23 މެއި 2019 - 08:33
ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ގަދަޔަށް ވިދައިލި ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަރިޝްމާ ކަޕޫރް ވެބް ސީރީޒަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
ދެހާސް ތިން ވަނަ އަހަރު ކައިވެނިކޮށް، ދަރިން ލިބުނު ފަހުން އޭނާ އެކްޓިންއާ ދުރަށް ދިޔަ ނަމަވެސް 2012 ވަނަ އަހަރު "ޑޭންޖަރަސް އިޝްގް" ކިޔާ ފިލްމެއް ކުޅުނެވެ. އެކަމަކު އެ ފިލްމު ބޮޑު ފްލޮޕަކަށްވުމުން ކަރިޝްމާ ފަހުން އެެއްވެސް ފިލްމެއްގައި މަސައްކަތެއް ނުކުރެ އެވެ.
އޭގެ އަހަރުތަކެއް ފަހުން އެނބުރި އޭނާ އެނބުރި އެކްޓިން އަށް އަންނަ ވެބް ސީރީޒަކީ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން ގެނެސްދޭ "މެންޓަލްހުޑް" އެވެ. މިއީ ޒުވާން މަޔަކާއި އޭނާގެ ތިން ދަރިންގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ. އޭގައި ކަރިޝްމާ ފެންނާނީ މެއިރާ ޝަރުމާ ކިޔާ ކެރެކްޓާއަކުންނެވެ.
Wen BIWI NO1 becomes MUMMY NO 1! N now we come 2 d final introdn ! D mommy most like us! D enabler d narrator d perspective! D anti thesis of d PERFECT MOTHER is d ever growing EVER EVOLVING 1 ! She tries, cries, cares, fails n never gives up! Coz motherhood is on going process pic.twitter.com/2Q5WJpyjRy
— Ekta Kapoor (@ektaravikapoor) May 22, 2019
"މެންޓަލްހުޑް" ގެ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
.@altbalaji n I welcome Karishma Kapoor on board to frontline this amazing ensemble of mommies! She was d first n only choice n it took many mtngs ( n ten fully bound scripts ) to get this perfectionist on board !!!p.s Thanku Reshma #Mentalhood pic.twitter.com/pKzvdnjJ32
— Ekta Kapoor (@ektaravikapoor) May 22, 2019
ކައިވެނި ރޫޅިފައިވާ، ދެ ކުދިންގެ މަންމަ ކަރިޝްމާ، 44، ބުނި ގޮތުގައި އެކްތާގެ ވެބް ސީރީޒަށް އޭނާ އެއްބަސްވީ އޭގެ ވާހަކަ ކަމުދިޔަލެއް ބޮޑުކަމުންނެވެ.
"އަހަންނާ ހަގީގަތުގައި ވަރަށް ރިލޭޓްވާ ކަހަލަ ވާހަކައެއް މީގައި ކިޔައި ދެނީ. ދަރިން ބަލަން މަޔަކު ކުރާ މަސައްކަތް މީގައި ކިޔައި ދޭނީ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އަހަރެން މެންޓަލްހުޑްގައި ކުޅެފައިވާ ކެރެކްޓާ މި ޒަމާނުގެ ހުރިހާ މައިންނަކާ ވެސް ވަރަށް ބޮޑަށް ގުޅޭނެ. މަޔަކަށް ކޮންމެ ދުވަހަކު ދަރިން ބެލުމުގައި ދިމާވާ ހާދިސާތައް މީގައި ފެނިގެން ދާނީ."
"މެންޓަލްހުޑް" ސްޓްރީމް ކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އެކްތާ ބުނީ މާ ލަހެއް ނުވެ އެ ގެނެސް ދޭން ފަށާނެ ކަމަށެވެ.
ބަތަލާ ކަރީނާ ކަޕޫރްގެ ދައްތަ ކަރިޝްމާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދިލް ތޯ ޕާގަލް ހޭ"، "ރާޖާ ހިންދުސްތާނީ"، "ބީވީ ނަމްބަރު 1"، "ހީރޯ ނަމްބަރު 1"، "ޖުޅުވާ" އަދި "ފިޒާ" އާއި "ޒުބޭދާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy