އަރްޗަނާ: "ދަ ކަޕިލް ޝަރުމާ ޝޯ" އާ ވަނީ ގުޅިފައި.
19 ފެބުރުއަރީ 2019 - 09:47
ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އިން އަޗްރަނާ ޕޫރާން ސިންގް ފެންނާނެކަން ސޮނީން ޔަގީންކޮށްދީ، އޭނާއާ އެކު ޝޯގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.
މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ހޯސްޓްކުރާ ޝޯގެ ރަސްމީ ގެސްޓަކަށް އަރްޗަނާ ހަމަޖެއްސީ، އެ ޝޯގައި ކުރިން ގެސްޓެއްގެ ގޮތުގައި ބައިވެރިވަމުން ދިޔަ ނަވްޖޯތު ސިންގް ސިދޫ ޝޯ އިން ބޭރުކޮށްލުމަށް ފަހު އެވެ.
އޭނާ ޝޯ އިން ވަކިކުރަން ޖެހުނީ މިދިޔަ ބުރާސްފަތި ދުވަހު ކަޝްމީރުގެ ޕުލްވާމާގައި ޕާކިސްތާނުގެ ހަނގުރާމަވެރިންތަކެއް ދިން ހަމަލާގައި އިންޑިއާގެ 40 އަށް ވުރެ ގިނަ ސިފައިން މަރާލި ހާދިސާއާ ބެހޭ ގޮތުން، ދެއްކި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ސިދޫ ޝޯ އިން ބޭރު ކުރަން ވެސް ގޮވައިލަން ފެށުމުންނެވެ.
ޕަންޖާބްގެ ލޯކަލް ސަރުކާރުގެ ޓޫރިޒަމް، ކަލްޗަރަލް އެފެއާޒް އެންޑް މިއުޒިއަމް މިނިސްޓަރުގެ މަގާމު ވެސް އަދާކުރަމުން އަންނަ ސިދޫ ޕުލްވާމާ ހާދިސާއާ ބެހޭ ގޮތުން ބުނެފައި ވަނީ ވަކިވަކި ފަރުދުންތަކެއްގެ ފަރާތުން ކުރިމަތިވާ ކަމަކުން މުޅި ޕާކިސްތާނަށް އަދަބު ދިނުމަކީ އިންސާފެއް ނޫން ކަމަށެވެ.
We welcome Archana Puran Singh on #TheKapilSharmaShow, next Sunday! @apshaha @KapilSharmaK9 @kikusharda @Krushna_KAS @bharti_lalli @sumona24 @RochelleMRao @trulyedward @haanjichandan @Banijayasia pic.twitter.com/NWFDxp9VcT
— Sony TV (@SonyTV) February 17, 2019
އޭނާގެ މި ވާހަކަ އަށް އިންޑިއާގެ ވަރަށް ގިނަ ބަޔަކު ރުޅިގަދަވެ، ކަޕިލްގެ ޝޯގައި ސިދޫ ބައިވެރިވާ ނަމަ އެ ޝޯ ބޮއިކޮޓް ކުރަން ގޮވާލައިފައިވެ އެވެ.
އެހެންވެ، އިންޑިއާގެ އެންމެ ކާމިޔާބު ޓީވީ ޝޯގެ މަގާމުގައި އޮތް "ދަ ކަޕިލް ޝަރުމާ ޝޯ" މައްސަލަގަނޑަށް ވާން ބޭނުން ނުވާތީ ސޮނީން ސިދޫ ބޭރުކޮށްލީ އެވެ.
"ކުޗް ކުޗް ހޯތާ ހޭ" އާއި "މޮހައްބަތޭން" އަދި "ބޯލް ބައްޗަން" ފަދަ ފިލްމުތައް ވެސް ކުޅެފައިވާ އަރްޗަނާ ދެން، ސިދޫ ހޫނު ކުރަމުން ދިޔަ ގޮނޑިގެން އަންނަ ހަފުތާ އިން ފެށިގެން ފެންނަން ފަށާ އިރު، މިދިޔަ އަހަރު ސޮނީން ގެނެސް ދިން "ކޮމެޑީ ސާކަސް" އިން ވެސް އޭނާ ފެނިގެން ގޮސްފައިވެ އެވެ.
"The Kapil Sharma Show" in Navjot Singh Sidhu beyrukollaifi
The most trusted news source in the Maldives
Mihaaru
ސިދޫއަކީ ކަޕިލްގެ ޝޯގެ މުހިއްމު ހިއްސާއެއް.
"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ކޮންމެ ހަފުތާއެއްގެ ހޮނިހިރަކާއި އާދިއްތަ ދުވަހުގެ ރޭ ސޮނީން ގެނެސްދޭ ޝޯއެކެވެ. މި ޝޯ އަހަރެއްހާ ދުވަހަށް ހުއްޓިފައި އޮތުމަށް ފަހު، އަލުން ގެނެސް ދޭން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.
ސޮނީން މިދިޔަ އަހަރު ވަނީ "އިންޑިއަން އައިޑޮލް" ސީޒަން 10 ގައި ހިމެނުނު ޖަޖް އައްނޫ މަލިކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރުމުން އޭނާ ވެސް ޝޯ އިން ބޭރުކޮށްލައި، ޝޯ ކުރިއަށް ގެންގޮސް ނިންމާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުޒޫޫ
19 February 2019
ހަމަޖެހޭ ވާހަކައެއް ދައްކައިފިއްޔާ އިންޑިއާ މީހުންނަކަށް ކަމަކު ނުދާނެ. ރޭޕް ކެޕިޓަލުގަ ރޭޕެއް ކުރާއިރަށް ހުރިހާ އިންޑިއާ ފިރިހެނުންނަށް އަދަބު ނުދެނީ ކީއްވެތޯ. ގަމާރުކަން ބޮޑީ، އަޅާނުލާ ސިދޫ..
ބޮލައްތުރާ
19 February 2019
ދެން ނުއެސް ބަލާނަން ތޮ ސޯއެއް. ބޮލުގަ ރިއްސާގޮތަށް ހޭގޮލެއްތީ