ރާއްޖެ ފުސްވެ މަންޒަރު ގެއްލިފައި!
މާލެ/ ހުޅުމާލެ: ޑިސެމްބަރު 21، 2021- އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދު ވެސް ވަނީ ވަރަށް ބޮޑަށް ފުސްވެފައި. ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން ބޮޑުވެ، ވައި ވަނީ ތަގައްޔަރުވެފައި. އެ ފުސްކަން މި ދުވަސްވަރު ރާއްޖެ އަށް ބޮޑަށް ކުރަނީ އިރުވައި މޫސުމުގެ އުތުރު ހަޅައިގެ ވަޔާ އެކު. މައުލޫމާތު ލިބޭ ގޮތުގައި ހޭޒްގެ އަސަރު ކުޑަވާނެ ކަމަށް ބެލެވެނީ ވިއްސާރަވުމުން. މެޓުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ އަށް ވިއްސާރަ ނުކުރާނެ-- ފޮޓޯތައް: ފަޔާޒު މޫސާ/ މިހާރު
ހުޅުމާލެ މަލަމަތި ވަރަށް ބޮޑަށް ފުސްވެފައި، މީ އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން އުފެދިފައިވާ ހޭޒް ނުވަތަ ފުސްކަމެށް -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލޭ އާ އެއާޕޯޓް ސަރަހައްދު އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން އުފެދިފައިވާ ހޭޒް ނުވަތަ ފުސްކަމުން ގެއްލިފައި -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭއާ ދިމާ ވަރަށް ބޮޑަށް ފުސްވެފައި، މީ އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ ސބަބުން އުފެދޭ ފުސްކަމެށް -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މާލޭގެ ކިންގް ސަލްމާން މިސްކިތް ސަރަހައްދު ފުސްވެފައި، އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް ވެސް ކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން ވަނީ އިތުރުވެފަ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މާލޭ ސަރަހައްދު އެއްކޮށް ކަހަލަގޮތަކަށް ފުސްވެފައި، މީ އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން އުފެދިފައިވާ ފުސްކަމެށް -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މާލޭ ސަރަހައްދު އެއްކޮށް ކަހަލަގޮތަކަށް ފުސްވެފައި، މީ އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން އުފެދިފައިވާ ފުސްކަމެށް -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެއާޕޯޓް ސަރަހައްދު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރުން ފުސްވެފައި -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ވެލާނާ އެއާޕޯޓް ވަރަށް ބޮޑަށް ފުސްވެފައި، މީ އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން އުފެދިގެން އުޅޭ ފުސްކަމެށް -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް ކޮށް އެއާޕޯޓްއާ ހުޅުމާލެ މަލަމަތި ފުސްވެފައި--ފޮޓޯ: ފަޔާޒު މޫސާ/މިހާރު
ވިލިމާލެ މަލަމަތި، އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރުން ފުސްވެފައި -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް ވެސް ކޮށް މާލެ ސަރަހައްދު ފުސްވެފައި- -ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ އާ ވީ ސަރަހައްދު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ފުސްވެފައި --ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ބްރިޖްމަތިން ބަޔަކު ދުއްވާފައި ދަނީ: އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް ވެސް ކޮށް ހުޅުމާލޭ/މާލެ ހައިވޭ ސަރަހައްދު ފުސްވެފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު