މުނިފޫހިފިލުވުން

ދިލިޕް ކުމާރުގެ ގަދަ 10

ދިލިޕް ކުމާރު.

މިދިޔަ ހަފުތާގައި މަރުވި ބޮލީވުޑްގެ އެކްޓަރު ދިލިޕް ކުމާރަކީ ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ. އުމުރުން 98 އަހަރުގައި އޭނާ މަރުވި އިރު، ފިލްމީ ކެރިއަރުގެ ތެރެއިން ވަނީ ބެލުންތެރިންނަށް ފަނޑުވުމެއް ނެތް އެތައް ފިލްމެއް ދޫކޮށްފަ އެވެ.

ހިންދީ ސިނަމާ އިން ފެނުނު އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް އެކްޓަރުންގެ ތެރޭގައި ގުނައިލެވުނު ދިލިޕަކީ މުޅި އިންޑަސްޓްރީ ސިފަކުރާ ގޮތުން ނަމަ ހަމައެކަނި ފިލްމީ ތަރިއެއް ނޫނެވެ. އޭނާ އަކީ އެކްޓިން ދަސްކުރަން ބޭނުންވާ މީހަކަށް އިންސްޓްޓިއުޓެކެވެ. ދިލިޕްގެ މަރާ އެކު ވެސް މި ވާހަކަ އެތައް ތަރިންނެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އާމިރު ޚާނާއި ޝާހްރުކް ޚާނާއި އަކްޝޭ ކުމާރާއި ޝާހިދު ކަޕޫރާއި ފަރުހާން އަޚްތަރާއި ނަވާޒުއްދީން ސިއްދީގީ ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.

ވަކިވެ ދިޔަ ނަމަވެސް ދިލިޕަކީ ފިލްމުތަކަށް ލޯބިކުރާ މީހުންގެ ހިތްތަކުން ފަނޑުވާނެ ނަމެއް ނޫނެވެ.

މި ބަލައިލަނީ ބޮލީވުޑް ހަންގާމާ އިން ދިލިޕްގެ ގަދަ 10 ފިލްމުގެ ގޮތުގައި ގެނެސްދިން ފިލްމުތަކުގެ ލިސްޓެކެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި މި ފިލްމުތަކަކީ ދިލިޕްގެ އެންމެ މޮޅު އެކްޓިން ފެނުނު ފިލްމުތަކެވެ.

1. ގަންގާ ޖަމްނާ (1961)

"ގަންގާ ޖަމްނާ" އަކީ ދެބެއިންގެ ވާހަކައެއް ކިޔައިދިން ފިލްމެކެވެ. ދިޕިލާ އެކު ފިލްމުގެ މައިގަނޑު އަނެއް ރޯލު ކުޅުނު އޭނާގެ ކޮއްކޮ ނާސިރު ޚާނެވެ. ކްރައިމް ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "ގަންގާ ޖަމްނާ" ގެ ބަތަލާ އަކީ ވިޖަޔަންތިމާލާ އެވެ.

ފިލްމުގެ ޑައިރެކްޓަރުގް ކްރެޑިޓް ދީފައި އޮތީ ނިތިން ބޯސް އަށް ކަމަށް ވިޔަސް، ފިލްމުގެ އަސްލު ޑައިރެކްޓަރަކީ ދިލިޕް ކަމަށް ބުނެފައިވެ އެވެ.

2. ދޭވްދާސް (1955)

ލޯބީގައި އާވާރާވެ، ރަލަށް ދެވިހިފާފައިވާ މީހެއްގެ ރޯލު ދިލިޕް ކުޅުނު "ދޭވްދާސް" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ.

ބިމާލް ރޯއި ޑައިރެކްޓްކުރި ފިލްމުގެ ބަތަލާއިންނަކީ ވިޖަޔަންތިމާލާ އާއި ސުޗިތުރާ ސެން އެވެ. ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާކީ 2002 ގައި ޝާހްރުކް ޚާނާއި އައިޝްވާރިއާ ރާއީގެ އިތުރުން މަދޫރީ ޑިކްސިޓާ އެކު ގެނެސްދިން "ދޭވްދާސް" އަކީ ދިލިޕް "ދޭވްދާސް" އަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ.

"ދޭވްދާސް" އަކީ ދިލިފަށް ހަތަރު ވަމަ ފިލްމުފެއާ އެވޯޑްސްގައި މޮޅު ބަތަލުގެ މަގާމު ވެސް ލިބުނު ފިލްމެކެވެ.

3. އަންދާޒް (1949)

ރޮމޭންޓިކް ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "އަންދާޒް" އަކީ ދިލިޕާއި ރާޖް ކަޕޫރާއި ނަރުގިސްގެ ތިނެސްކަން ލޯބީގެ ވާހަކައެއް ފެނިގެން ދިޔަ ވަރަށް އަސަރު ގަދަ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ މިހާރު ދައްކާ ނަމަ އެންމެ ބޮޑަށް ފާހަގަކުރަން ޖެހޭނީ މީގެ ލީޑް ކާސްޓެވެ.

ދިލިޕާއި ރާޖާއި ނަރްގިސް އަކީ ހިންދީ ސިނަމާގެ ޖަވާހިރުންނެވެ.

މެހެބޫބް ޚާން ޑައިރެކްޓްކުރި "އަންދާޒް" އަކީ ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނުނު ފިލްމެކެވެ.

4. ދީދާރު (1951)

ނިތިން ބޯސް ޑައިރެކްޓްކުރި މި ފިލްމަކީ އަނެއްކާ ވެސް ދިލިޕާއި ނަރުގިސްގެ ޖޯޑު ފެނުނު ފިލްމެކެވެ. މީގެ ކާސްޓްގައި އަޝޯކް ކުމާރާއި ނިއްމީ ވެސް ހިމެނެ އެވެ.

"ދީދާރު" އަކީ ރޮމޭންޓިކް މިއުޒިކަލްއެކެވެ. އަދި މި ފިލްމަކީ ދިލިޕް ކުޅެފައިވާ ރޯލުތަކާ ހެދި އޭނާ އަށް "ޓްރެޖެޑީ ކިންގް" ގެ ލަގަބު ދޭން ފެށުމުގެ އަސްލެވެ.

5. މުގްލޭ އާޒަމް (1960)

"މުގްލޭ އާޒަމް" އަކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް އެއް ފިލްމެވެ. ދިލިޕްގެ ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނާނެ އެއް ފިލްމަކީ މި ފިލްމެވެ.

ކޭ އޭސިފް ޑައިރެކްޓްކުރި "މުގްލޭ އާޒަމް" އަކީ ޝާހީ އާއިލާއެއްގެ ތެރޭގައި ހިނގާ ލޯބީގެ ހިތްދަތި ވާހަކައެއް ކިޔައިދިން ވަރަށް ވެސް އަސަރު ފިލްމެކެވެ. މީގެ ބަތަލާ އަކީ ދިލިޕް ލޯބީގެ ގުޅުމެއް ވެސް ބޭއްވި މަދޫބާލާ އެވެ.

6. އަމަރު (1954)

"އަމަރު" އަކީ ލޯބީގެ އަސަރު ގަދަ ވާހަކައެއް ކިޔައިދިން ފިލްމެކެވެ.

މެހެބޫބް ޚާން ޑައިރެކްޓްކުރި ފިލްމުގެ ބަތަލާއިންނަކީ މަދޫބާލާ އާއި ނިންމީ އެވެ. "އަމަރު" ގެ ޕްލޮޓްގެ ތެރޭގައި ރޭޕްގެ ހާދިސާއަކަށް ވަރަށް ބޮޑަށް އަލިއަޅޫވާފައިވެ އެވެ. އަދި މި ފިލްމަކީ ވެސް އަބަދަށްފެހި ލަވަތަކެއް ހިމެނޭ ފިލްމެކެވެ.

7. މަދޫމަތީ (1958)

ޕެރަނޯމަލް ރޮމޭންސް ގެނެސްދިން "މަދޫމަތީ" އަކީ މޮޅު ޑައިރެކްޓަރު ބިމާލް ރޯއި ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ.

މީގެ ބަތަލާގެ ރޯލު ވެސް ކުޅުނީ ވިޖަޔަންތިމާލާ އެވެ. "މަދޫމަތީ" ގެ އިތުރު ކާސްޓުންގެ ތެރޭގައޮި ޕްރާން އާއި ޖޯނީ ވޯކާ ވެސް ހިމެނެ އެވެ. މި ފިލްމަކީ ފިލްމުފެއާ އެވޯޑްސްގައި ނުވަ އެވޯޑް ހޯދައި އެންމެ މޮޅު ހިންދީ ފިލްމުގެ ނެޝަނަލް އެވޯޑް ވެސް ހޯދި ފިލްމެކެވެ.

"މަދޫމަތީ" އަކީ ވެސް ލަވަތައް އެހާ ރީތި ފިލްމެކެވެ.

8. ރާމް އޯރް ޝާމް (1967)

"ރާމް އޯރް ޝާމްް" އަކީ ދިލިޕް ޑަބަލް ރޯލެއް ކުޅުނު ކޮމެޑީ ޑްރާމާއެކެވެ.

ތާޕީ ޗަނަކިއާ ޑައިރެކްޓްކުރި ފިލްމުގެ ބަތަލާއިންނަކީ ވަހީދާ ރަހްމާނާއި މުމްތާޒެވެ. "ރާމް އޯރް ޝާމް" ކުޅެގެން ވެސް ދިލިޕަށް އެންމެ މޮޅު އެކްޓަރުގެ ފިލްމުފެއާ އެވޯޑް ލިބުނެވެ.

9. ސަގީނާ (1974)

ޑައިރެކްޓަރު ތަޕަން ސިންހާ ގެނެސްދިން "ސަގީނާ" އަކީ މަރާ ހަމައަށް ދިލިޕް ކައިވެނިކޮށްގެން އުޅުނު ބަތަލާ ސާއިރާ ބާނޫއާ އެކު ކުޅުނު ފިލްމެކެވެ.

މީގެ ކާސްޓްގައި އަޕަރްނާ ސެން ވެސް ހިމެނެ އެވެ.

10. ޝަކްތީ (1982)

"ޝޯލޭ" ގެނެސްދިން ޑައިރެކްޓަރު ރަމޭޝް ސިއްޕީ ގެނެސްދިން "ޝަކްތީ" އަކީ ދިލިޕާ އެކު އަމީތާބް ބައްޗަން ވެސް ފެނިގެން ދިޔަ ފިލްމެކެވެ.

ދިިލިޕް ފުލުހެއްގެ ރޯލު ކުޅުނު ކްރައިކް ޑްރާމާގެ ބަތަލާއިންނަކީ ރާކީ އާއި ސުމީތާ ޕަޓިލް އެވެ.

"ޝަކްތީ" ގެ ރިމޭކެއް ހަދަން ނިންމާފައިވެ އެވެ.

4 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާދަރުޚާން

10 July 2021

"ދިލިޕް" ފިލްމް އިންޑަސްޓްރީގައި އޭނާއަށް ކިޔާ ނަމެކެވެ. އޭނާގެ އަސްލު ނަމަކީ ޤާދިރުޚާން އެވެ.

The name is already taken The name is available. Register?

ރަދިފްްއޮފިޝިއަލް

10 July 2021

ނޫން ނޫން.... ދިލިޕްކުމާރުގެ އަސްލު ނަމަކީ މުހައްމަދު ޔޫސުފް ހާން. ޕުލީސް ގޫގުލް އެންޑް ޗެކް އިޓް. ވ. ވެދުން

The name is already taken The name is available. Register?

ަޫއޫޕުސް

10 July 2021

މާ ބޮޑަށް އެގެނީ

The name is already taken The name is available. Register?

ވަށަފަރު ކަތްދަ

10 July 2021

ކޮން ގާދިރެއް..ފާދިރެއް...ޔޫސުބެއް...އެއީ ހަމަ ދިލިޕް ކުމާރު....އެންމެންނަށް އެނގޭނި އެހެން ކީމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454