20 ޖެނުއަރީ 2020 - 07:20
ޝާހްރުކް ޚާން ލީޑް ރޯލް ކުޅޭނެ ކަމަށް ބެލެވޭ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އާ ފިލްމުގެ ބަތަލާގެ ރޯލުން ކަރީނާ ކަޕޫރް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ 2018 ގައި "ސަންޖޫ" ގެނެސްދިން ހިރާނީ، ޝާހްރުކާ އެކީ ހަދާ ފިލްމު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށާއި އޭގެ ބަތަލާގެ ރޯލަށް ކަރީނާ ގެންނަން މިހާރު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.
ކަރީނާ ވަނީ ކުރިން ވެސް ހިރާނީއާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 2009 ގެ "3 އިޑިއަޓްސް" ގަ އެވެ. އެކަމަކު ޝާހްރުކް މިހާތަނަށް އަދި ހިރާނީއާ އެކު މަސައްކަތެއްނުކުރެ އެވެ.
ކަރީނާ އާއި ޝާހްރުކް އެކީގައި އެންމެ ފަހުން ފެނިގެން ދިޔައީ 2011 ގެ "ރާ.ވަން" އިންނެވެ. އެ ދެ ތަރިން އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 2001 ގެ "ކަބީ ޚުޝީ، ކަބީ ޢަމް" އާއި "އަޝޯކާ" ގެ އިތުރުން 2006 ގެ "ޑޮން" ހިމެނެ އެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، އަކްޝޭ ކުމާރާ އެކު "ގުޑް ނިއުޒް" ކުޅުނު ބަތަލާ މިހާރު އަންނަނީ އާމިރު ޚާނާ އެކު ވެސް ފިލްމެއް ކުޅެމުންނެވެ. އެއީ މި އަހަރުގެ ކްރިސްމަސްގައި ރިލީޒްކުރާ "ލާލް ސިންގް ޗައްޑާ" އެވެ.
ދެހާސް އަށާރައިގައި ރިލީޒްކުރި "ޒީރޯ" ބޮޑުތަނުން ފްލޮޕްވުމުން، ޝާހްރުކް ކުޅޭނެ ފިލްމެއް އޭގެ ފަހުން އަދި މިހާތަނަށް ރަސްމީކޮށް އިއުލާނެއްނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސދފފ
20 January 2020
އަސްލުތަ