04 ނޮވެމްބަރ 2019 - 06:52
އަރަމުން އަންނަ އުންމީދީ ދެ އެކްޓަރުން ކަމަށްވާ އިޝާން ޚައްތަރާއި ސިދާންތު ޗަތުރަވެދީގެ އިތުރުން ކެޓްރީނާ ކެއިފް ހިމަނައިގެން އެކްސެލް އެންޓަޓައިންމަންޓުން ވަރުގަދަ އެކްޝަން ފިލްމެއް ހަދަން ތައްޔާރުވާން ފަށައިފި އެވެ.
މިޑް-ޑޭ އިން ބުނިގޮތުގައި ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ ފިލްމު ކުންފުނިން ހަދަން ނިންމާފައިވާ މި ފިލްމަކީ ބޮޑު ބަޖެޓަކުން ހަދާ ފިލްމެކެވެ. އެކަމަކު ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން، 24، އަކީ މިދިޔަ އަހަރު އެކްޓިން އަށް ނުކުތް ޒުވާނެކެވެ. އޭނާ މި ވަގުތު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ އަލީ އައްބާސް ޒަފަރުގެ "ކާލީ ޕީލީ" އާއި މީރާ ނައިރްގެ "އަ ސޫޓަބަލް ބޯއި" އެވެ.
"ސިދާންތަ، 26، އަކީ އެކްސެލް އިން މި އަހަރުގެ ކުރީކޮޅު ގެނެސްދިން "ގަލީ ބޯއި" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރެކެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ މިހާރު އަންނަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2.0" ގެ މަސައްކަތްކުރަމުންނެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ، 36، ކުރިން ވެސް ވަނީ އެކްސެލްގެ ފިލްމެއް ކުޅެފަ އެވެ. އެއީ 2011 ގެ "ޒިންދަގީ ނާ މިލޭގީ ދުބާރާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy