12 އޯގަސްޓް 2020 - 19:46
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.
އާއިލާ އަށް މެމްބަރަކު އިތުރުވާކަން ހާމަކޮށް ދެ ތަރިން ނެރުނު ބަޔާނެއްގައި ބުނީ އިތުރު ކުއްޖަކު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ދެހާސް ބާރައިގައި ކައިވެނިކުރި ސައިފާ އާއި ކަރީނާ އަށް ލިބުނު ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ޚާނަށް އަންނަ ޑިސެމްބަރު މަހުގެ 20 ގައި ހަތަރު ފުރޭނެ އެވެ.
ތައިމޫރަކީ ކަރީނާ، 39، ގެ އަލަތު ދަރިފުޅު ނަމަވެސް އެއީ ސައިފްގެ ތިން ވަނަ ދަރިފުޅެވެ. ސައިފާއި ބަތަލާ އަމްރިތާ ސިންގް އަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ މިހާރު ބޮލީވުޑްގައި ވެސް މަސައްކަތްކުރާ ބަތަލާ ސާރާ އަލީ ޚާން، 24، އާއި އިބްރާހީމް އަލީ ޚާން، 19، އެވެ.
ކަރީނާ އަށް ދެވަނަ ދަރިއަކު ލިބޭ އިރު، އޭނާގެ ދައްތަ އަދި ބަތަލާ ކަރިޝްމާ ކަޕޫރްގެ ވެސް ދެ ކުދިން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްޑޫ ކުއްދާ
13 August 2020
ސަރޮގޭސީ ކޮށްގެނެއް ނުން ކަރީނާ ދަރިޔަކު ހޯދަނީ! ބަނޑު ބޮޑުވެގެން !
ޝިމާޒު އިބްރާހިމް / ހުޅުމާލެ
13 August 2020
ސަރެގޭޓް މަދަރ ކަރީނާ އަށް މަރުހަބާ
ނަޖުމުއްދީން
12 August 2020
މަރުހަބާ ދެކުދިން.