09 ފެބުރުއަރީ 2020 - 07:19
މީޑިއާތަކުން ދާދި ފަހުން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި އާލިއާ ބަޓާއި ރަންބީރް ކަޕޫރް ކައިވެނިކުރާނީ ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ރިލީޒްކުރުމާ ގާތްކޮށްފަ އެވެ.
އެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. "ބުރައްމަސްތުރާ" ޑިސެމްބަރު މަހުގެ 4 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިކަން މިދިޔަ ހަފުތާގައި އިއުލާންކޮށްފައިވާ އިރު، މަޝްހޫރު ފިލްމު ކްރިޓިކް ރަޖީވް މަސަންދު އޯޕަން މެގަޒިނަށް ބުނީ ރަންބީރާއި އާލިއާ ޑިސެމްބަރު މަހު ކައިވެނިކުރާނެ ކަމަށެވެ. އެކަމަކު ކަނޑައެޅިގެން ވަކި ތާރީހަކާއި ކައިވެނިކުރާނެ ތަނެއް ނުބުނެ އެވެ.
ރަޖީވް އެފަދަ ވާހަކައެއް ދައްކާނީ ކަށަވަރު މައުލޫމާތުތަކެއްގެ ބިނާކޮށް ކަމަށް ގަބޫލުކުރެވޭތީ މިއީ ތޯތޯ ވާހަކަކަށް ވެދާނެ ކަމަށް ބެލުމުގެ ފުރުސަތު ވެސް ކުޑަ އެވެ. ސަބަބަކީ އޭނާ އަކީ ތަރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ވަރަށް ގިނަ ތަރިންނާ ބެހޭ ޒާތީ މައުލޫމާތު އެނގޭ މީހަކަށްވުމެވެ.
ރަޖީވް ބުނެފައިވާ ގޮތުގައި އާލިއާ އާއި ރަންވީރް ކައިވެނިކުރާނީ "ބުރައްމަސްތުރާ" ރިލީޒްކުރާތާ މާ ގިނަ ދުވަހެއް ނުކޮށެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ކައިވެނީގެ ހަފުލާ އިންޑިއާ އިން ބޭރުގައި ބޭއްވުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ ޕަޕަރާޒީންގެ އުނދަގޫތަކުން ސަލާމަތްވެ ތިބެ ހަމަޖެހިލައިގެން ކައިވެނީގެ ކަންކަން ކުރިއަށް ގެންދިއުމެވެ.
މިދިޔަ ހަފުތާގައި ވެސް ރަންބީރްގެ އާއިލާގެ ތެރޭގައި ވަނީ ކައިވެންޏެއްކޮށްފަ އެވެ. އެއީ އޭނާގެ ދެބޭންގެ ދެދަރި ކޮއްކޮ އަރްމާން ޖެއިން އާއި އަނީސާ މަލްއުތުރާގެ ކައިވެންޏެވެ. އަރްމާނަކީ 2014 ގައި ރިލީޒްކުރި "ލޭކަރް ހަމް ދީވާނާ ދިލް" ގެ ބަތަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑޭ ރިބޯން
09 February 2020
އާލިއާ ވަރައް ވައްތަރު ދިވެހި ކަނބަލެއް މީޑިއާނެޓް ހުޅުމާލެ އޮފީހުގެ ފައިސާ ބަލައި ގައްނަ ކައުންޓަރުގަ އިނދޭ