27 ސެޕްޓެމްބަރ 2021 - 06:49
ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި މިހާރު ލީޑް ރޯލު ކުޅެމުން އަންނަ މުހުސިން ޚާނާއި ޝިވާންގީ ޖޯޝީ އެއިން ވަކިވާން ނިންމާފައިވާތީ އެ މީހުންނާ އެކު ޝޫޓްކުރާ ސިލްސިލާގެ ފަހު އެޕިސޯޑްގެ މަސައްކަތް ކުރިއަށް ގެންދާނީ އަންނަ މަހުގެ 8 ގައި ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 2016 ގައި އެ ސިލްސިލާއާ ގުޅުން ޒުވާން ދެ ލޯބިވެރިންގެ އަންނަ މަހުގެ ފަހުކޮޅު ނުވަތަ ނޮބެމްބަރު މަހުގެ ކުރީކޮޅު "ޔޭ ރިޝްޔާ ކިޔާ ކެހެލާތާ ހޭ" އިން އެއްކޮށް ގެއްލޭނެ ކަމަށެވެ. މުހުސިން، 29، އާއި ޝިވާންގީ، 26، އެއިން ވަކިވާން ނިންމީ ވާހަކަ އަށް ގެންނަން އުޅޭ ބޮޑު ލީޕަކާ އެކު އެ މީހުން ބިޮޑެތި ދަރިންތަކެއްގެ މައިންބަފައިންގެ ރޯލު ކުޅެން ޖެހޭތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ. ދެ ތަރިންނަކީ ސިލްސިލާގެ މައި ކެރެކްޓާތައް ކަމަށްވާ ކާތިކާއި ނައިރާގެ ރޯލު ކުޅޭ ދެ ތަރިންނެވެ.
މިއީ ހަމަ މިފަދަ ސަބަބަކާ ހެދި "ޔޭ ރިޝްޔާ ކިޔާ ކެހެލާތާ ހޭ" ގެ މައިގަނޑު ދެ ތަރިއަކު އެއިން ވަކިވާ ދެވަނަ ފަހަރެވެ، ކުރިން ސިލްސިލާ އިން ވަކިވީ 2009 ގައި ފެށި ސިލްސިލާގައި ލީޑް ކުޅުނު ހީނާ ޚާން (އަކްޝަރާ) އާއި ކަރަން މެހެރާ (ނައިތިކް) އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދޫކޮށްލައި، އަންނަ މަހުގެ 2 ގައި ކަލާޒް އިން ފަށާ "ބިގް ބޮސް 15" ގައި ޝިވާންގީ އާއި މުހުސިން ވާދަކުރާނެ އެވެ. އެކަމަކު އެކަން ކަށަވަރެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy