ގްރެމީ ހަފުލާގައި ބިޔޯންސޭ.
15 މާޗް 2021 - 12:58
އާދީއްތަ ދުވަހުގެ ރޭ ބޭއްވި މި އަހަރުގެ 63 ވަނަ ގްރެމީ އެވޯޑްސްގައި އެމެރިކާގެ ލަވަކިޔުންތެރިޔާ ބިޔޯންސޭ އަށް ލިބުނު އެވޯޑްތަކާ އެކު ގްރެމީގައި ރެކޯޑެއް ހަދައިފި އެވެ.
ބިޔޯންސޭގެ އެވޯޑް ހަރުގަނޑުގައި އަތުރައިލަން މި ފަހަރު ލިބުނު އެވޯޑްތަކާ އެކު އޭނާގެ ގްރެމީ އެވޯޑްގެ އަދަދު ވަނީ 28 އަށް އަރައިފަ އެވެ. މިއާ އެކު، 39 އަހަރުގެ ލަވަކިޔުންތެރިޔާވެފައި ވަނީ މިހާތަނަށް އެންމެ ގިނަ ގްރެމީ އެވޯޑް ހާސިލުކުރި އަންހެން ފަންނާނަށެވެ. ކުރިން އެ ރެކޯޑް އޮތީ އެލިސަން ކްރައުޒްގެ އަތުގަ އެވެ. އެއީ 27 ގްރެމީއާ އެކީގަ އެވެ.
މި އަހަރުގެ ގްރެމީގައި 10 ކެޓަގަރީއަކުން ވާދަކޮށް ބިޔޯންސޭ ހަތަރު އެވޯޑް ހާސިލުކުރި އެވެ. އެއީ "ބްރައުން ސްކިން ގާލް" އިން ބެސްޓް މިއުޒިކް ވީޑިއޯ އާއި "ސަވޭޖް ރިމިކްސް" އިން ރެޕް ސޯންގްގެ ގްރެމީ އާއި ހަމަ އެ ލަވައިން ރެޕް ޕާފޯމަންސް އެވޯޑާއި "ބްލެކް ޕެރޭޑް" އިން އާރްއެންޑްބީ ޕަފޯމަންސްގް ގްރެމީ އެވެ.
No caption needed. #Beyonce x #GRAMMYs: https://t.co/QPXIcT5X82 pic.twitter.com/MoDuGjPGUI
— Recording Academy / GRAMMYs (@RecordingAcad) March 15, 2021
"މިއީ ވަރށް ބޮޑު ޝަރަފެއް. ވަރަށް ބޮޑު ކާމިޔާބީއެއް. އަދި އެހާމެ ބޮޑު އުފަލެއް." ބިޔޯންސޭ ބުންޏެވެ.
މި އަހަރުގެ ގްރެމީގައ އަންހެން ފަންނާނުން ހޯދި ކާމިޔާބީތަކަށް ބަލާ އިރު ޓޭލާ ސްވިފްޓަށް ވަނީ ތިން ފަހަރަށް އަލްބަމް އޮފް ދި އިޔާގެ އެވޯޑް ލިބުނު ފުރަތަމަ އަންހެން ފަންނާނަށްވެފަ އެވެ. އެއީ މިދިޔަ އަހަރު ނެރުނު އަލްބަމް "ފޯކްލޯ" އިންނެވެ. އެ މަގާމު ޓޭލާ ކުރިން ހޯދީ 2016 ގެ "1989" އާއި 2010 ގެ "ފިއަލެސް" އިންނެވެ.
WHAT A SHOW! 👏
— Recording Academy / GRAMMYs (@RecordingAcad) March 15, 2021
View the full winners list: https://t.co/QPXIcT5X82 #GRAMMYs pic.twitter.com/9taBwr8iT5
ކުރިން ތިން ފަހަރަށް އަލްބަމް އޮފް ދި އިޔާގެ ގްރެމީ ހާސިލުކޮށްފައި ވަނީ ފްރޭންކް ސިނަޓްރާ އާއި ޕޯލް ސައިމަންގެ އިތުރުން ސްޓެވީ ވޮންޑާ އެވެ.
ގްރެމީގެ އަންހެން ފަންނާނުންގެ ކާމިޔާބީތަކަށް ބަލާ އިރު މި އަހަރު ރެކޯޑް އޮފް ދި އިޔާގެ މަގާމު ލިބުނީ "އިވްރީތިން އައި ވޯންޓެޑް" އިން ބިލީ އީލިޝްއަށެވެ. ސޯންގް އޮފް ދި އިޔާ އަކީ ހާގެ "އައި ކާންޓް ބްރީތު" އެވެ. ބެސްޓް ނިއު އާޓިސްޓަކީ މެގަން ތުރީ ސްޓެލަން އެވެ.
* ބެސްޓް ޕޮޕް ސޯލޯ ޕަފޯމަންސް: ހެރީ ސްޓައިލްސް (ވޯޓަމެލަން ޝުގާ)
* ބެސްޓް ޕޮޕް ޑުއޯ/ގްރޫޕް ޕަފޯމަންސް: ލޭޑީ ގާގާ/އަރިއާނާ ގްރަންޑޭ (ރެއިން އޮން މީ)
* ބެސްޓް ޕޮޕް ވޯކަލް އަލްބަމް: ޑުއާ ލިޕާ (ފިއުޗާ ނޮސްޓާލްޖިއާ)
* ބެސްޓް ޓްރެޑިޝަނަލް ޕޮޕް ވޯކަލް އަލްބަމް: ޖޭމްސް ޓޭލާ (އެމެރިމަން ސްޓޭންޑާޑް)\
* ބެސްޓް ޑާންސް/އިލެކްޓްރޯނިކް އަލްބަމް: ކޭޓްރަނާޑާ (ބުއްބާ)
* ބެސްޓް ރޮކް ޕަފޯމަންސް؛ ފިއޮނާ އެޕަލް (ޝަމީކާ)
* ބެސްޓް މެޓަލް ޕަފޯމަންސް: ބޮޑީ ކައުންޓް (ބަމް-ރަޝް)
* ބެސްޓް ރޮކް ސޯންގް: ސްޓޭ ހައި (ބްރިޓަނީ ހޮވާޑް)
* ބެސްޓް ރޮކް އަލްބަމް: ދަ ނިއު އެބްނޯމަލް (ދަ ސްޓްރޯކްސް)
* ބެސްޓް އޯލްޓަނޭޓިވް އަލްބަމް: ފެޗް ދަ ބޯލްޓް ކަޓާޒް (ފިއޮނާ އެޕަލް)
* ބެސްޓް އާރްއެންޑްބީ ސޯންގް: ބެޓާ ދެ އިމޭޖިންޑް (ރޮބަޓް ގްލާސްޕާ)
* ބެސްޓް އާރްއެންޑްބީ އަލްބަމް: ބިގާ ލަވް (ޖޯން ލެޖެންޑް)
* ބެސްޓް ކަންޓްރީ ސޯންގް: ކްރައުޑެޑް ޓޭބަލް (ދަ ހައިވުމަން)
* ބެސްޓް ކަންޓްރީ އަލްބަމް: ވައިލްޑްކާޑް (މިރަންޑާ ލަމްބާޓް)
* ބެސްޓް ނިއު އޭޖް އަލްބަމް: މޯ ގިޓާ ސްޓޯރީޒް (ޖިމް "ކިމޯ" ވެސްޓް)
ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ހެދި މިދިޔަ އަހަރުން ފެށިގެން ގިނަ އެވޯޑް ހަފުލާތައް ވާޗުއަލްކޮށް ބާއްވަމުން ދިޔަ ނަމަވެސް މި އަހަރުގެ ގްރެމީ ބާއްވާފައި ވަނީ ވަރަށް ފޯރި ގަދަ އައިޓަމްތަކަކާ އެކު އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލިސްގެ ސްޓެޕްލް ސެންޓަރުގަ އެވެ. ހޯސްޓަކީ ޓްރެވާ ނޯއާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުންބެ
15 March 2021
މަރުހަބާ ބޮއެންސް.