ކްރިތީ: އޭނާ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން.
18 ޖޫން 2019 - 13:05
އާ އަހަރާ ދިމާކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނަން އަނެއްކާ ވެސް ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
މި ފަހަރު ރައްޓެހިންނާ އެކު ރާއްޖެ އައި ބަތަލާ ޗުއްޓީ ހޭދަކުރަނީ ނިޔާމަ ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ކްރިތީ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. ކްރިތީ ކުރިން ޗުއްޓީ ހޭދަ ކުރީ ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ.
އޭނާ މި ފަހަރު ރާއްޖެ އައިސްފައި މި ވަނީ އާ ފިލްމު "އަރުޖުން ޕަޓިއާލާ" އަންނަ މަހުގެ 19 ގައި ރިލީޒް ކުރަން ތައްޔާރުވަމުން ދަނިކޮށެވެ.
ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ 28 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އެޕްރީލް މަހު ރިލީޒްކުރި ކަރަން ޖޯހަރުގެ ފްލޮޕް ފިލްމު "ކަލަންކް" ގެ ލަވައަކުންނެވެ. އަދި މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމުގެ ތެރޭގައި ހިމެނޭ "ލުކާ ޗުއްޕީ" އަކީ ކްރިތީ އާއި ކާތިކް އާރިޔަން ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމެކެވެ.
އޭނާ މި އަހަރު ފެންނާނެ އިތުރު ފިލްމުތަކުގެ ތެރޭގައި އޮކްޓޯބަރު 25 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ހައުސްފުލް 4" އާއި ޑިސެމްބަރު 6 ގައި ރިލީޒް ކުރާ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒެޑް.ޒެ
18 June 2019
ދ.އަތޮޅު ކުދިންވެސް ރީތިވާނެ! ހާއްސަކޮށް ކުޑަހުވަދޫ ކުދިން ވަކިންރީތިވާނެ!
ަައާޝޯހު
18 June 2019
ދ.އަތޮޅުގެ ރަށްތައް ހަމަ ރީތީ.
ނޫރު
18 June 2019
ތީ އަދި ބ.އަތޮޅާއި، ނ.އަތޮޅު ރަގަޅަށް ބަލާ ނުލެވެެނީ އާޝޯހުއަށް
އޭނާ
18 June 2019
ކަންފަތުގަ ލައްވާއެތި އަދިވެސް ނުފެންނަނީތަ.
އެހެން
18 June 2019
ހެޑްސެޓްތަ؟