އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ބަތަލާގެ ރޯލަށް ވާނީ ކަޕޫރް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިހާތަނަށް މުޅިން ވެސް ޔާޝްރާޖް ފިލްމްސް (ވައިއާއެރްއެފް) ގެ ފިލްމުތަކުން ފެންނަ ވާނީ، އަކްޝޭގެ ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުނެފައި މި ވަނީ "ބެލް ބޮޓަމް" ގެ ބަތަލާގެ ރޯލް މުރުނާލް ތާކޫރަށް ހުށަހަޅާފައިވާ ކަމަށް ވެސް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ހަންގާމާ އިން ބުނިގޮތުގައި ވާނީ ފިލްމަށް ސޮއިކޮށްފައިވާތީ އޭގެ ޓީމުން މިހާރު އަންނަނީ އޭނާގެ ލުކް ޓެސްޓްތަކެއް ހަދަމުންނެވެ. "ބެލް ބޮޓަމް" ގައި ވާނީ ކުޅެން ޖެހެނީ އަކްޝޭގެ އަންބެއްގެ ރޯލެވެ. މި ފިލްމުވެގެން ދާނީ މި ދެ މީހުންގެ ޖޯޑު އެކީގައި ސްކްރީނަށް އަންނަ ފުރަތަމަ ފަހަރަށެވެ. އަދި މިއީ ވައިއާރްއެފް ނޫން ތަނެއްގެ ފިލްމެއް ވާނީ ކުޅޭ ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ ވައިއާރްއެފްގެ "ވޯ" ގެ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޖުލައި 31 އަށް ތާވަލުކޮށްފައިވާ އެ ސްޓޫޑިއޯގެ "ޝަމްޝޭރާ" އެވެ. އެ ފިލްމުގައި ވާނީ ފެނިގެންދާނީ ރަންބީރް ކަޕޫރާއި ސަންޖޭ ދަތާ އެކީގަ އެވެ.

"ބެލް ބޮޓަމް" އަކީ ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓާއި ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ. އަށްޑިހައިގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއް ކިޔައިދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ރަންޖީތު އެމް ތިވާރީ އެވެ.

ހަންގާމާ އިން ބުނިގޮތުގައި ކޮވިޑް-19އާ ހެދި އިންޑިއާގެ ފިލްމީ މަސައްކަތްތައް މިހާރު ހުއްޓުމަކަށް އައިސްފައި އޮތް ނަމަވެސް ބަލީގެ ހާލަތަށް ރިއާޔަތްކޮށް "ބެލް ބޮޓަމް" ގެ ޝޫޓިން މި އަހަރު ފަށާނެ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 2 ގަ އެވެ.