. Watch the trailer of the most unexpected romance of the year - #EkLadkiKoDekhaTohAisaLaga https://t.co/iPGyJsTlQV. #LetLoveBe @sonamakapoor @AnilKapoor @iam_juhi @RajkummarRao @foxstarhindi @RochakTweets @ShellyCDhar @saregamaglobal pic.twitter.com/GjHRtk0cF2
— VVC Films (@VVCFilms) December 27, 2018
ހިރާނީގެ މައްޗަށް ޖިންސީގެ ގޯނާގެ ތުހުމަތުކޮށްފައި މި ވަނީ އޭނާ ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ ނެގި އަދި އަންނަ މަހުގެ 1 ގައި ރިލީޒް ކުރާ ފިލްމު "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ގެ ޓްރެއިލާ އިން ވެސް ހިރާނީގެ ނަން އުނިކޮށްފައި ވަނިކޮށެވެ. މި ފިލްމުގެ ފުރަތަމަ ޓީޒާ ނެރުނު އިރު އޭގައި ހިރާނީގެ ނަން ހިމަނާފައިވެ އެވެ.
މީޑިއާތަކުން އެ ސުވާލު ވެސް އުފައްދާފައި ވަނިކޮށް، ހިރާނީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް އެ ވާހަކަ މިޑިއާތަކަށް ތިލަވުމުން ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނަނީ ފިލްމުގެ ކްރެޑިޓް އޭނާ އަށް ނުދޭން ނިންމީ މި ސަބަބާ ހުރެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި އޭނާގެ ބޮލުގައި ޖިންސީ ގޯނާގެ ތުހުމަތު އެޅުވިފައި މި ވަނީ "މުންނާ ބާއީ" ސީރީޒްގެ ތިން ވަނަ ބައިގެ މަސައްކަތް ވެސް މި އަހަރު ފަށަން ނިންމާފައި ވަނިކޮށެވެ. އެހެންވެ މިހާރު ބޮޑު ސުވާލަކީ މި ފިލްމަށް ދެން ވާނީ ކިހިނެއްތޯ އެވެ؟
"Munna Bhai 3" ge massaiykaiy mi aharu fashanee
The most trusted news source in the Maldives
Mihaaru
"މުންނާ ބާއީ 3" ގެ މަސައްކަތް އޮތީ މި އަހަރު ފަށާ ގޮތަށް.
އިންޑިއާގެ "މީޓޫ" ހަރަކާތުގެ ތެރެއިން ބޭޒާރުވެ، މަސައްކަތްތަކުން މިހާރު އެކަހެރިކޮށްފައިވާ ޑައިރެކްޓަރުންގެ ތެރޭގައި ސާޖިދު ހާނާއި ސުބާޝް ކަޕޫރް ފަދަ ޑައިރެކްޓަރުން ހިމެނެ އެވެ.
އަދި މީގެ ތެރެއިން ވަރަށް ބައެއް އެކްޓަރުންނާއި ލަވަކިޔުންތެރިންނާއި މިއުޒިޝަނުންގެ އިތުރުން ޕްރޮޑިއުސަރުންތަކެއް ވެސް ބޭޒާރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy