ކުޅިވަރު / ދިވެހި ކުޅިވަރު

ބަންގްލަދޭޝް ފައިނަލަށް ދާން ރެފްރީ ބޭނުން ނުވީ: އޮސްކާ

ފައިނަލްގައި ނޭޕާލް ވާދަކުރާނީ އިންޑިއާ ނުވަތަ ރާއްޖެއާ. މިރޭ އެ ދެ ޓީމު ކުޅޭ މެޗު އެއްވަރު ކޮށްލިޔަސް ރާއްޖެ ފައިނަލަށް ދާނެ.

ބަންގްލަދޭޗްގެ ކޯޗް އޮސްކާ --- ފޮޓޯ: ނިޝާން އަލީ | މިހާރު

13 އޮކްޓޯބަރ 2021 - 19:43

4 comments

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ބަންގްލަދޭޝް އަށް ނުދެވުނީ މުބާރާތުގެ ރެފްރީން ބޭނުން ނުވުމުން ކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސް މިއަދު ބުނެފި އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝް އިން ލީޑް ނަގާފައި ވަނިކޮށް ނޭޕާލުން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗު އެއްވަރުވުމުން ފައިނަލަށް ދިޔައީ ނޭޕާލެވެ. އޮސްކާ ބުނީ ބަންގްލަދޭޝް ފައިނަލަށް ގެންދަން މުބާރާތުގެ ރެފްރީން ބޭނުން ނުވާކަން އިންޑިއާ އާއި ބަންގަލަދޭޝް ކުޅުނު މެޗަށް ފަހު، އޭނާ އަށް އެނގުނު ކަމަށެވެ. މިއަދުގެ މެޗުގައި ރެފްރީކަން ކުރީ އުޒްބެކިސްތާންގެ ރެފްރީ އެކްސްރޯލް ރިކްސްކްލޭވް އެވެ.

މެޗު އެނބުރިގެން ދިޔައީ 79 ވަނަ މިނެޓްގައި ބަންގްލަދޭޝްގެ ކީޕަރު އަނީސުއްރަހްމާނަށް ރަތް ކާޑު ދެއްކި ހިސާބުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ އޭރިއާގެ ބޭރުން ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބޯޅަ އޭނާގެ އަތުގައި ޖެހުމުންނެވެ.

މެޗަށް ފަހު މެޗުގެ އޮފިޝަލުންނަށް ފުލުުން ހިމާޔަތް ދެނީ. ބަންގްލަދޭޝްގެ ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުމާމެދުވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޮސްކާ ބުނީ އެއީ އޭނާގެ ކީޕަަރު ގަސްތުގައި ކުރި ކަމެއް ނޫންކަން ސާފުކޮށް އެނގޭ ކަމަށެވެ.

ނޭޕާލުން މެޗު އެއްވަރު ކުރީ އެ ޓީމުން ނެގި ހިލޭ ޖެހުމެއްގައި ބަންގަލަދޭޝްގެ ބިޝްވަނާތު ގޯޝް ނޭޕާލް ކުޅުންތެރިޔަކަށް ފައުލް ކުރުމުން ދިން ޕެނަލްޓީގަ އެވެ.

"އެ ބޯޅަ ދިޔައީ ބޭރަށް. ގޯލް ކުރިމަތިން ބަންގްލަދޭޝަށް ޖެހުން ދޭން ޖެހޭނީ. ނޭޕާލްގެ ކުޅުންތެރިޔާ ޕެނަލްޓީ އަށް ޑައިވްކުރި ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބައޮތް،" އޮސްކާ ބުންޏެވެ.

ފައިނަލްގައި ނޭޕާލް ވާދަކުރާނީ އިންޑިއާ ނުވަތަ ރާއްޖެއާ އެވެ. މިރޭ އެ ދެ ޓީމު ކުޅޭ މެޗު އެއްވަރު ކޮށްލިޔަސް ރާއްޖެ ފައިނަލަށް ދާނެ އެވެ. އިންޑިއާ ޖެހޭނީ މޮޅުވާށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ރެ އެވެ.

4 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 63%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓިން ޓިން

13 October 2021

އޮސްކާމީ ކަމުދާމީހެއްނޫން. މާޝަކުވާބޮޑީ.

The name is already taken The name is available. Register?

ސުނިލް

13 October 2021

ޕެނަލްޓީ އެއީ ދޭން ނުޖެހޭ ޕެނެލްޓީއެއް

The name is already taken The name is available. Register?

ހާމަ333

13 October 2021

ބަންގްލަދޭޝް ކޯޗަށް އޮސްކާ ހަމަ ދޭންޖެހޭ...މީނާއަށް ފުޓްބޯޅައިގެ ޕްރޮފެޝަނަލިޒަމް ކިޔައިދޭންޖެހޭ...ބަލިވާއިރަށް ރެފްރީ ބޮލަށް ކަނޑާލުން ތީދެން މާ އިހުޒަމާނު ކުރިކަމެއް....ލަނޑު ޖެހިނަމަ ބަލިނުވާނެ....ނުޖެހުނެއްނު...ދެން މަށެއްނޫނޭ މީނާއޭ އޭނައޭ ކިޔުމުގެ މާނައެއްނެތް...

The name is already taken The name is available. Register?

ކޮމެންޓޭ1

13 October 2021

ރެފްރީ ޕެނެލްޓީ ދޭން ބޭނުންވެފަ ހުރީމަ ދިން ޕެނަލްޓީއެއް. ޕެނަލްޓީ ދޭން ލިބުނު ފުރުޞަތު ރެފްރީ ބޭނުން ކުރީ. ކީޕަރަށް ދެއްކީ ރަނގަޅު ރަތްކާޑެއް ކީޕަރުގެ ނިންމުން އެއްވްނ. ދިވެހިރާއްޖެ ބަންގްލަދޭޝް ފައިނަލެއް ރާއްޖޭގަ ވަރަށް ހާޑު ވާނެ. އެހެންވީމަ ރަނގަޅޭ ބުނެވޭނީ. ދެން އޮތީ ޗެތުރީ އަށްވުރެ ގިނަ ލަނޑު ޖަހައި ފައިނަލަށް ދިއުން އިރާދަކުރެއްވިއްޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454