23 ޖެނުއަރީ 2020 - 14:16
ކަލާޒް ޗެނެލުން މިހާރު ދައްކާ ޓީވީ ސިލްސިލާ "ބޭޕަނާ ޕިޔާރު" ގެ ބަތަލު ޕާލް ވީ ޕޫރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރ. އަތޮޅުގެ ފުރަވެރި ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ޕާލް، 30، އަކީ މިހާރު އިންޑިއާގެ ޓީވީ އެކްޓަރުންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ.
އޭނާ ވަނީ މިދިޔަ އަހަރު ކަލާޒުން ގެނެސްދިން އަދި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ސިލްސިލާ "ނާގިން" ސީޒަން ތިނެއްގެ ވެސް ބަތަލުގެ ރޯލް ކުޅެފަ އެވެ.
އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއްގެ ވީޑިއޯ މަޝްހޫރު ޓީވީ ބަތަލާ އަނީތާ ހަސަނަންދާނިއާ އެކު މިދިޔަ އަހަރު ބެލުންތެރިންނަށް ގެނެސްދިން ޕާލް ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ދިލް ކީ ނަޒަރު ހޭ ޚޫބްސޫރަތު" އާއި "ޕިރް ބީ ނާ މާނޭ...ބައްތަމީޒް ދިލް" އަދި "މޭރީ ސާސޫ މާ" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކުންޖު
23 January 2020
އިންޑިއާ ޓީވީ ޑުރާމާ ކުޅޭ މީހަކު ރާއްޖެއަށް ޗުއްޓީއަށް އައުމަކީވެސް ޚަބަރެއްތަ؟؟ އެއްޒަމާނެއްގަ އަމީތާބުގެ ފިލްމަކަށް ސްޓާރ ސިނާމާއި ޓިކެޓް ހަވީރު ވިއްކާއިރު ހެދުނު އިރުއެރުމުގެ ކުރިން ކިއުހެދިޔަސް މީ އެޒަމާނެއްނުން. މިހާރު ދިވެހިންނަށް ތީ މާބޮޑޮ ބައެއްނުން.
ސޯރްވީ
23 January 2020
އޭނަ ރާއްޖެ އައީ މީގެ 3 ހަފްތާ ކުރިން އޭނާގެ ލޯބިވެރިޔާ ކަރިޝްމާ ތަންނާ އާއެކު، އަދި ކިރިޔާ އެ ދަތުރުގެ ފޮޓޯތައް އަޕް ކުރަނީ އެއީ މީހަކަށް ޝައްކު ވެދާނެތީ.