މާލޭ ސަރަހައްދު ގަދަވަޔާއެކު މޫސުން ގޯސްވުން
މާލެ - މެއި 22، 2024: ހުޅަނގު މޫސުމުގެ ބާރުގަދަވެ މިހާރު ރާއްޖެ އަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި މާލެ ސަރަހައްދުގައި ގަދަވަޔާއެކު ދަނީ ވިއްސާރަވެހެމުން، ގަޑިއަކު 36 މޭލާއި 42 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަ ވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައި. މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ މި ހަފުތާގައި އިންޒާރު ވެސް ދީފައި. ގަދަ ވައިގެ އަސަރު މާލެއަށް ކުރަމުގެ ސަބަބުން ބައެއް ގަސްތަކުގެ ގޮފިތައް ވެއްޓުމުގެ އެކި ހާދިސާތައް ދަނީ ހިނގަމުން -- ފޮޓޯތައް: ފަޔާޒު މޫސާ އަދި ނިޝާން އަލީ | މިހާރު
މަޖީދީމަގުން ކުޑަ ނަގައިގެން ދިޔަމީހެއްގެ ކުޑަ ގަދަވަޔާއެކު ދަނީ: ގަޑިއަކު 36 މޭލާއި 42 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ވައިގަދަވާނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބްރިޖް ހުރަސްކޮަށްފައި ދެ މީހަކު ސައިކަލުން މާލެ އަރަނީ: ބްރިޖަށް އަރާއިރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބޯކޮށް ވާރޭވެހުނު ވަގުތު ބަޔަކު ރަސްފަންނު ސަރަހައްދުގައި، މޫސުމީ ވިއްސާރާގައި ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުންވަނީ ލަފާކޮށްފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގަދަވަޔާއެކު މާލެއަށް މިއަދު ވާރޭވެހުނު ވަގުތު މީހަކު ސައިކަލުގައި ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ހުޅަނގު މޫސުމުގެ ބާރުގަދަވެ މިހާރު ރާއްޖެ އަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުން މާފަންނު ސަރަހައްދު ފުޓްސަލް ދަނޑު ބޭރު ޖަހާފައިވާ ދަނގަޑު ފެންސު ނެއްޓިފަ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ގަދަވަޔާއެކު މާލެއަށް މިއަދު ވާރޭވެހުނު ވަގުތު މީހަކު ކުޑަނަގައިގެން ސައިކަލުގައި ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދުގައި ދެ މީހަކު ސައިކަލުގައި ދާއިރު އެ ސަރަހައްދަށް ރާޅު އަރަމުން ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލެއިން ފުރައިގެން ދޯންޏެއް ދަނީ، ގަޑިއަކު 36 މޭލާއި 42 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ވައިގަދަވެ ކަނޑު ވަރަށް ގަދަވާނެ -- ފޮޓޯ: ނިޝަން އަލީ | މިހާރު
ރަސްފަނު ސަރަހައްދުގައި މީހަކު ހަރަކާތްތެރިވާއިރު، ރާޅެއް ޖަހަނީ، ކުރިއަށް އޮތް ތިން ދުވަހު ކަނޑު ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ އިންޒާރު ދީފަ -- ފޮޓޯ: ނިޝާން އަލީ | މިހާރު
މާފަންނު ސަރަހައްދުން ބޮޑުތަކުރުފާނުމަގުން ބަހެއް ދުއްވާފައި ދާއިރު ބާރުމިނުގައި ވައި ޖެހި، ރާޅު އަރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިއަދު ބަޔަކު ރަސްފަންނު ސަރަހައްދުގައި ހުރި ހިލަތަކުމަތން ފައިބަނީ، ގަޑިއަކު 36 މޭލާއި 42 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ވައިގަދަވާނެ --- ފޮޓޯ: ނިޝާން އަލީ | މިހާރު