ވޯލްޑް ކަޕް 2018

ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރު މެޑްރިޑާ ދިމާލަށް

މެޑްރިޑް (ޖުލައި 16) – ވޯލްޑް ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދި ބެލްޖިއަމްގެ ޗެލްސީ ގޯލްކީޕަރު ތިބައޫ ކޯޓުއާ 35 މިލިއަން ޔޫރޯ އަށް ގަތުމާ ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނިސްބަތުން ކުޑަ އަގެއްގައި މެޑްރިޑަށް ކޯޓުއާ ލިބެނީ ޗެލްސީއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެއް ކަމަށް ވުމުންނެވެ. އަދި މެޑްރިޑުން ކުރާ ހަރަދު ކުޑަވުމާ އެކު ކޯޓުއާ އަށް ބޮޑު މުސާރައެއް ވެސް ލިބޭނެ އެވެ. ގޮތުން އަހަރަކު 11 މިލިއަން ޔޫރޯ ލިބޭ ފަސް އަހަރުގެ ކޮންޓްރެކްޓެއް އޭނާ ކްލަބާ އެކު ހަދާނެ ކަމަށް ބެލެވެ އެވެ.

ކޯޓުއާ ވިދާލީ ޗެލްސީގެ ލޯނެއްގެ ދަށުން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ދުވަސްވަރެވެ. ރެއާލް މެޑްރިޑް އަތުން 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން އެތުލެޓިކޯ ބަލިވިއިރު ގޯލް ބެލެހެއްޓީ އޭނާ އެވެ. ފަހުން ޗެލްސީ އަށް ބަދަލު މޮޅު ކުޅުން ތަކުރާރުކުރި ނަމަވެސް އޭނާ މިހާރު ބޭނުންވަނީ ކްލަބް ބަދަލުކުރާށެވެ.

މެޑްރިޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ވިއްކާލާފައިވާއިރު އެ ޓީމުން ނަން މަޝްހޫރު އިތުރު ތަރިން ގެންނާނެ އެވެ. އެގޮތުން ކޯޓުއާއާ އެއްކޮށް ބެލްޖިއަމާއި ޗެލްސީ އަށް ކުޅޭ އެޑެން ހަޒާޑް ވެސް އެ ލިސްޓުގައި ހިމެނެ އެވެ.

ކޯޓުއާ ނެތްތަން ފޫބައްދަން ޗެލްސީން އަންނަނީ ރޯމާގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި އޭނާ ނުލިބޭ ނަމަ ދެން މަސައްކަތްކުރާނީ މެޑްރިޑުގެ އެއް ވަނަ ކީޕަރު ކޮސްޓާ ރީކާގެ ކޭލާ ނާވަސް ގެނައުމަށް ކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ގޯލްކީޕަރުންގެ ވިޔަފާރި ވަރަށް ބޮޑަށް ކުރެވޭނެ ކަމަށް މިހާރު ބެލެވެ އެވެ. އެގޮތުން ލިވަޕޫލުން ރޯމާގެ އެލިސަން ނުވަތަ ބާސެލޯނާގެ ބަދަލި ކީޕަރު ކެސްޕާ ސިލެސެން ހޯދުމަށް މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެލިސަން ވިއްކާލައިފި ނަމަ ރޯމާ އިން ބަދަލުގައި ގެންނަން މަސައްކަތްކުރާނީ ޕީއެސްޖީގެ ފްރާންސް ގޯލްކީޕަރު އަލްފޮންސޭ އަރެއޯލާ ނުވަތަ އޭސީ މިލާނުގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ. ޔުވެންޓަސްގެ ޖިއަންލުއިޖީ ބުފޮން ޕީއެސްޖީ އަށް ބަދަލުވެފައިވާއިރު އަރެއޯލާ އެ ކްލަބް ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފަ އެެވެ. އަދި މިލާނުގައި ވެސް ޕެޕޭ ރެއިނާ ހުުރުމާ އެކު ޑޮންނަރުއްމާ ވިއްކާލުމުގެ ފުުރުސަތު ބޮޑެވެ.

7 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 37%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗެލްސީ

17 July 2018

ކޯޓުއާވެސް ހަޒާޑްވެސް ނުދާނެ! މި ދެމީހުން ގެންގޮސްފިއްޔާ މެޑްރިޑް އަށް ފެއަރޕްލޭ ގެ ގަވައިދުން ފިޔަވަޅުއަޅައި އޭސީ މިލާނަށް ދިން އަދަބު ދޭނެ! އެއީ ހަޒާޑް ގެ އެކަނި އަގަކީވެސް 180 މިލިޔަން ކަމަށް ވާތީ!

ރަދީފް ފްރެންޑް

17 July 2018

އޭސީ މިލާނަށް ފައިނޭންޝިއަލް ފެއާ ޕްލޭގެ ދަށުން އަދަބު ދިނަސް ރެއާލް އަށް އެގޮތަށް އަދަބެއް ނުދެވޭނެ. ރެއާލް މެޑްރިޑްގެ އިންކަމް އާއި ރެއާލްގެ ވެރިންގެ މާލީ ހާލަތު އެޔަށްވުރެ މާވަރުގަދަ. ރެއާލް މެޑްރިޑްގެ ރިޒާވްގައި މިހާރުވެސް 800މ ޑޮލަރު އެބަހުރި، މިދިޔަ ސީޒަނުގަ ދެކުޅުންތެރިޔަކު ގަންނަން ރެއާލްއިން ޚަރަދުކުރީ 36.45 މިލިއަން ޕައުންޑް، އަދި މިސީޒަނުގަ މިހާތަނަށް 5ކުޅުންތެރިން ގަންނަން ރެއާލްއިން ޚަރަދުކުރީ 80.33 މިލިއަން ޕައުންޑް. ދެސީޒަނުގަ ޖުމްލަ 116.68ޕައުންޑް ޚަރަދު ކުރި އިރު ކުޅުންތެރިން ވިއްކައިގެން 115.65 މިލިއަން ޕައުންޑް އާމްދަނީގެ ގޮތުގަ ލިބިފަވޭ. އަދި މިސީޒަނުގެ މިހާތަނަށް ހައެކަ ކުޅުންތެރިން ވިއްކާލައިގެން 119.25 މިލިއަން ޕައުންޑް އާމްދަނީގެ ގޮތުގައި ލިބިފަވޭ. ޖުމްލަ 234.9މިލިއަން ޕައުންޑް ލިބިފައި ވާއިރު 118.22މިލިއަން ސާފު ފައިދާގެ ގޮތުގަ ލިބިފަވޭ. ޗެލްސީގެ ރަޝިޔާ މަހުޖަނު ޖީބުން ޗެލްސީ އަށް ހަރަދު ކުރިޔަސް ރެއާލް އަކީ އެޔަށްވުރެ ހަރުދަނާ ކްލަބެއް

ޗެލްސީ

17 July 2018

މާ ބޮޑައް އެނގެނީ ދޯ? ތީ ކާކު? އަމިއްލަ ނަންވެސް ނޭގޭ!

ރަދީފް ފްރެންޑް

17 July 2018

އެލިސަން ލިބުނަސް ނުލިބުނަސް ދެން ޗެލްސީއަކަށް ކޯޓުއާއެއް ނުހިފެހެއްޓޭނެ، ހަޒާޑް އާ ކޯޓުއާގެ ޑީލް މިހާރުވަނީ ގާތްގަނޑަކަށް ނިމިފަ. ދެން ސާރީ ކިތަމެ މޮޅު އެޓޭކިން ގޭމެއް ކުޅުވިޔަސް އެންމެ ގިނަވެގެންވެސް ޗެލްސީގެ ކޯޗުކަމުގައި އޭނައަށް ހުރެވޭނީ 1ސީޒަން ނުވަތަ ސީޒަން ދެބައި ނުވަނީސް ބޭރުކޮށްލާނެ

ޗެލްސީ

16 July 2018

އެލިސަން ލިބޭނަމަ ކޯޓުއާ ދޫކޮއްލުން މައްސަލައެއްނޫން.. ހަޒާޑް ނެތްތަން ފޫބައްދަަން ވަގުތުނަގާނެ.. ސާރީގެ އެޓޭކިން ގޭމަށް ޗެލްސީ ހާނުވާތަން ބަލަންމިތިބީ.. ސުކޮޑަށް ރަނގަޅު ކުޅުންތެރިން ގެނަސް ޓީމު އެކުލަވާލާނެ ވަގުތު ކޯޗަށްދީ..

ހަސަންމަނިކުފާނު

16 July 2018

ރިއަލް މެޑްރިޑަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ކްލަބް! ކޯޓްއާއަށް މެޑްރިޑަށް މަރުހަބާ! އަވަހަށް ދުރުވޭ! ކްލަބްގެ ހުރިހާ ދޮރެއް ވަނީ ވަރަށް ބޮޑުކޮށް ކޯޓުއާ އަދި ހެޒާޑުއަށް ހުޅުވާލެވިފަ! މެޑްރިޑް ގެ ހުރިހާ ގުނަވަންތަކެއްގެ އަތްތައްވަނީ ތިޔަ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ހުޅުވާލެވިފަ!

ލޯންސްޓަރ.

17 July 2018

ތިހުރިހާ މީހުން ގެނެސްގެންވެސް ލީގްގެ 03 ވަނަ ލިބޭނެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454