ނަވިއާ (ކ) މަންމަ ޝްވޭތާއާ އެކު.
22 ޖެނުއަރީ 2019 - 07:34
ބޮލީވުޑަށް ޒުވާން ތަރިން ތައާރަފުވަމުން އަންނަ އިރު، އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު ނަވިއާ ނަވޭލީ ނަންދާ ވެސް ބޮލީވުޑަށް ނުކުންނާނެ ކަމަށް ކުރެވޭ އިންތިޒާރު ބޮޑެވެ.
އެކަހަލަ އިޝާރާތެއް މީގެ ކުރިން އަމީތާބް ދީފައި ވިޔަސް، މިހާތަނަކަށް ނަވިޔާ ބަތަލާއެއްގެ ގޮތުން ބޮލީވުޑަށް ނުކުންނަން އުޅޭ ކަމުގެ އެއްވެސް ސިގްނަލެއް ރަސްމީކޮށެއް ނުލިބެ އެވެ. ނަވިއާ، 22، އަކީ އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އޭނާގެ ދެން ހުންނަނީ އަގަސްތިއާ ނަންދާ ކިޔާ ފިރިހެން ކުއްޖެކެވެ.
ހިތްދަތި ޚަބަރަކީ ދަރިފުޅު ފިލްމު ކުޅެން ދޫކޮށްލާކަށް ޝްވޭތާ ބޭނުން ނުވުމެވެ. އާއިލާގެ އެންމެންނަކީ ފިލްމީ ތަރިންނަށް ވިޔަސް، އޭނާއަކީ އެއް އިރެއްގައި ވެސް ފިލްމު ކުޅުނު މީހެއް ނޫނެވެ.
It's settled! There's a clear Mama's boy and Daddy's girl in the Bachchan house. #KoffeeWithKaran #KoffeeWithBachchans pic.twitter.com/pb9A3yuXBY
— Star World (@StarWorldIndia) January 20, 2019
ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން 6" ގައި ކޮއްކޮ އަދި އެކްޓަރު އަބީޝެކާ އެކު ބައިވެރިވި އެޕިސޯޑްގައި ޝްވޭތާ ބުނީ ނަވިއާ ބަތަލާއެއްގެ ގޮތުގައި ދެކެން ބޭނުން ނުވަނީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ. އަދި ފަހަރުގައި އެ ސަބަބުތަކަކީ އޭނާގެ އަމިއްލަ އެދުން ބޮޑުކަމުގެ ގޮތުގައި ވެސް ބައެއް ދެކެފާނެ ކަމަށް ބުންޏެވެ.
ޝްވާތާ ބުނި ގޮތުގައި ފިލްމީ ދާއިރާގެ އަނދިރި ފަރާތް ދެކެ އޭނާ ވަރަށް ޖެހިލުންވެ އެވެ. އަދި އަބީޝެކަށް އަމާޒުވާ ފާޑުކިޔުންތައް ވަރަށް ގާތުން ފެނިފައިވާ ކަމަށް ބުންޏެވެ.
ނަވިއާ: އޭނާއަކީ ޝްވޭތާގެ ދޮށީ ދަރިފުޅު.
"ފިލްމީ އާއިލާއަކަށް ނިސްބަތްވުމަކީ މާ ބޮޑު ބޯނަހެއް އޮތް ކަމެއް ނޫން. ސޯޝަލް މީޑިއާ ވެސް އާންމުވެފައިވާލެއް ބޮޑުކަމުން މިހާރު ކޮންމެ މީހަކާ ދިމާލަށް ވެސް ހިތުހުރިހާ އެއްޗެއް ގޮވާލުމުގެ ފުރުސަތު މި އޮންނަނީ އިންތިހާ އަށް ހުޅުވިފައި،" އޭނާ ބުންޏެވެ. "އަހަންނަށް ފެނޭ އިންސްޓަގްރާމާއި ޓްވިޓާ ކަހަލަ ޕްލެޓްފޯމްތަކުގައި އަބީޝެކާ ދިމާއަށް މީހުން ކިޔާ ފާޑުފާޑުގެ އެއްޗެހި. އެކަމާ އަސްލު ވަރަށް ހިތްދަތިވޭ."
ޝްވޭތާ ބުނީ ދަރިފުޅު ނަވިއާ ފިލްމު ކުޅެން ދޫކޮށްލަން ބޭނުން ނުވަނީ އާއިލާގެ އިތުރު މެމްބަރަކަށް އެފަދަ ކަމެއް ތަޖުރިބާ ކުރަން ބޭނުން ނުވާތީ އެވެ.
ޝްވޭތާ ދެ ކުދިންނާ އެކު.
"އަހަރެން އަދި ގަބޫލު ކުރާ ގޮތުގައި ފިލްމީ އާއިލާއަކަށް ނިސްބަތްވުމަކީ ފިލްމު ކުޅެން މަޖުބޫރުވާން ޖެހޭ ސަބަބެއް ވެސް ނޫން. އަހަންނަކީ އޭގެ މިސާލެއް،" ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ޝްވެތާ ބުންޏެވެ. "ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދެވޭނީ މީހާގެ ކިބައިގައި ހުންނަ ހުނަރަކުން. ވަކި އާއިލާއަކަށް ނިސްބަތްވީތީ އޭނާ ނުޖެހޭ އާއިލާގެ އެހެން މީހުން ހިނގާ ފިޔަވަޅު މަތިން ހިނގާކަށް."
ޝްވެތާ ބުނި ގޮތުގައި ނަވިއާ ފިލްމު ކުޅެން ކޮންމެހެން ވެސް ބޭނުންވާ ކަމަށްވާ ނަމަ އެކަމަކަށް އޭނާ ހުރަހެއް ނާޅާނެ އެވެ. އެކަމަކު އަމިއްލަ ހައިސިއްޔަތުން ކެރިއަރެއްގެ ގޮތުގައި ބަތަލާއަކަށް ވާން ދަރިފުޅަށް ހިތްވަރު ނުދޭނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީކޭ
22 January 2019
ތިވާހަކަ ވިސްނެންވީ އަބީށޭކަށް. ބައްޕަ އަދި މޮޅު އެކްޓަރަކަށް ވިޔަސް އަބީށޭކު ގެ އެ ޓެލެންޓެއް ނެތް.
ބުލޫ
22 January 2019
ދެން ސުވޭތާ ފިލްމެއް ކުޅެލާ ! އަދި ހަމަ ޒުވާން ސުވޭތާ ވެސް! އޭގެ ތަޖުރިބާ ގެ އަލީގަ ދަރިފުޅު ފިލްމް ކުޅެން ދޫކޮށްލާ!