24 ޖުލައި 2019 - 06:27
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޓީވީ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ކުޅެގެން ގޯޕީ ބަހޫގެ ނަމުން މަޝްހޫރުވި ބަތަލާ ޑެވޮލީނާ ބަޓަޗަރްޖީ ވެސް ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 28 އަހަރުގެ ބަތަލާ ސޮއިކޮށްފައި ވަނީ 1999 ގައި ރިލީޒްކުރި ފިލްމު "ހޯގީ ޕިޔާރު ކީ ޖީތު" ގެ ދެވަނަ ބައަށެވެ. ޕީ ވަސޫ ޑައިރެކްޓް ކުރި އެ ފިލްމަކީ އަޖޭ ދޭވްގަން އާއި ނޭހާ، އަރުޝަދު ވަރްސީ އަދި މަޔޫރީ ކަންގޯ ލީޑް ރޯލް ކުޅުނު ފިލްމެކެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި "ހޯގީ ޕިޔާރު ކީ ޖީތު" ގެ ސީކްއެލްގެ ބަތަލާގެ ރޯލަށް ޑެވޮލީނާ ސޮއިކޮށްފައިވާ އިރު، އެ ފިލްމުގެ ބަތަލުގެ ރޯލް ވަނީ ރާޖްކުމާރު ރާއޯ އަށް ހުށަހަޅައިފަ އެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.
މީޑިއާތަކުން ބުނީ ބޮލީވުޑަށް ނުކުންނަން ޑެވޮލީނާ އަށް ފުރުސަތު ލިބުނީ ކަލާޒް ޗެނަލުން ފަށަން ތައްޔާރު ވަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަނުން ވެސް އޭނާ އަށް ފުރުސަތު ލިބިފައި ވަނިކޮށެވެ. އެކަމަކު ފިލްމަކުން ފުރުސަތު ލިބުމުން އޭނާ އެ ޝޯ ދޫކޮށްލާފައިވާ ކަމަށްވެ އެވެ.
ޑެވޮލީނާގެ ވާހަކަ މި ފަހުން މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވުނީ އިންޑިއާގެ ގަހަނާގެ ވިޔަފާވެރިއެއް ކަމަށްވާ ރާޖޭޝްވަރު އުދާނީގެ މަރާ ގުޅިގެންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި އެ ހާދިސާއާ ގުޅިގެން ޑެވޮލީނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ވެސް ނަގާފައިވެ އެވެ.
Gopi bahu ge role kulhunu bathalaa hayyarukoffi
The most trusted news source in the Maldives
Mihaaru
މަރުގެ މައްސަލައެއްގައި ޑެވޮލީނާ މިދިޔަ އަހަރު ހައްޔަރު ކުރި.
އެ ހާދިސާއާ ގުޅިގެން ޑެވޮލީނާ ބުނެފައި ވަނީ އޭނާއާ ބެހޭ ގޮތުން މީޑިއާތަކުން ފެތުރީ ދޮގު ވާހަކައެއް ކަމަށެވެ.
"ސާތު ނިބާނާ ސާތިޔާ" ގެ އިތުރުން ޑެވޮލީނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ތޭރޭ ޝެރެހް މޭ" އާއި "ސަވާރޭ ސަބްކޭ ސަޕްނޭ...ޕްރީތޯ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy