"ފްރެންޑްސް" ގެ ލީޑް ކާސްޓް.
22 ފެބުރުއަރީ 2020 - 12:58
ބެލުންތެރިންގެ މެދުގައި ފަނޑުވުމެއް ނެތް މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" އާ ބެހޭ ގޮތުން ފާއިތުވި ތަނުގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކަތަކަކީ މިއެވެ. މި ޝޯގެ އިތުރު ބައިތަކެއް ކުރީގެ ބައިވެރިންނާ އެކު އަލުން އެނބުރި އަންނާނެތޯ އެވެ.
މި ބަހުސްގެ ތެރޭގައި އޮޅުންބޮޅުންވެފައި ފޭނުން ތިބޭތާ ލައްކަ ދުވަސްފަހުން މިހާރު ވަނީ މީގެ 26 އަހަރު ކުރިން ބެލުންތެރިންނަށް ދޫކޮށްލި "ފްރެންޑްސް" ގެ އެޕިސޯޑެއް ހަމަ ކުރީގެ ބައިވެރިންނާ އެކު، ރިޔުނިއަންއެއްގެ ގޮތުގައި ގެނެސްދޭނެކަން ކަށަވަރުކޮށް ދީފަ އެެވެ.
The Friends cast set to reunite for exclusive HBO Max Special 👏👏👏👏 #FriendsReunion https://t.co/89kTTKSREa pic.twitter.com/hRKIElVxvj
— HBO Max (@hbomax) February 21, 2020
ޝޯގެ ޕްރޮމޯޝަނަށް ރަން ޒަމާނުގައި ޖެއްސި ފޮޓޯޝޫޓެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޖެނިފާ އެނިސްޓަނާއި މެތިއު ޕެރީ އާއި ކޯޓްނީ ކޮކްސް ވަނީ "ފްރެންޑްސް" އެނބުރި އަންނަކަން ކަށަވަރުކޮށް ދީފަ އެވެ.
މި އެޕިސޯޑް ގެނެސްދޭނީ އަންނަ މެއި މަހު ރަސްމީކޮށް ލޯންޗްކުރާ އެޗްބީއޯގެ ޑިޖިޓަލް ޕްލެޓްފޯމް އެޗްބީއޯ މެކްސްއިންނެވެ. އެކަން ސޯޝަލް މީޑިއާގައި ކަށަވަރުކޮށް ދިން ނަމަވެސް އަދި ރަސްމީކޮށް ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ.
އާ އެޕިސޯޑް ޑައިރެކްޓް ކުރާނީ "ފްރެނޑްސް" ގެ މޭސްތިރިން ކަމަށްވާ ޑޭވިޑް ކްރޭނާއި މާޓާ ކޯފްމަނެވެ.
"ފްރެންޑްސް" އަކީ ޒުވާން ހަ އެކުވެރިއެއްގެ ވާހަކަކިޔައި ދިން އެއްޗެކެވެ. މީގެ މުހިއްމު ރޯލްތައް ކުޅުނީ އެނިސްޓަނާއި މެތިއާ ކޯޓްނީ އާއި ލީޒާ ކުޑްރޯ އާއި މެޓް ލިބްލާންކްގެ އިތުރުން ޑޭވިޑް ޝްވިމާ އެވެ. މި ތަރިން ކުޅުނު ކެރެކްޓާތަކުގެ ނަންތައް ވެސް ވެގެން ދިޔައީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު އަދި އެހާމެ މަޝްހޫރު ނަންތަކެވެ.
"ފްރެންޑްސް" 1994-2004 ހަމައަށް ގެނެސްދިން އިރު ޖުމްލަ 10 ސީޒަނަކަށް ބެލުންތެރިންނަށް 236 އެޕިސޯޑް ގެނެސްދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަހަހަަހަހަ
22 February 2020
ހަހަހަހަހަހަހަހަަހަ