މުނިފޫހިފިލުވުން

"ހުވާކޮށްފާ ބުނަން" ފަށާނީ މި މަހުގެ 27 ގައި

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ސީރީޒް "ހުވާކޮށްފާ ބުނަން" މި މަހުގެ 27 އިން ފެށިގެން ބައިސްކޯފުން ސްޓްރީމްކުރާ ގޮތަށް ނިންމައިފި އެވެ.

ބައިސްކޯފްގެ ސޯޝަލް ޕްލެޓްފޯމްތަކުގައި ވަނީ ދައްކަން ފަށާ ތާރީހާ އެކު އާ ޓީޒާއެއް ވެސް ދައްކާލައިފަ އެވެ. "ހުވާކޮށްފާ ބުނަން" ބައިސްކޯފުން ސްޓްރީމްކުރާނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުގެ ރޭ 9:00 ގަ އެވެ.

މިއީ ޔޫއްޕެ ތިން ސީޒަނަކަށް ގެނެސްދޭން ނިންމާފައިވާ ސިލްސިލާގެ ފުރަތަމަ ސީޒަނެވެ. ކޮންމެ ސީޒަނެއްގައި ހިމެނޭނީ 26 އެޕިސޯޑެވެ.

"ހުވާކޮށްފާ ބުނަން" ގެ ކާސްޓްގައި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ބައެއް ތަރިންނާއި މި ފަހުން ދާއިރާ އަށް ނުކުމެ، މަގުބޫލުކަން ހޯދަމުން އަންނަ އާ މޫނުތަކެއް ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި އަހުމަދު ސައީދާއި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި އަހުމަދު އަޒްމީލް (އަޒޭ) އަލީ އާޒިމް (ދޮންއައްޔަ) އާއި މުހައްމަދު ފައިސަލާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން މަރިޔަމް ޝިފާ އާއި ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ނަތާޝާ ޖަލީލާއި އިބްރާހީމް ޝާފިއު (ފުބޫ) އަދި އިރުފާނާ އިބްރާހީމް ހިމެނެ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުން ތުނާ

25 December 2020

މިހާރު ހުވާ އެކަނި ދޯ ނުކުރެވި އޮތީ

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454